Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލް ނަސްރު

އަދިވެސް ރޮނާލްޑޯ ހުރީ ހިތްވަރު ދޫކޮށްލާ ގޮތަކަށް ނޫން!

ފާޑުކިޔާ ފަރާތްތަކުން އޭނާގެ ކެރިއަރު ނިމުމަމަކަށް އައިސްފައިވާ ކަމަށް ބުނި ނަމަވެސް، އޭނާ އެ އަންނަނީ އެއީ ދޮގު ވާހަކަތަކެއްކަން ސާބިތުކޮށްދެމުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ސެޕްޓެމްބަރު 2023 | އާދީއްތަ 04:17
އަލް ނަސްރުން ކުޅުނު މެޗެެއްގައި ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އުފާ ފާޅުކުރަނީ

އަލް ނަސްރުން ކުޅުނު މެޗެެއްގައި ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އުފާ ފާޅުކުރަނީ

ފުޓުބޯޅަ ކެރިއަރު ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް ފުޓުބޯޅަ ކުޅުމުގައި ދެމި ހުންނާނެ ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ސައުދީ ޕްރޯ ލީގުގެ އަލް ނަސްރަށް ކުޅެމުން އަންނަ އުމުރުން 38 އަހަރުގެ ކުޅުންތެރިޔާ މިހެން ބުނީ، އޭނާގެ ކެރިއަރާ ގުޅޭ ގޮތުން ފާޑުކިޔަމުން އަންނަ މީހުންނަށް ރައްދު ދެމުންނެެވެ. ރޮނާލްޑޯ ބުނީ، މިހާރު އޭނާގެ ފުޓުބޯޅަ ކެރިއަރު ނިމިއްޖެ ކަމަށާއި، އޭނާ އަށް ދެން ކުރިއަށް ނުދެވޭނެ ކަމަށް ބައެއް މީހުން ބުނަމުން އައި ކަމަށެވެ. އެކަމަށް ރައްދު ދެމުން ރޮނާލްޑޯ ބުނީ، ފުޓުބޯޅަ ކުޅުން ހުއްޓާލަން ވެއްޖެ ކަމަށް އޭނާގެ ފައިން އަންގަންދެން ކުޅުމުގައި ދެމި ހުންނާނެ ކަމަށެވެ. ކުލަބު ފެންވަރުގައި އަދި ބައިނަލްްއަޤުވާމީ ފެންވަރުގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިޔާ ބުނީ، އުމުރުގައި އަދިވެސް ފުޓުބޯޅަ ކުޅެވޭނެ ފެންވަރު އެބަހުރި ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް ފުޓުބޯޅަ ކުޅެ، ލަނޑު ޖެހުމަށް ލޯބި ކުރާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ރޮނާލްޑޯ ބުނީ އަދި ވެސް ބޭނުންވަނީ ކުލަބު ފެންވަރުގައި އަދި ޤައުމީ ޓީމުގައި ވެސް ތަށިތަކެއް ކާމިޔާބު ކުރަން ކަމަށެވެ. ފާޑުކިޔާ ފަރާތްތަކުން އޭނާގެ ކެރިއަރު ނިމުމަމަކަށް އައިސްފައިވާ ކަމަށް ބުނި ނަމަވެސް، އޭނާ އެ އަންނަނީ އެއީ ދޮގު ވާހަކަތަކެއްކަން ސާބިތުކޮށްދެމުން ކަމަށް ވެސް ރޮނާލްޑޯ ބުންޏެވެ. ރޮނާލްޑޯ ފާހަގަ ކުރި ގޮތުގައި މިހާރު އޭނާ ބޭނުންވަނީ އަލް ނަސްރާއެކު ވީހާ ވެސް ގިނަ ކާމިޔާބީތަކެއް ހޯދުމަށެވެ. އެ ޓީމާއެކު ގިނަ ކާމިޔާބީތަކެއް ހޯދޭނެ ކަމަށް ރޮނާލްޑޯ ޤަބޫލު ވެސް ކުރެ އެވެ.

މެންޗެސްޓަރ ޔުނައިޓެޑު ދޫކޮށް ރޮނާލްޑޯ އަލް ނަސްރަށް ބަދަލުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އޭގެ ފަހުން އޭނާ ވަނީ އަލް ނަސްރަށް މިހާތަނަށް ކުޅެދިން 33 މެޗުން 29 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ޢަރަބް ކުލަބް ޗެމްޕިއަންސް ކަޕް ކާމިޔާބުކޮށްފަ އެވެ. އަލް ނަސްރުން ރޮނާލްޑޯގެ ސޮއި ހޯދި ފަހުން، ސައުދީ ލީގުގެ ކުލަބުތަކުން އަންނަނީ ޔޫރަޕުގައި ކުޅޭ ނަން މަޝްހޫރު ކުޅުންތެރިން އެ ލީގަށް ގެންނަމުންނެވެ.

އިތުރަށް ކިޔާލަން

10 މާރިޗު 2017

ކުޅުންތެރިންގެ ހިތްވަރު ފެނިފައި އުއްމީދު އާވެއްޖެ: ސޮބާ

10 މާރިޗު 2017
ކުޅުންތެރިންގެ ހިތްވަރު ފެނިފައި އުއްމީދު އާވެއްޖެ: ސޮބާ
26 ފެބުރުއަރީ 2017

ލީގް ހޯދިދާނެކަމަށް އަދިވެސް ގަބޫލް ނުކުރެވޭ، 29 ޕޮއިންޓް އަދި ބޭނުން: ކޮންޓޭ

26 ފެބުރުއަރީ 2017
ލީގް ހޯދިދާނެކަމަށް އަދިވެސް ގަބޫލް ނުކުރެވޭ، 29 ޕޮއިންޓް އަދި ބޭނުން: ކޮންޓޭ
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
14 ފެބުރުއަރީ 2017

ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

14 ފެބުރުއަރީ 2017
ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް
10 ފެބުރުއަރީ 2017

ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

10 ފެބުރުއަރީ 2017
ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު