Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިޒްރޭލާއި ފަލަސްޠީނުގެ ގުޅުން

އޮސްލޯ އެއްބަސްވުންތަކަށް 30 އަހަރު: އިޒްރޭލާއި ފަލަސްޠީނުގެ ސުލްޙަ ބޮޑުމަންޒަރުންވެސް ބޭރުގަ؟

އިޒްރޭލާއި ފަލަސްޠީނަށް ބަލާއިރު، ވަކިވެފައި އޮތް މިނިވަން 2 ދަޢުލަތެއްގެ ގޮތުގައި އިޒްރޭލާއި ފަލަސްޠީނު އުފެދިގެން ދިއުމަކީ ޙަޤީޤަތުގައިވެސް ވެދާނެ ކަމެއް ކަމަށް ޤަބޫލު ކުރާ މީހުން، ދެ ފަރާތުގައި މަދ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2023 | ބުރާސްފަތި 07:44
އދގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްގައި ޔަހޫދީންގެ 7 ލައްކައެއްހާ މީހުން ވަނީ ވަޒަންވެރިވެ، އާބާދުވެފައި

އދގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްގައި ޔަހޫދީންގެ 7 ލައްކައެއްހާ މީހުން ވަނީ ވަޒަންވެރިވެ، އާބާދުވެފައި

ހިފާފައި ވާ ހުޅަނގު އައްސޭރީގެ އެއްކޮޅުން އަނެއް ކޮޅަށް ބަލާލުމުން ފެނިގެންދާ ކޮންކުރީޓު ޗެކްޕޮއިންޓްތަކާއި، އިން ވަކި ކުރާ ފާރުތަކާއި، ސަފުސަފަށް ފޯރިމަރަމުންދާ ސިފައިންނަކީ، މީގެ 30 އަހަރު ކުރިން ސޮއި ކުރި އޮސްލޯ އެކޯޑަށް ފަހުގައިވެސް ޔަހޫދީ އިޒްރޭލާއި ފަލަސްޠީނާ ދެމެދު ސުލްޙަ ޤާއިމު ކުރުމަށް އަދާ ޖެހުނުއިރުވެސް ފެއިލްވެފައި އޮތް ކަމުގެ ހަނދާން އައު ކޮށްދެނިވި މަންޒަރުތަކެކެވެ.

އިތުބާރު އުފެއްދުމާއި ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް ޖާގަ އުފެއްދުމަށް ވަގުތީ ފިޔަވަޅެއްގެ ގޮތުގައި އެކުލަވާލި އޮސްލޯ އެކޯޑްސް އެއްބަސްވުމަކީ، މާ ކުރިންވެސް، ހަމަނުޖެހުންތައް މެނޭޖު ކުރުމަށް އޮތް ނިޒާމަކަށް ވެފައި އޮތް އެއްބަސްވުމެކެވެ. އިޒްރޭލާއި ފަލަސްޠީނުގެ މައްސަލައަށް ހައްލެއް ފެންނާކަށް ނެތެވެ.

ހުޅަނގު އައްސޭރީގައި އުފެދިފައި އޮތް ގަޑުބަޑުކަމާއި، މިނިވަން ދަޢުލަތެއްގެ ގޮތުގައި ފަލަސްޠީނު އުފެދިގެން އައުމަށް އިޒްރޭލުގެ ނޭޝަނަލިސްޓު ސަރުކާރުން ހުރަސް އަޅަމުން ދާ ދިއުމާއި، ހަމާސް ޖަމާޢަތުން ޣައްޒާ ކޮންޓްރޯލް ކުރަމުންދާ ދިއުމާއެކު، ސުލްހަ ޤާއިމުވުމުގެ ފުރުޞަތު އޮތީ ތާރީޚު ނުދެކޭ ހާ ދުރު ހިސާބެއްގައި ކަމަށްވެސް ދެންނެވިދާނެއެވެ.

ޢުމުރުފުޅުން މިހާރު 87 އަހަރު ފުރިފައި ވާ ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސް އެ މަޤާމުން ދުރުވެވަޑައިގަތުމާއެކު، ވެރިކަމުގެ ނިޒާމުގައި ހުސްކަމެއް އުފެދި، އަނެއްކާވެސް އިތުރު ކާރިޘާއެއް ފެށިދާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ.

ސިވިލް އެކްޓިވިސްޓު އަދި 1990 ގެ އަހަރުތަކުގައި ސުލްހައިގެ މަރުހަލާގައި ފަލަސްތީނުގެ ވަފުދުގެ ތަރުޖަމާނެއްގެ ގޮތުގައި ހުންނެވި ހަނާން އަޝްރަވީ ވިދާޅުވާ ގޮތުގައި، މިއީ ފަލަސްތީނާއި އިސްރާއީލަށް ވެސް އަދި މުޅި ސަރަހައްދަށް ވެސް ހާއްސަ ޒަމާނެކެވެ.

އިޒްރޭލާއި ފަލަސްޠީނަށް ބަލާއިރު، ވަކިވެފައި އޮތް މިނިވަން 2 ދަޢުލަތެއްގެ ގޮތުގައި އިޒްރޭލާއި ފަލަސްޠީނު އުފެދިގެން ދިއުމަކީ ޙަޤީޤަތުގައިވެސް ވެދާނެ ކަމެއް ކަމަށް ޤަބޫލު ކުރާ މީހުން، ދެ ފަރާތުގައި މަދެވެ. އަޝްރާވީ ވިދާޅުވި ގޮތުގައި މިއަދު އެ ޚިޔާލަކީ ހަމައެކަނި ދުލަށް ފަސޭހަ ޚިޔާލީ ވާހަކައެކެވެ.

ބޮޑުތަނުން އިސްރާއީލުގެ އަސްކަރީ ކޮންޓްރޯލްގެ ދަށުގައި އޮންނަ ހުޅަނގު އައްސޭރީގައި ދެ ފަރާތް ވަކިކޮށްފައިވާ ހުރަސްތަކާ އެކު، ސެޕްޓެމްބަރު 13، 1993 ގައި ފުރަތަމަ އެއްބަސްވުމުގައި ސޮއިކުރި ފަހުން، އިޒްރޭލާއި ފަލަސްޠީނުގެ ޒުވާނުން ބޮޑުވަމުން އައީ އެއްބަޔަކު އަނެއް ބަޔަކާ ބެހޭ މާ ބޮޑު މައުލޫމާތުތަކެއް ނުލިބިއެވެ.

އދގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްގައި ޔަހޫދީންގެ 7 ލައްކައެއްހާ މީހުން ވަނީ ވަޒަންވެރިވެ، އާބާދުވެފައެވެ. އިރުމަތީ ޤުދުސްއަކީ މިނިވަން ފަލަސްޠީނުގެ ދަޢުލަތަށް މުހިންމު ތަނެކެވެ. ނަމަވެސް، ޔަހޫދީން އާބާދު ކުރުމުގެ ޣައިރު ޤާނޫނީ އަމަލު އަދިވެސް ދަނީ ފުޅާ ކުރަމުންނެވެ. އަންދާޒާތަކަށް ބަލާއިރު، ފަލަސްޠީނުގެ 3.2 މިލިއަން މީހުން ހުޅަނގު އައްސޭރީގައި ދިރިއުޅޭ އިރު، 2.2 މިލިއަން މީހުން ދިރިއުޅެމުން ދަނީ ޣައްޒާގައެވެ.

ފާއިތުވެ ދިޔަ ދޮޅު އަހަރެއްހާ ދުވަހަކީ އިޒްރޭލާއި ފަލަސްޠީނުގެ ކުރިމަތިލުންތައް އިތުރުވި ދުވަސްވަރެކެވެ. ވަކިން ޚާއްޞަކޮށް ޔަހޫދީން އާބާދުގެ ކުރުމުގެ ޖަރީމާތައް ހައްދު ފަހަނަ އަޅާ ދިޔަ ދުވަސްތަކެކެވެ. ޔަހޫދީ ވަޒަންވެރިންގެ ލާއިންސާނީ އެތައް ހަމަލާއެއް، ފަލަސްޠީނުގެ ރަށްތަކާއި އަވަށްތަކަށް އަމާޒު ކުރި ދުވަސްތަކެކެވެ.

ކޮންމެ ދުވަހަކުމެހެން އިޒްރޭލުގެ އަސްކަރިއްޔާއިން ހިންގަމުން ދާ ރެއިޑްތަކުގެ ޝިކާރައަކަށް ވެ، ފަލަސްޠީނުގެ އެތައް ބަޔަކު މި ދުނިޔެއަށް ފަހު ނޭވާ ދޫކޮށްލައިފިއެވެ. ހަމަ އެއާއިކު ޖެނީންއާއި ނާބްލޫސް ފަދަ އަވަށްތަކުގައި، ހަތިޔާރުއެޅި ހަނގުރާމަވެރި ޖަމާޢަތައްވެސް އިތުރު ވާން ފަށައިފިއެވެ.

ކަން މިހެން އޮތް ނަމަވެސް، އިޒްރޭލާއި ފަލަސްޠީނާ ދެމެދު އޮތީވިއްޔާ އޮތް ގުޅުމެއް އަދިވެސް ހިނގަނީ އޮސްލޯ އެކޯޑުން އަޅައިދިން އިމުގެ ތެރޭގައެވެ. އެ އޮނިގަނޑު ދެއްކި މަގަކުންނެވެ. އެއަށްވުރެ ރަނގަޅު އެހެން އިޚުތިޔާރެއް، ވަޤުތު ނެތަތީވެސްމެއެވެ.

2007 ވަނަ އަހަރު ހަމާސް ޖަމާޢަތުން ވަކިވެގަނެ، ޣައްޒާގެ ކޮންޓްރޯލް ގެއްލުނު ނަމަވެސް، ޕަލަސްޓީނިއަން އޮތޯރިޓޯ (ޕީއޭ) އަކީ ފަލަސްޠީނުގެ 2 ފެކްޝަންގެ ތެރެއިން އިޒްރޭލުގެ އެންމެ ގަޔާވާ ފެކްޝަންއެވެ. ޕީއޭ ދެމި އޮތީ، އިޒްރޭލުން ގިނަ ފަހަރަށް އިތުބާރު ނުކުރާ "ބައިވެރިޔާ"ގެ މަޤާމުގައެވެ. ބޭރު ފައިސާއަށް ބަރޯސާވެފައިވާ، އިންތިޚާބީ މެންޑޭޓެއް ނެތް އަދި އަމިއްލަ ރައްޔިތުންގެ މެދުގައި މަގުބޫލުކަމެއް ނެތް ފަލަސްޠީނުގެ މަންދޫބެއްގެ ގޮތުގައި، އަދި އިޒްރޭލާ ވާހަކަ ދައްކާ މެދުވެރިޔާގެ މަޤާމުގައި ކަސްތޮޅު އެޅިފައެވެ.

ސޮއި ކުރެވުނު އެއްބަސްވުންތަކާއެކު ކުޑަ ދުވަސްކޮޅަކަށް ޢުއްމީދު އައު ކޮށްދިނެވެ. އެކަމުގެ ރަމްޒަކަށް ވީ ފަލަސްތީނުގެ ލީޑަރު ޔާސިރު އަރަފާތާއި އިޒްރޭލުގެ ބޮޑުވަޒީރު ޔިތުޒާކް ރަބިންގެ ތަސްވީރެކެވެ. އެމެރިކާގެ ރައީސް ބިލް ކްލިންޓަންގެ ހާޒިރުގައި، ވައިޓްހައުސްގެ ގޯތި ތެރޭގައި ސަލާންގަލާން ކުރައްވާތީއެވެ. ރަބީން މަރާލީ 1995 ވަނަ އަހަރު، އިޒްރޭލުގެ ކަނާތުފިޔައިގެ މީހަކެވެ. އަރަފާތު އަވަހާރަވީ 2004 ވަނަ އަހަރު އެވެ.

ކުރީގެ ޖަސްޓިސް މިނިސްޓަރު އަދި އިޒްރޭލުގެ ވަކީލުޔޯސީ ބެއިލިން ދެކޭ ގޮތުގައި، ސުލްހަ ގެނެސް ދިނުމަށް އެއްބަސްވުންތައް ފެއިލްވީ، ވިދިވިދގެން އައި އިޒްރޭލުގެ ސަރުކާރުތަކުން، ވަޤުތީ ކަމެއް، ދާއިމީ ހާލަތަކަށް ބަދަލު ކުރަން އިސްކަން ދިނުމުންނެވެ.

ސުޕްރީމް ކޯޓުގެ ބާރު ކަނޑުވާލުމަށް އިޒްރޭލުގެ ޚުދުމުޚުތާރު، ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކުރަމުން ދާ މަސައްކަތުގައި އިޒްރޭލުގެ ފިކުރު އޮތީ ދެބައިވެފައެވެ. ނަތީޖާއެއްގެ ގޮތުން، އެއްބައިވަންތަ މަސައްކަތެއް ކުރުމުގެ ފުރުޞަތު އޮތީ މާ ދުރުގައެވެ.

ފަލަސްޠީނުގެ ވެރިކަމުގައި އައްބާސް ނެތް ދުވަހަކުން ހަމާސްއިން ބާރު ގަދަ ކޮށްފާނެ ކަމަށް އިޒްރޭލުގެ އޮފިޝަލުން ޖެހިލުންވެއެވެ. އިޒްރޭލުގެ ސަރުކާރުގެ ބައެއް އޮފިޝަލުން ވަނީ، ހުޅަނގު އައްސޭރިއަކީ އިޒްރޭލުގެ ބައެއް ނުވަތަ އެނެކްސްއެއް ކަމުގައި ހެދުމުގެ ވާހަކަތައް ފާޅުގައި ދައްކާފައެވެ. ނަމަވެސް، އަމަލީ ގޮތުން އެފަދަ ކަމެއް ކުރުމުގައި ބޮޑެތި ހުރަސްތަކެއް ކުރަން ޖެހޭނެ ކަމަށްޓަކައި، އެކަމަށް މާ ބޮޑު ފިޔަވަޅެއް ނޭޅި އޮތީ ކަމަށްވެސް ވެދާނެއެވެ.

ހުޅަނގު އައްސޭރީގައި އިޒްރޭލުން މިހާރުވެސް ހަރަކާތްތެރި ވަނީ އާޕާތީޑު އުސޫލުގެ ނިޒާމެއްގެ ތެރެއިން ކަމަށް، ފަލަސްޠީނުގެ ރައްޔިތުންނާއި، އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ބައިނަލްއަޤުވާމީ ޖަމިއްޔާތަކުން ތުހުމަތު ކުރެއެވެ. ނަމަވެސް އިޒްރޭލާއި،  ބައިނަލްއަޤުވާމީ މައިދާނުގައި އެންމެ ފާޅުގައި އިޒްރޭލަށް އެއްބާރުލުން ދޭ އެމެރިކާއިން އެ ދަޢުވާއަށް އިންކާރު ކުރެއެވެ.

ފަލަސްތީނުއިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

ޣައްޒާ ގެ ކުރިމަގު އޮތީ ކިހިނެއް؟

ޣައްޒާ ގެ ކުރިމަގު އޮތީ ކިހިނެއް؟

19 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު