Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

އިސްރާއީލާ އެކު ހަތިޔާރުގެ ވިޔަފާރި ކުރުން ހުއްޓާލި ފުރަތަމަ ވިލާތުގެ ގައުމަކަށް ސްލޮވީނިއާ

ސްލޮވީނިއާއިން އިސްރާއީލާއެކު ހަތިޔާރުގެ ވިޔަފާރީގެ މުއާމަލާތްތައް އެއްކޮށް މަނާކޮށް، ޔޫރަޕިއަން ޔޫނިއަން އިން އެފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ޤައުމުގެ ގޮތުގައި ވެއްޖެއެވެ. ޣައްޒާގައި ހިނގަމުންދާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކާ ގުޅިގެން، ޒިންމާދާރު ދައުލަތެއްގެ ހައިސިއްޔަތުން އެހެން ޤައުމުތަކަށްވުރެ ކުރިއަށް މިފިޔަވަޅު އަޅަން ޖެހުނީ ކަމަށް ވެސް އެ ގައުމުން ބުނެއެވެ.

ރާއްޖެ އެމްވީ | 1 އޯގަސްޓު 2025 | ހުކުރު 02:16
ސްލޮވޭނިއާގެ ލިއުބްލިޖާނާގައި ހުންނަ ސަރުކާރުގެ އިމާރާތުގައި ސްލޮވޭނިއާގެ ދިދަ އާއި ޔޫރަޕިއަން ޔޫނިއަންގެ ދިދަ އަކާ ޖެހިގެން ފަލަސްތީނުގެ ދިދައެއް ނަގާފައި - މެއި 30، 2024 ގައެވެ.

ސްލޮވޭނިއާގެ ލިއުބްލިޖާނާގައި ހުންނަ ސަރުކާރުގެ އިމާރާތުގައި ސްލޮވޭނިއާގެ ދިދަ އާއި ޔޫރަޕިއަން ޔޫނިއަންގެ ދިދަ އަކާ ޖެހިގެން ފަލަސްތީނުގެ ދިދައެއް ނަގާފައި - މެއި 30، 2024 ގައެވެ.

ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އިސްރާއީލާއެކު ހަތިޔާރުގެ މުއާމަލާތްތައް ކުރުން އެއްކޮށް މަނާކުރަން ނިންމައިފި ކަމަށް ސްލޮވީނިއާ އިން ބުރާސްފަތި ދުވަހު ބުނެފިއެވެ.

އަދި މިއީ ޔޫރަޕިއަން ޔޫނިއަންގެ ޤައުމަކުން މިފަދަ ފިޔަވަޅެއް އަޅާ ފުރަތަމަ ފަހަރު ކަމަށް އެ ޤައުމުން ބުނެފައިވެއެވެ.

ސްލޮވީނިއާގެ ސަރުކާރުން މި ހަނގުރާމައާ ގުޅިގެން އިސްރާއީލަށް ފާޑުކިޔަމުން އައިސްފައިވެއެވެ. އަދި ވީހާވެސް އަވަހަކަށް ޣައްޒާ ގައި ހިނގަމުންދާ ހަނގުރާމަ ނިންމުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ފާއިތުވި އަހަރު ފަލަސްތީނު ދައުލަތެއް ގަބޫލު ކުރުމަށް މަސައްކަތް ކޮށްފައިވެއެވެ.

"ސްލޮވީނިއާ އަކީ އިސްރާއީލަށް އަދި އިސްރާއީލުން ހަތިޔާރު އެތެރެކުރުމާއި، ބޭރުކުރުމާއި، ޓްރާންސިޓް ކުރުން މަނާކުރި ފުރަތަމަ ޔޫރަޕިއަން ޤައުމެވެ،" ސަރުކާރުން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، ޔޫރަޕިއަން ޔޫނިއަން ގެ "އެތެރޭގެ ޚިޔާލު ތަފާތުވުންތައް ހުރުމާއި އެއްބައިވަންތަކަން ނެތުމުގެ ސަބަބުން" ޔޫރަޕިއަން ޔޫނިއަނަށް "ވަކި ފިޔަވަޅުތަކެއް އެޅުމަށް ނުކުޅެދުމުގެ" ސަބަބުން އެ ޤައުމުން "މިނިވަންކަމާއެކު" މި ފިޔަވަޅު އަޅަމުންދާ ކަމަށެވެ.

ޣައްޒާ ގައި ހިނގަމުންދާ ނުރައްކާތެރި ހަނގުރާމައިގައި "އިންސާނީ އެހީ ފޯރުކޮށް ދިނުން އިންތިޒާމެއްގެ ތެރެއިން މަނާ ކުރެވިފައި ވުމުގެ ސަބަބުން މީހުން ... މަރުވަމުންދާ" ހިނދު، "އެހެން ބަޔަކަށްވުރެ ކުރިއަށް ފިޔަވަޅު އެޅުމަކީ ޒިންމާދާރު ކޮންމެ ދައުލަތެއްގެ ޒިންމާ އެއް" ކަމަށް ދެކޭ ކަމުގައި އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ހަނގުރާމައާ ގުޅިގެން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލަށް ހަނގުރާމައިގެ ހަތިޔާރާއި އާލާތްތައް އެކްސްޕޯޓް ކުރުމުގެ އެއްވެސް ހުއްދައެއް ދޫކޮށްފައި ނުވާ ކަމަށްވެސް އެ ބަޔާނުގައި އިތުރުކޮށްފައިވެއެވެ.

ޖުލައި މަހުގެ ކުރީކޮޅު، ސްލޮވީނިއާ އިން އިސްރާއީލުގެ ހައްދުފަހަނަ އެޅި ކަނާތުފިޔައިގެ ދެ ވަޒީރުން އެ ޤައުމަށް ވަނުން މަނާކުރިއެވެ. މިއީ ވެސް ޔޫރަޕްގެ ގައުމަކުން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެވެ.

އެ ދެ ވަޒީރުންނަކީ "ޕަރސޯނާ ނޮން ގްރާޓާ" (ޤައުމަށް ވަނުން މަނާ ފަރާތްތައް) ކަމަށް އިޢުލާންކޮށް، އެ ދެ ފަރާތަކީ ނަސްލު ނައްތާލުމުގައި ބައިވެރިވާ އަދި "ފަލަސްތީނުގެ އިންސާނީ ޙައްޤުތައް އެކި ގޮތްގޮތުން ނިގުޅައިގަތުމާއި އިންތިހާ އަނިޔާވެރިކަން އުފެއްދުމަށް" ހިތްވަރުދޭ ދެ މީހުން ކަމަށް ތުހުމަތު ކޮށްފައި ވެއެވެ.

2024 ވަނަ އަހަރުގެ ޖޫން މަހުގައި، ސްލޮވީނިއާގެ ޕާލަމެންޓުން ފަލަސްތީނު ދައުލަތް ގަބޫލުކުރުމުގެ ޤަރާރެއް ފާސްކުރިއެވެ. މިއީ އަޔަލޭންޑް، ނޯވޭ އަދި ސްޕެއިންގެ ނިންމުންތަކާ އެއްގޮތަށް އެޅި ފިޔަވަޅެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ

ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ

16 އެޕްރީލު 2017
 ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

28 މާރިޗު 2017
ބްރެޒިލްގައި އުފައްދާ އެއްގަމު މަސްް އެތެރެކުރުން ހޮންގކޮންގ އިންވެސް ހުއްޓާލައިފި

ބްރެޒިލްގައި އުފައްދާ އެއްގަމު މަސްް އެތެރެކުރުން ހޮންގކޮންގ އިންވެސް ހުއްޓާލައިފި

22 މާރިޗު 2017
ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

19 މާރިޗު 2017
ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި

ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި

15 މާރިޗު 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު