Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީން-އިސްރާއީލު ހަަމަނުޖެހުން

ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކުރުމަށް 15 މަސް ދުވަހުގެ މުއްދަތެއް ކަނޑައަޅައިފި

ދެ-ދައުލަތުގެ ހައްލަކީ އިސްރާއީލާއި ފަލަސްތީނު ރައްޔިތުންގެ އުއްމީދުތައް ޙާޞިލުކުރެވޭނެ ހަމައެކަނި ގޮތްކަމަށް ފާހަގަކޮށް، އިސްރާއީލާ އެކު ސުލްޙަވެރިކަމާއެކު ދިރިއުޅެވޭނެ މިނިވަން ފަލަސްތީނު ދައުލަތެއް ޤާއިމުކުރުމަށް ސައުދީ އަރަބިއްޔާ އާއި ފްރާންސްގެ އިސްނެގުމުގެ ދަށުން ބޭއްވުނު އދ. ގެ ކޮންފަރެންސުން ވަނީ ކަނޑައަޅާފައި.

ރާއްޖެ އެމްވީ | 1 އޯގަސްޓު 2025 | ހުކުރު 04:16
ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާން އާއި ފްރާންސްގެ ފޮރިން މިނިސްޓަރު ޖީން-ނޯއެލް ބެރޮޓް ފަލަސްތީނާ ބެހޭ ކޮންފަރެންސް ގެ ރިޔާސަތުގައި

ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާން އާއި ފްރާންސްގެ ފޮރިން މިނިސްޓަރު ޖީން-ނޯއެލް ބެރޮޓް ފަލަސްތީނާ ބެހޭ ކޮންފަރެންސް ގެ ރިޔާސަތުގައި

ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކުރުމަށް 15 މަސް ދުވަހުގެ މުއްދަތެއް ސައުދީ އަރަބިއްޔާ އާއި ފްރާންސް އިން އިސްނަގައިގެން ބޭއްވި އދ. ގެ ކޮންފަރެންސް އިން ކަނޑައަޅައިފިއެވެ.

މި ދިޔަ އަންގާރަ ދުވަހު ނިއު ޔޯކުގައި ބޭއްވުނު ދެ-ދައުލަތުގެ ހައްލު ކޮންފަރެންސްގެ ބައިވެރިން، އެ ކޮންފަރެންސްގެ ފައިނަލް ބަޔާނުގައި ބުނެފައިވަނީ އިސްރާއީލު-ފަލަސްތީނު ގެ ހަމަ ނުޖެހުންތައް ދާއިމީ ގޮތެއްގައި ނިންމުމަށް ދެ-ދައުލަތުގެ ހައްލެއް ބޭނުންވާކަމަށް އެ ގައުމުތަކުން އެއްބަސްވެފައިވާ ކަމަށެވެ.

މި ނިމުނު ހަފްތާ ގައި އދ. ގައި ބޭއްވުނު ބައިނަލްއަޤްވާމީ ކޮންފަރެންސްގެ ނިންމުންތަކުގެ ގޮތުގައި ނެރެފައިވާ 7 ޞަފްޙާގެ ބަޔާނަކީ، އެތައް މަސްތަކަކަށް ދެމިގެންދާ ޣައްޒާ ހަނގުރާމައާ ގުޅޭގޮތުން ސަޢޫދީ ޢަރަބިއްޔާ އާއި ފަރަންސޭސިވިލާތުން ހޯސްޓްކޮށްގެން ބޭއްވި ކޮންފަރެންސްގެ އެންމެ މުހިންމު ނަތީޖާ އެވެ.

އެމެރިކާ އާއި އިސްރާއީލުން މި ބައްދަލުވުން ބޮއިކޮޓްކުރިއެވެ.

ފައިނަލް ބަޔާނުގައި ބުނެފައިވާ ގޮތުގައި، ހަނގުރާމަ އާއި އިސްތިއުމާރު އަދި މީހުންގެ އަމިއްލަ ވަޒަނުން ބޭރުކުރުމަކުން ސުލްޙަ ޙާޞިލެއް ނުކުރެވޭނެއެވެ. އަދި ދެ-ދައުލަތުގެ ހައްލަކީ އިސްރާއީލާއި ފަލަސްތީނު ރައްޔިތުންގެ އުއްމީދުތައް ޙާޞިލުކުރެވޭނެ ހަމައެކަނި ގޮތްކަމަށާއި، އިސްރާއީލާ އެކު ސުލްޙަވެރިކަމާއެކު ދިރިއުޅެވޭނެ މިނިވަން ފަލަސްތީނު ދައުލަތެއް ޤާއިމުކުރުމަށް ގޮވާލާ ކަމަށެވެ.

ކޮންފަރެންސްގެ ބައިވެރިން ބުނެފައި ވަނީ، ދެ-ދައުލަތުގެ ހައްލު ތަންފީޒު ކުރުމަށް ސުންގަޑި ކަނޑައެޅިފައިވާ ފިޔަވަޅުތަކެއް އެޅުމަށް ވަޢުދުވެފައިވާ ކަމަށެވެ. ފަލަސްތީނު ދައުލަތެއް ޤާއިމުކުރުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 15 މަސް ދުވަސް ކަން ފާހަގަކޮށްފައި ވެއެވެ.

ބަޔާނުގައި ފަލަސްތީނު ރައްޔިތުންނާއި އިސްރާއީލު ރައްޔިތުންނަށް ދެމެހެއްޓެނިވި މުސްތަޤްބަލެއް ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ. އަދި ދެ-ދައުލަތުގެ ހައްލެއް ނެތި، ހަނގުރާމަ އިތުރަށް ފުން ވެގެން ދާނެކަމަށް އިންޒާރު ދީފައި ވެއެވެ. އަދި އިސްރާއީލުން ދެ-ދައުލަތުގެ ހައްލު ބަލައިގަތުމަށް ގޮވާލާފައިވެއެވެ.

ފަލަސްތީނު މީހުން މަޖުބޫރުން އެމީހުންގެ ބިމުން ބޭރުކުރުމާ ދެކޮޅުހެދުމުގެ މުހިންމުކަން ފާހަގަކޮށް، ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރިކަމާއި ރުޅިއެރުވުން ހުއްޓާލުމަށް އިސްރާއީލަށް ގޮވާލާފައިވެއެވެ.

ބަޔާނުގައި އަދި ބުނެފައިވަނީ، ޣައްޒާގެ ހަނގުރާމަ މިހާރުން މިހާރަށް ނިންމަންޖެހޭ ކަމަށާއި، ޣައްޒާގެ ހަނގުރާމަ ނިންމުމަށް ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށް ބައިވެރިން އެއްބަސްވެފައިވާ ކަމަށެވެ.

ޑްރާފްޓްގައި ބާރު އަޅާފައި ވަނީ ޙަމާސް އިން ހުރިހާ ރަހީނުން ދޫކޮށްލައި، ޣައްޒާ ގައި އޮތް އެމީހުންގެ ވެރިކަން ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ. އަދި 2023 އޮކްޓޯބަރު 7 ގައި ޙަމާސް އިން ދިން ހަމަލާތަކާއި އަދި އާންމުންނަށް އިސްރާއީލުން ދޭ ހަމަލާތައް ކުށްވެރިކޮށްފައިވެއެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ރަހީނު ކުރުމަކީ މަނާ ކަމެއްކަން ފާހަގަ ކޮށްފައިވެއެވެ.

ބަޔާނުގައި ޣައްޒާގައި ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ހައިހޫނުކަން ބޭނުންކުރުމާ ދެކޮޅުހަދާ ކަން ފާހަގަކޮށްފައިވެއެވެ. އަދި ޣައްޒާ އަށް އެއްވެސް ހުރަހެއްނެތި އިންސާނީ އެހީ ވަގުތުން ފޯރުކޮށްދިނުމަށް ބައިވެރިން ޑިމާންޑްކުރާކަމަށް ބަޔާން ކޮށްފައި ވެއެވެ.

ޣައްޒާ އަލުން ބިނާކުރުމަށް ޚާއްޞަ ފަންޑެއް އުފެއްދުމަށް ބައިވެރިން ތާއީދުކުރާ ކަމަށް ބުނެފައިވެއެވެ. އަދި އދ. އާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ޣައްޒާ އަލުން ބިނާކުރުމުގެ މަސައްކަތަށް ވަސީލަތްތައް ފޯރުކޮށްދޭންޖެހޭ ކަމަށް ބަޔާން ކޮށްފައި ވެއެވެ.

އިތުރަށް ބުނެފައި ވަނީ، ފަލަސްތީނު އޮތޯރިޓީގެ ދަށުން ވަގުތުން ޣައްޒާ ގައި އިންތިޤާލީ ކޮމިޓީއެއް އުފައްދަންޖެހޭ ކަމަށެވެ. އަދި ޣައްޒާ އަލުން ބިނާކުރުމަށް ޢަރަބި ޤައުމުތަކުގެ ޕްލޭން އަވަހަށް ތަންފީޒު ކުރުމަށް ތާއީދުކުރާކަން ފާހަގަކޮށްފައިވެއެވެ.

ފަލަސްތީނު އޮތޯރިޓީގެ ދަށުން އެއް ދައުލަތަކާއި އެއް އަސްކަރީ ބާރެއް އޮތުމުގެ އުސޫލަށް މަރުޙަބާ ކިޔާފައިވެއެވެ. އަދި ޙަމާސް އިން ފުރިހަމައަށް ހަތިޔާރު ބަހައްޓާ، އެމީހުންގެ ހަތިޔާރު ފަލަސްތީނުގެ ބާރުތަކާ ޙަވާލު ކުރަންޖެހޭ ކަން ފާހަގަ ކޮށްފައި ވެއެވެ.

ބަޔާނުގައި ފަލަސްތީނު ރައީސް އެއް އަހަރު ތެރޭގައި ޢާންމު އިންތިޚާބުތައް ބޭއްވުމަށް ވެފައިވާ ވަޢުދަށް މަރުޙަބާ ކިޔާފައި ވެއެވެ. އަދި ޣައްޒާ އަކީ ފަލަސްތީނު ދައުލަތުގެ ވަކި ނުކުރެވޭނެ ބައެއްކަމާއި، އެތަން ވެސްޓް ބޭންކާ އެއްކުރަން ޖެހޭކަން ފާހަގަ ކޮށްފައި ވެއެވެ.

ބަޔާނުގައި ބުނެފައި ވަނީ އަންރުވާގެ ދައުރު މިވަގުތު ކޮންމެހެން ބޭނުންތެރިކަމަށެވެ. އަދި ރެފިއުޖީ މައްސަލަތަކަށް ޢަދުލުވެރި ހައްލެއް ލިބުމުން، އަންރުވާ އިން އެތަނުގެ ޚިދުމަތްތައް ފަލަސްތީނު އޮތޯރިޓީއާ ޙަވާލު ކުރަން ޖެހޭނެ ކަމަށް ބަޔާން ކޮށްފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި

ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި

07 މާރިޗު 2017
ސޫދާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން 127 ރަހީނުން މިނިވަން ކޮށްފި

ސޫދާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން 127 ރަހީނުން މިނިވަން ކޮށްފި

05 މާރިޗު 2017
ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް

ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް

28 ފެބުރުއަރީ 2017
 ހޮންކޮންގގެ  ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

ހޮންކޮންގގެ ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

22 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު