Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ފަލަސްތީން

އެމެރިކާ އިން ފަލަސްޠީނު ސަރުކާރުގެ އޮފިޝަލުންނަށް ވީސާ ދިނުން މަނާކޮށްފި

ޕީއެލްއޯ އާއި ފަލަސްޠީނު އޮތޯރިޓީގެ އިސް ފަރާތްތަކަށް އެމެރިކާއިން ވީސާ ދޫކުރުން މަނާ ކުރީ އެ ފަރާތްތަކުން ވެފައިވާ ވައުދުތަކާ އެއްގޮތަށް ޢަމަލު ނުކުރުމާއި، ސުލްޙަ އަށް އޮތް ފުރުޞަތުތައް ނެތިކޮށްލުމާ ގުޅިގެން ކަމަށް އެމެރިކާ އިން ބުނެފައިވޭ.

ރާއްޖެ އެމްވީ | 31 ޖުލައި 2025 | ބުރާސްފަތި 14:01
އެމެރިކާގެ ވެރިރަށުގައި ހުންނަ ހޯލް އޮފް ސްޓޭޓްސް ގެ ކުރިމަތީގައި ކުރިއަށް ދިޔަ މުޒާހަރާ އެއްގައި އުފުލި ފަލަސްތީނުގެ ދިދައަކުން އެމެރިކާގެ ކެޕިޓަލް އިމާރާތުގެ ގުއްބު ނިވާވެފައި

އެމެރިކާގެ ވެރިރަށުގައި ހުންނަ ހޯލް އޮފް ސްޓޭޓްސް ގެ ކުރިމަތީގައި ކުރިއަށް ދިޔަ މުޒާހަރާ އެއްގައި އުފުލި ފަލަސްތީނުގެ ދިދައަކުން އެމެރިކާގެ ކެޕިޓަލް އިމާރާތުގެ ގުއްބު ނިވާވެފައި

އެމެރިކާ އިން ފަލަސްޠީނު ސަރުކާރުގެ އޮފިޝަލުންނާއި ޕީއެލްއޯގެ މެމްބަރުންނަށް ފިޔަވަޅު އަޅައި ވީސާ ދިނުން މަނާ ކޮށްފިއެވެ.

ފަލަސްޠީނު އޮތޯރިޓީ (ޕީއޭ) ގެ އޮފިޝަލުންނާއި ފަލަސްޠީނު ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) ގެ މެމްބަރުންނަށް ފިޔަވަޅު އަޅާފައިވާ ކަން ސްޓޭޓް ޑިޕާޓްމަންޓުން އިއުލާނު ކުރީ ބުރާސްފަތި ދުވަހު އެވެ.

ޑިޕާޓްމަންޓުގެ ވެބްސައިޓުގައިވާ ބަޔާނެއްގައި ބުނެފައި ވަނީ، މި ފިޔަވަޅަކީ "ޕީއެލްއޯ އާއި ޕީއޭ އިން އެ ފަރާތްތަކުން ވެފައިވާ ވައުދުތަކާ އެއްގޮތަށް ޢަމަލު ނުކުރުމާއި، ސުލްޙަ އަށް އޮތް ފުރުޞަތުތައް ނެތިކޮށްލުމާ ގުޅިގެން އެކަމުގެ ނަތީޖާ އެއް ގޮތުން އެ ފަރާތްތަކުން ޒިންމާ އުފުލުމަށް އެމެރިކާގެ ޤައުމީ ސަލާމަތާ ގުޅުންހުރި މަޞްލަޙަތުތަކުގެ ތެރެއިން އަޅާ ފިޔަވަޅެއް،" ކަމަށެވެ.

އެމެރިކާ އިން މި ނިންމުން ނިންމި ސަބަބެއްގެ ގޮތުގައި އިތުރަށް ބަޔާންކޮށްފައި ވަނީ ޕީއެލްއޯ އާއި ޕީއޭ އިން "1989 ގެ ޕީއެލްއޯ ކޮމިޓްމަންޓްސް ކޮމްޕްލަޔަންސް އެކްޓް (ޕީއެލްއޯސީސީއޭ) އަދި 2002 ގެ މިޑްލް އީސްޓް ޕީސް ކޮމިޓްމަންޓްސް އެކްޓް (އެމްއީޕީސީއޭ) ގެ ދަށުން އެ ފަރާތްތަކުން ވެފައިވާ ވަޢުދުތަކާ އެއްގޮތަށް ޢަމަލު ނުކުރުން،" ކަމަށެވެ.

މީގެ ތެރޭގައި "ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގައި ހަރަކާތްތައް ފެށުމާއި އެފަދަ ކަންކަމަށް އެހީތެރިވުން" އަދި "އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އަދި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ފަދަ ތަންތަނުގައި އިސްރާއީލާ ދެމެދު އޮތް ހަމަ ނުޖެހުން ބައިނަލްއަޤްވާމީ ސަމާލު ކަމަށް ގެނައުމަށް މަސައްކަތްކުރުމާއި، ޓެރަރިޒަމަށް އެހީތެރިވުމާއި އަދި ފަލަސްޠީނު ޓެރަރިސްޓުންނާއި އެ މީހުންގެ ޢާއިލާތަކަށް ޓެރަރިޒަމަށް އެހީތެރިވުމުގެ ގޮތުން ފައިސާ އާއި އެހެނިހެން މަންފާތައް ދިނުން،" ހިމެނެއެވެ.

އެމެރިކާގެ މި ނިންމުން އައިސްފައި ވަނީ ސެޕްޓެމްބަރު މަހު ނިއު ޔޯކު ގައި ބޭއްވުމަށް ހަމަޖެހިފައިވާ އދ.ގެ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމުގެ ކުރިންކަން ފާހަގަ ކުރެވެއެވެ. މި ފިޔަވަޅު އެޅީ ކޮންކޮން ބަޔަކަކަށް ކަން ސްޓޭޓް ޑިޕާޓްމަންޓުން ބަޔާންކޮށްފައި ނުވާއިރު، މި ނިންމުމުގެ ސަބަބުން އދ.ގެ ބައްދަލުވުމުގައި ފަލަސްޠީނުގެ އޮފިޝަލުން ނުވަތަ ތަމްސީލުކުރާ ފަރާތްތަކުގެ ބައިވެރިވުމަށް ދަތިވާނެ މިންވަރެއް އަދި ސާފެއް ނޫނެވެ.

ގިނަ ޤައުމުތަކުން ގެންދަނީ އދ.ގެ ޖެނެރަލް އެސެމްބްލީގައި ފަލަސްޠީނު ދައުލަތެއް ގަބޫލު ކުރާނެ ކަމުގެ ނިޔަތް ފާޅު ކުރަމުންނެވެ.

މަޙްމޫދު ޢައްބާސްގެ ވެރިކަމުގެ ދަށުގައިވާ ފަލަސްތީނު އޮތޯރިޓީ އަކީ އިސްރާއީލުން އިސްތިއުމާރު ކޮށްފައިވާ ވެސްޓް ބޭންކުގެ ސަރަޙައްދުތަކުގައި ދިރިއުޅޭ ގާތްގަނޑަކަށް 3 މިލިއަން ފަލަސްތީނު މީހުންގެ މަދަނީ ވެރިކަމުގެ އިދާރާއެވެ. މި ސަރަޙައްދުގައި ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ޣައިރު ޤާނޫނީ ކަމަށް ބެލެވޭ އިސްރާއީލުގެ އާބާދީތަކުގައި ދިރިއުޅޭ ގާތްގަނޑަކަށް އެއް މިލިއަން އިސްރާއީލު ރައްޔިތުން ވެސް ހިމެނެއެވެ.

ޙަމާސް އިން ވެރިކަން ކުރަނީ ވަކިން އޮތް ޣައްޒާ ސަރަޙައްދު ގައެވެ. މި ސަރަޙައްދަކީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ހަނގުރާމަވެރި ޢަމަލުތަކުގެ ސަބަބުން ވީރާނާވެފައިވާ ތަނެކެވެ.

އެމެރިކާ އިން ގެންދަނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ވެސް ފިއްތުން އިތުރު ކުރަމުންނެވެ. މި ކޯޓުން ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު