Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރުގެ ވިޔަފާރި

ސްޕެނިޝް ސުޕަކަޕް ސައޫދީގައި ކުޅެން ޕީކޭ އަށް 25 މިލިއަން ޑޮލަރު

19 ސެޕްޓެމްބަރު 2023 | އަންގާރަ 04:24

ސްޕޭން ފެޑަރޭޝަނުގެ ފަރާތުން މި ފައިސާ ޕީކޭ އަށް ދީފައިވަނީ ސައޫދީ ފެޑަރޭޝަނުން

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 19 ސެޕްޓެމްބަރު 2023 | އަންގާރަ 04:24
ޕީކޭ ބާސެލޯނާގެ ކޮންޓްރެކްޓެއްގައި ސޮއިކުރަނީ

ޕީކޭ ބާސެލޯނާގެ ކޮންޓްރެކްޓެއްގައި ސޮއިކުރަނީ

ސްޕެނިޝް ސުޕަކަޕް ސައޫދީ އަރަބިއްޔާގައި ކުޅެން ޖެރާޑް ޕީކޭގެ ކުންފުނި ކޮސްމޯސް އަށް 25 މިލިއަން ޑޮލަރު ދިންކަން ޔަގީންވެއްޖެ އެވެ.

މި ފައިސާ އަކީ ހަތަރު ޓީމު ވާދަކުރާ ތިން މެޗުގެ ސުޕަކަޕް ސައޫދީގައި ކުޅެން ފުރުސަތު ހޯދައިދިނުމުގެ ބަދަލެއްގެ ގޮތުން ޕީކޭގެ ކުންފުންޏަށް ސްޕޭން ފުޓްބޯޅަ ފެޑަރޭޝަނުން ދީފައިވާ ފައިސާ އެވެ. ކުރިން ހީކުރެވިފައި އޮތީ މި ފައިސާ ދިނީ ސްޕެނިޝް ފުޓްބޯޅަ ފެޑަރޭޝަނުން ކަމަށެވެ. ނަމަވެސް ޕީކޭއާއި ސްޕޭނުގެ މީޑިޔާތަކުން ކުރި ސުވާލުތަކަށް އޭނާދިން ޖަވާބުތަކުން އެނގުނީ ސްޕޭން ފުޓްބޯޅަ ފެޑަރޭޝަނުގެ ފަރާތުން މި ފައިސާ ދީފައިވަނީ ސައޫދީ އަރަބިއްޔާއިން ކަމަށެވެ.

މި ޑީލަކީ ސްޕެނިޝް ސުޕަކަޕް ކުޅޭނެ ރަނގަޅުތަނެއް ހޯދުމަށް ސްޕޭން ފެޑަރޭޝަނުން ޕީކޭގެ ކުންފުންޏަށް ދީފައިވާ ޑީލެކެވެ. އެއިރު ސްޕޭން ފެޑަރޭޝަނުގައި ހުރީ ދާދި ފަހުން އިސްތިއުފާދިން ލުއިސް ރުބިއަލެސް އެވެ. އަދި މީގެ ތިން އަހަރު ކުރިން މި ޑީލް ދިންއިރު ޕީކޭ އަކީ ބާސެލޯނާގެ ކުޅުންތެރިއެކެވެ. މިހެންވެ މި ޑީލުން ބާސެލޯނާ އަށް 8 މިލިއަން ޑޮލަރު ލިބުނު ކަމަށްވެސް ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ.

ސްޕޭނުގެ މީޑިޔާތަކުން މިކަމުގެ އަޑި ހޯދަން މަސައްކަތް ކުރަން ފަށާފައިވާއިރު ޔަގީންވާ ކަމަކީ ސުޕަކަޕް ސައޫދީގައި ކުޅެގެން ސްޕޭނުގެ ފެޑަރޭޝަނަށް އަހަރަކު 45 މިލިއަނަށްވުރެ ގިނަ ޑޮލަރު ލިބޭކަމެވެ. އަދި މުބާރާތުގައި ކުޅޭ ކުލަބުތަކަށް ވެސް ކުރިން ލިބޭ ފައިސާއަށްވުރެ ގިނަ ފައިސާ ލިބެ އެވެ. މިހެންވެ ކަމިޝަންގެ ގޮތުގައި ޕީކޭ އަށް ކިތަންމެ ގިނަ ފައިސާއެއް ލިބިފައިވިޔަސް މިއީ ބޮޑު މައްސަލައަކަށް ނުވާނެ ކަމަށް ދެކޭ މީހުން މަދެއްނޫނެވެ.

ސްޕެނިޝް ސުޕަ ކަޕްޖެރާޑް ޕީކޭ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

04 އެޕްރީލު 2024

ކޮރަޕްޝަނުގެ ތުހުމަތުގައި ފުލުހުން ޕީކޭގެ ބޭންކް އެކައުންޓްތައް ބަލައިފި

04 އެޕްރީލު 2024
ކޮރަޕްޝަނުގެ ތުހުމަތުގައި ފުލުހުން ޕީކޭގެ ބޭންކް އެކައުންޓްތައް ބަލައިފި
14 ޖެނުއަރީ 2024

ޒަވީ އަހަރެން ފަދަ ތަޖުރިބާކާރެއްނޫން: އެންޗެލޯޓީ

14 ޖެނުއަރީ 2024
ޒަވީ އަހަރެން ފަދަ ތަޖުރިބާކާރެއްނޫން: އެންޗެލޯޓީ
13 ޖެނުއަރީ 2024

ރެއާލާ ދެކޮޅަށް މިފަހަރު ވެސް ބާސެލޯނާ ނިކުންނާނީ ވަރުގަދަކޮށް: ޒަވީ

13 ޖެނުއަރީ 2024
ރެއާލާ ދެކޮޅަށް މިފަހަރު ވެސް ބާސެލޯނާ ނިކުންނާނީ ވަރުގަދަކޮށް: ޒަވީ
12 ޖެނުއަރީ 2024

އޮސަސޫނާ ބަލިކޮށް، ބާސެލޯނާ ފައިނަލަށް

12 ޖެނުއަރީ 2024
އޮސަސޫނާ ބަލިކޮށް، ބާސެލޯނާ ފައިނަލަށް
11 ޖެނުއަރީ 2024

ބާސެލޯނާ ނިކުންނާނީ ތައްޓަށް: ޒަވީ

11 ޖެނުއަރީ 2024
ބާސެލޯނާ ނިކުންނާނީ ތައްޓަށް: ޒަވީ
11 ޖެނުއަރީ 2024

އިތުރު ވަގުތުގެ ދެހާފްގެ ތެރޭގައި އެތްލެޓިކޯ ބަލިކޮށް، ސުޕަ ކަޕް ފައިނަލަށް ރެއާލް މެޑްރިޑް

11 ޖެނުއަރީ 2024
އިތުރު ވަގުތުގެ ދެހާފްގެ ތެރޭގައި އެތްލެޓިކޯ ބަލިކޮށް، ސުޕަ ކަޕް ފައިނަލަށް ރެއާލް މެޑްރިޑް
16 ޖެނުއަރީ 2023

ޒަވީ ބާސާއަށް ފުރަތަމަ ތަށި ހޯދައިދީފި

16 ޖެނުއަރީ 2023
ޒަވީ ބާސާއަށް ފުރަތަމަ ތަށި ހޯދައިދީފި
15 ޖެނުއަރީ 2023

އަންޗެލޮޓީގެ ފޯކަސް ސުޕަ ކަޕްގެ ފައިނަލަށް

15 ޖެނުއަރީ 2023
އަންޗެލޮޓީގެ ފޯކަސް ސުޕަ ކަޕްގެ ފައިނަލަށް
15 ޖެނުއަރީ 2023

ރެއާލް ނޫން ޓީމަކާ ދެކޮޅަށް ކުޅެން ޖެހުނަސް ބާސެލޯނާގެ އަމާޒަކީ ތަށި ކާމިޔާބުކުރުން

15 ޖެނުއަރީ 2023
ރެއާލް ނޫން ޓީމަކާ ދެކޮޅަށް ކުޅެން ޖެހުނަސް ބާސެލޯނާގެ އަމާޒަކީ ތަށި ކާމިޔާބުކުރުން
13 ޖެނުއަރީ 2023

ސްޕެނިޝް ސުޕަރ ކަޕް ފައިނަލްގައި ރެއާލްއާއި ބާސާ

13 ޖެނުއަރީ 2023
ސްޕެނިޝް ސުޕަރ ކަޕް ފައިނަލްގައި ރެއާލްއާއި ބާސާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް