Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ސުޕަރ ކަޕް

އިތުރު ވަގުތުގެ ދެހާފްގެ ތެރޭގައި އެތްލެޓިކޯ ބަލިކޮށް، ސުޕަ ކަޕް ފައިނަލަށް ރެއާލް މެޑްރިޑް

11 ޖެނުއަރީ 2024 | ބުރާސްފަތި 01:47

އެތްލެޓިކޯ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ގްރިޒްމަން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 11 ޖެނުއަރީ 2024 | ބުރާސްފަތި 01:47
މެޗުގައި ލަނޑު ޖެހުމަށްފަހު ރެއާލްގެ ކުޅުންތެރިން އުފާފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ރެއާލްގެ ކުޅުންތެރިން އުފާފާޅުކުރަނީ

މެޗުގެ ފުރިހަމަ ވަގުތު ނަތީޖާ އެއްވަރުވުމުން, ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެހާފްގައި ލަނޑު ޖަހައިގެން ސްޕެނިޝް ސުޕަރ ކަޕްގެ ފައިނަލުން ރެއާލް މެޑްރިޑް ޖާގަ ހޯދައިފިއެވެ.

އެތްލެޓިކޯ މެޑްރިޑާ ވާދަކުރި ސެމީފައިނަލް މެޗުގެ 90 މިނިޓް ނިމުނީ 3-3 ން ދެޓީމް އެއްވަރު ވެގެންނެވެ. ނަމަވެސް ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގައި ރެއާލް އިން ވަނީ އިތުރު ދެ ލަނޑު ޖަހައިގެން މޮޅުވެ ފައިނަލުން ޖާގަ ހޯދާފައެވެ. މެޗު ރެއާލް މެޑްރިޑުން ކާމިޔާބުކުރީ 5-3 ނެވެ. މެޗު ފަށައިގެން ހަވަނަ މިނިޓްގައި ކުރިހޯދީ އެތްލެޓިކޯ މެޑްރިޑުންނެވެ. އެއީ ހާމޯސޯ ބޮލުން ޖެހި ގޯލުންނެވެ. ބޮލުން ގޯލު ޖަހާ ރެއާލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޑިފެންޑަރ ރުޑިގާ އެވެ. ރެއާލް އަށް ފުރަތަމަ ފަހަރަށް ކުރި ހޯދައިދިނީ މެންޑީ އެވެ. ހާފް ނިމުމުގެ ކުރިން އެތްލެޓިކޯ އިން ނަތީޖާ ހަމަހަމަ ކުރީ ގްރީޒްމަންގެ ރެކޯޑް ލަނޑުންނެވެ. މިއީ ގްރީޒްމަން އެތްލެޓިކޯ އަށް ޖަހައިދިން 174 ވަނަ ގޯލެވެ. އެކްލަބަށް އެންމެ ގިނަ ގޯލް ޖަހައިދިން ކުޅުންތެރިއަކީ މިހާރު ފްރާންސްގެ ގްރީޒްމަން އެވެ.

ދެވަނަ ހާފްގައި އެތްލެޓިކޯ އަށް ކުރި ލިބުނީ ރުޑިގާ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މެޗު އެއްވަރުކޮށް, ނަތީޖާ ނެރެން އިތުރު ވަގުތު ކުޅެން ޖެހުނީ ކަވާހަލް ލަނޑު ޖަހާ 85 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަ ކޮށްދިނުމުންނެވެ. އިތުރު ވަގުތުގައި ރެއާލް އިން ހަތަރު ވަނަ ލަނޑު ޖެހީ ހޮސެލޫ އެވެ. އަދި ހޮސެލޫ ތަނަވަސްކޮށްދިން ފުރުޞަތެއްގައި ރެއާލް އަށް ފައިނަލްގެ ޖާގަ ކަށަވަރުކޮށްދިނީ 120 ވަނަ މިނިޓްގައި ޑިއާޒް އެވެ. ޑިއާޒް ލަނޑު ޖެހީ އެތްލެޓިކޯ ކީޕަރު އިތުރު ވަގުތުގައި ފޯވާޑަކަށް ކުރިއަށް އަރާހުރި ވަގުތެއްގައެވެ.

ސްޕެނިޝް ސުޕަރ ކަޕްގެ ފައިނަލްގެ ދެވަނަ ޖާގައަށް ވާދަކުރަނީ ބާސެލޯނާ އާއި އޮސަސޫނާ އެވެ. ސެމީފައިނަލް ދެވަނަ މެޗު ބުރާސްފަތި ދުވަހުގެރޭ ކުޅޭނެއެވެ. އެންމެ ފަހުން ފައިނަލްގައި ވާދަކުރީ ރެއާލް އާއި ބާސެލޯނާ އެވެ. ރެއާލް ބަލިކޮށް ތަށި ހޯދީ ބާސެލޯނާ އެވެ. މިފަހަރުގެ ފައިނަލް މެޗު ކުޅޭނީ އާދިއްތަ ދުވަހު އެވެ.

ސްޕެނިޝް ސުޕަ ކަޕްރެއާލް މެޑްރިޑްއެތުލެޓިކޯ މެޑްރިޑް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
28 އޮކްޓޯބަރު 2025

އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ

28 އޮކްޓޯބަރު 2025
އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް