Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ރެއާލާ ދެކޮޅަށް މިފަހަރު ވެސް ބާސެލޯނާ ނިކުންނާނީ ވަރުގަދަކޮށް: ޒަވީ

ޒަވީ ބުނި ގޮތުގައި، ފައިނަލެއްގައި ރެއާލާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އޭނާ އަށް ލިބޭ އިތުރު ހިތްވަރެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޖެނުއަރީ 2024 | ހޮނިހިރު 00:53
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލުގައި ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް، ބާސެލޯނާ ނިކުންނާނީ އެންމެ ވަރުގަދަޔަށް ކަމަށް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ޒަވީ މިހެން ބުނީ، ސްޕެނިޝް ސުޕަ ކަޕްގެ ސެމީ ފައިނަލްގައި ބާސެލޯނާ އިން އޮސަސޫނާ ބަލި ކުރި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ވެސް ބާސެލޯނާ އެވެ. މިދިޔަ އަހަރު އެ ޓީމުން މުބާރާތުގެ ތަށި ކާމިޔާބު ކުރީ ވެސް ފައިނަލްގައި ރެއާލް ބަލި ކުރުމަށްފަހު އެވެ.

ޒަވީ ބުނީ، މިދިޔަ އަހަރުގެ ފައިނަލްގައި ވެސް ބާސެލޯނާގެ ކުޅުންތެރިން ރެއާލަށްވުރެ މޮޅަށް ކުޅުނު ކަމަށެވެ. އޭގެ އިތުރުން ސްޕެނިޝް ލީގުގައި ރެއާލާ ދެކޮޅަށް ކުޅެ ބަލިވި ނަމަވެސް، ބާސެލޯނާގެ ކުޅުންތެރިން މެޗުގައި ބޮޑުބައިގައި ރަނގަޅަށް ކުޅުނުކަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ. ޒަވީ ބުނީ، ކުރިއަށް އޮތް ފައިނަލަކީ، ބާސެލޯނާ އަށް އެއަށްވުރެ ގިނަ ކަންތައްތައް ކުރެވޭނެ މެޗެއްގެ ގޮތުގައި އޭނާ އަށް އިޙުސާސްވާ ކަމަށެވެ. އެހެންކަމުން އެ މެޗަށް ބާސެލޯނާ އިން ނިކުންނަން ޖެހޭނީ މުޅި މެޗު ޑޮމިނޭޓުކޮށް، ބޯޅަ ހިފަހައްޓައިގެން، ރެއާލާ ދެކޮޅަށް މޮޅު މެޗެއް ކުޅުމަށް ކަމަށެވެ. އިތުރަށް ޒަވީ ބުނި ގޮތުގައި، ފައިނަލެއްގައި ރެއާލާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އޭނާ އަށް ލިބޭ އިތުރު ހިތްވަރެކެވެ.

ސެމީ ފައިނަލް މެޗާ ގުޅޭ ގޮތުން އޭނާ ބުނީ، ބާސެލޯނާ އިން އެ މެޗުގައި ދެއްކި ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. އެ މެޗުގައި އޮސަސޫނާ އިން ވެސް ލަނޑު ޖަހާނެ ފުރުސަތު ތަނަވަސްކުރި ކަމަށާއި، ނަމަވެސް ބާސެލޯނާ އިން ލިބުނު ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފިކަމަށް ޒަވީ ވަނީ ބުނެފަ އެވެ. ޒަވީ ބުނީ އޭނާގެ ކުޅުންތެރިން ވަރަށް އިތުބާރާއެކު ކުޅެމުން އަންނަ ކަމަށާއި، އަބަދު ވެސް ކުޅުންތެރިންގެ ރޫޙު އެގޮތުގައި ހުންނަން ބޭނުންވާ ކަމަށެވެ. އެއީ ބާސެލޯނާ އިން މޮޅުވާން ބޭނުންވާ އެންމެ ބޮޑު އެއް ކަންތައް ކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

ސައުދީ އަރަބިޔާގެ އަލް އައްވަލް ސްޓޭޑިއަމްގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑް ވާދަކުރާ ފައިނަލް މެޗު ފަށާނީ، އާދިއްތަ ދުވަހުގެ ރޭ ދަންވަރު، ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

ސްޕެނިޝް ސުޕަ ކަޕްރެއާލް މެޑްރިޑްބާސެލޯނާޒަވީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު