Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑު

އަންޗެލޮޓީގެ ފޯކަސް ސުޕަ ކަޕްގެ ފައިނަލަށް

15 ޖެނުއަރީ 2023 | އާދީއްތަ 02:18

މި ސީޒަންގައި ހަ ތަށި ކާމިޔާބުކުރުމުގެ ފުރުސަތު ރެއާލަށް އެބަ އޮތް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޖެނުއަރީ 2023 | އާދީއްތަ 02:18
ޕްރެސް ކޮންފަރެންސްގައި ރެއާލްގެ ކޯޗު އަންޗެލޮޓީ

ޕްރެސް ކޮންފަރެންސްގައި ރެއާލްގެ ކޯޗު އަންޗެލޮޓީ

މިވަގުތު ހުރިހާ ފޯކަަސްއެއް ހުރީ ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލަށް ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

އަންޗެލޮޓީ މިހެން ބުނީ މި ސީޒަންގެ ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލްގައި ބާސެލޯނާއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. މިއީ މި ސީޒަންގެ ރެއާލް ކުރިމަތިލާ ދެ ވަނަ ތައްޓެވެ. އެ ޓީމުން ވަނީ ޔުއެފާ ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ. ސްޕެނިޝް ސުޕަ ކަޕަށްފަހު ދެން ރެއާލަށް އޮތީ ފީފާ ކުލަބް ވޯލްޑް ކަޕެވެ. މި ދެ މުބާރާތް ކާމިޔާބުކުރެވިއްޖެ ނަމަ، މި ސީޒަންގައި ހަ ތަށި ކާމިޔާބުކުރުމުގެ ފުރުސަތު ރެއާލަށް އެބަ އޮތެވެ. ކޮޕަ ޑެލްރޭގެ އިތުރުން ރެއާލް އަންނަނީ ސްޕެނިޝް ލީގާއި ޔުއެފާ ޗެމްޕިއަންސް ލީގުގައި ވެސް ވާދަކުރަމުންނެވެ. ނަމަވެސް އަންޗެލޮޓީ ބުނީ މިވަގުތު ހަ ތަށި ކާމިޔާބުކުރުމަށް ވިސްނުން ނުބަހައްޓާ ކަމަށާއި، ވިސްނުން ހުރީ ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލަށް ކަމަށެވެ.

މީގެ އިތުރުން އަންޗެލޮޓީ ބުނީ ރެއާލްގައި އޮތް ސްކޮޑާމެދު އޭނާ ހިތްހަމަޖެހޭ ކަމަަށާއި، ތަޖުރިބާ ހުރި ކުޅުންތެރިންނާއި، ޒުވާން ކުޅުންތެރިންނާއެކު ޓީމާމެދު އުންމީދު އޮތް ކަމަށެވެ. އަަދި ކުޅުންތެރިން ބޭނުންވާނީ މޮޅުވުން ކަމަށާއި، ކުޅުންތެރިންގެ މެންޓާލިޓީ އެކަމަށް ތައްޔާރުވާނެ ކަމަށެވެ. އޭނާ ބުނީ ރެއާލަކީ ކާމިޔާބީ ހޯދަން އެދޭ ކުލަބެއް ކަމަށާއި، އެހެނިހެން ކަންކަމާ ވިސްނަން ކުލަބުން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި އޭނާ ދައްކަމުން މި އަންނަނީ 2013 ވަނަ އަހަރުން ފެށިގެން ރެއާލްގައި ކާމިޔާބީ ހޯދަމުން އަންނަ ކުޅުންތެރިންގެ ވާހަކަ ކަމަށެވެ.

ބާސެލޯނާއާ ދެކޮޅަށް ނުކުންނައިރު، ރެއާލް ވަނީ މިހާތަނަށް 12 ފަހަރު ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ. މި ސީޒަންގެ ސްޕެނިޝް ސުޕަ ކަޕް ކާމިޔާބު ކުރެވިއްޖެނަމަ، ރެއާލުން ބާސެލޯނާއާ އަރާ ހަމަ ކުރެވޭނެ އެވެ. މިހާތަނަށް ސްޕެނިޝް ސުޕަ ކަޕް އެންމެ ގިނަ ފަހަރު ކާމިޔާބު ކުރި ކުލަބަކީ ބާސެލޯނާ އެވެ. އެ ޓީމުން ވަނީ 13 ފަހަރު ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ. ސުޕަ ކަޕްގެ ފައިނަލް އޮންނާނީ އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

ސްޕެނިޝް ސުޕަ ކަޕްރެއާލް މެޑްރިޑްކާލޯ އަންޗެލޮޓީ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
28 އޮކްޓޯބަރު 2025

އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ

28 އޮކްޓޯބަރު 2025
އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
20 އޮކްޓޯބަރު 2025

ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް އެއް ވަަނަ އަށް

20 އޮކްޓޯބަރު 2025
ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް އެއް ވަަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް