Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ޔުނައިޓެޑު

ރެއާލް ނޫން ޓީމަކާ ދެކޮޅަށް ކުޅެން ޖެހުނަސް ބާސެލޯނާގެ އަމާޒަކީ ތަށި ކާމިޔާބުކުރުން

ޒަވީ ބުނީ މިހާރު ބާސެލޯނާ އޮތީ ތައްޓެއް ކާމިޔާބު ކުރުމާ 90 މިނެޓު ނުވަތަ 120 މިނެޓު ކައިރީގައި ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2023 | އާދީއްތަ 02:16
ޕްރެސް ކޮންފަރެންސްގައި ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ޕްރެސް ކޮންފަރެންސްގައި ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ވާދަވެރި ރެއާލް މެޑްރިޑު ނޫން ޓީމަކާ ދެކޮޅަށް ކުޅެން ޖެހުނު ނަމަވެސް، ބާސެލޯނާގެ އަމާޒަކީ ތަށި ކާމިޔާބުކުރުން ކަމަށް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ޒަވީ މިހެން ބުނީ މި ސީޒަންގެ ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލްގައި ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. ފައިނަލަށް ނުކުންނައިރު، މި ސީޒަންގެ ސްޕެނިޝް ލީގުގައި ވެސް މި ދެ ޓީމުގެ ވާދަވެރިކަން ބޮޑެވެ. ލީގު ތާވަލްގެ އެއް ވަނައިގައި ބާސެލޯނާ އޮތީ 41 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް އޮތީ 38 ޕޮއިންޓާއެކު އެވެ. މި ދެ ޓީމު އެންމެ ފަހުން ބައްދަލުކުރީ ލީގު މެޗެއްގަ އެވެ. މިދިޔަ އަހަރު ރެއާލްގެ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 3-1 އިންނެވެ.

ސުޕަ ކަޕްގެ ފައިނަލަށް ނުކުންނައިރު، މިއީ ބާސެލޯނާގެ ކޯޗުކަމާ ޒަވީ ހަވާލުވި ފަހުން ފައިނަލެއްގައި އެ ޓީމު ކުޅޭ ފުރަތަމަ ފަހަރެވެ. ކުޅުންތެރިޔެއްގެ ގޮތުގައި ބާސެލޯނާއާއެކު 25 ތަށި ކާމިޔާބުރި ޒަވީގެ އުންމީދަކީ ކޯޗެއްގެ ގޮތުގައި ބާސެލޯނާ އަށް ތަށި ކާމިޔާބު ކޮށްދިނުމެވެ. ޒަވީ ބުނީ ބާސެލޯނާގައި ބޭނުންވާނީ މޮޅުވުން ކަމަށާއި، އެކަމާ މަޝްވަރާ ވެސް ނުކުރެވޭނ ކަމަށެވެ. އަދި ބާސެލޯނާ އިން ބޭނުންވަނީ ތަށި ކާމިޔާބު ކުރުން ކަމަށާއި، ޓީމުގެ ލަނޑު ދަނޑިއަކީ އެއީ ކަމަށެވެ. އެގޮތުން ޒަވީ ބުނީ މިހާރު ބާސެލޯނާ އޮތީ ތައްޓެއް ކާމިޔާބު ކުރުމާ 90 މިނެޓު ނުވަތަ 120 މިނެޓު ކައިރީގައި ކަމަށެވެ. އެކަމަށް އެދޭ ސަބަބަކީ ވާދަވެރި ރެއާލާ ދެކޮޅަށް ކުޅެން ޖެހޭތީ ނޫން ކަމަށާއި، އިދިކޮޅަށް ކޮންމެ ޓީމެއް އޮތް ކަމުގައިވީ ނަމަވެސް ބާސެލޯނާ އިން ބޭނުންވަނީ އެ ގޮތް ކަމަށެވެ. އޭނާ ބުނީ މުޅު ޓީމު ވެސް އޮތީ ރަނގަޅު ރޫޙެއްގައި ކަމަށާއި، ސުޕަ ކަޕް ތައްޓަކީ ބާސެލޯނާ އަށް މުހިންމު އެއްޗެއް ކަމަށެވެ.

މީގެ އިތުރުން ޒަވީ ވަނީ ބައެއް ކުޅުންތެރިންނާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކާފަ އެވެ. އޭނާ ބުނީ އެއްވެސް ކުޅުންތެރިޔަކު ޓީމު ދޫކޮށްލަން އޭނާ ބޭނުންނުވާ ކަމަށެވެ. ނަމަވެސް އެއްވެސް ކުޅުންތެރިޔަކު ޓީމުގައި ހުންނަން ބޭނުންނުވެ، ޓީމު ދޫކޮށްލަން ބޭނުންވާ ނަމަ، އެ ކުޅުންތެރިޔަކަށް އެ ފުރުސަތު ދިނުމަށް އޭނާ ބާސެލޯނާގައި އެދޭނެ ކަމަށް ވެސް ޒަވީ ބުންޏެވެ. ހަމައެއާއެކު އެ ކުޅުންތެރިޔެއްގެ ބަދަލަށް ކުޅުންތެރިޔަކު ހޯދާނެ ކަމަށް ވެސް ޒަވީ ބުންޏެވެ.

ސުޕަ ކަޕްގެ ފައިނަލްގައި އާދިއްތަ ދުވަހުގެ ރޭ ރެއާލާ ދެކޮޅަށް ނުކުންނައިރު، ބާސެލޯނާ އަކީ ސުޕަ ކަޕްގެ އެންމެ ކާމިޔާބު ޓީމެވެ. އެ ޓީމުން ވަނީ 13 ފަހަރު ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ. ބާސެލޯނާގެ ފަހަތުން ވާދަވެރި ރެއާލް ވަނީ 12 ފަހަރު ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ. ބާސެލޯނާ އަދި ރެއާލް ވާދަކުރާ މެޗު ފަށާނީ އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

ސްޕެނިޝް ސުޕަ ކަޕްބާސެލޯނާރެއާލް މެޑްރިޑްޒަވީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު