Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ސުޕަރ ކަޕް

ސްޕެނިޝް ސުޕަރ ކަޕް ފައިނަލްގައި ރެއާލްއާއި ބާސާ

ބާސާ ކުރި ހޯދީ ޕެނަލްޓީގައި 4-2 ން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 13 ޖެނުއަރީ 2023 | ހުކުރު 05:31
ބާސާގެ ދެވަނަ ގޯލް ޖެހުމަށްފަހު އަންސޫ ފާޓީ

ބާސާގެ ދެވަނަ ގޯލް ޖެހުމަށްފަހު އަންސޫ ފާޓީ

ސްޕެނިޝް ސުޕަރ ކަޕް ފައިނަލްގެ ދެވަނަ ޖާގަ ބާސެލޯނާ ހޯދައިފިއެވެ.

ބާސެލޯނާ ފައިނަލްގެ ދެވަނަ ޖާގަ ހޯދީ ސެމީފައިނަލްގައި ރެއާލް ބެޓިސް ޕެނަލްޓީގައި ބަލިކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 ން ދެޓީމް އެއްވަރުވެގެންނެވެ, 40 ވަނަ މިނެޓުގައި ބާސެލޯނާއަށް ލީޑް ހޯދައިދިނީ ލެވާންޑޯސްކީއެވެ. އޭގެކުރިން ޕެޑްރީ ލަނޑެ ޖެހިނަމަވެސް ވީއޭއާރުން ބެލުމަށްފަހު ލަނޑެއް ނޫންކަމަށް ނިންމީއެވެ. ރެއާލް ބެޓިސްއިން ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފްގައި ނަބީލް ފެކީރް ޖެހި ގޯލުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން ލެވާންޑޯސްކީ އިތުރު ލަނޑެއް ޖަހާ ކުރި ހޯދައިދިން ނަމަވެސް މިފަހަރުވެސް ހުރަސްއެޅީ ވީއޭއާރެވެ.

މެޗުގެ 90 މިނެޓުގައި ނަތީޖާ 1-1 ން އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓުގެ ދެހާފްގައި ކޮންމެ ޓީމަކުން އެއް ލަނޑުޖެހިއެވެ. ފުރަތަމަ ކުރި ހޯދީ ބާސާއިންނެވެ. އެއީ އަންސޫ ފާޓީ ޖަހި ލަނޑުންނެވެ. ރެއާލް ބެޓިސްއަށް ނަތީޖާ ހަމަހަމަކޮށްދިނީ ލޮރެން މޮރޯންއެވެ.

ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ބާސާ ކުރިހޯދީ 4-2 ނެވެ. ބާސެލޯނާގެ ހަތަރު ޕެނަލްޓީވެސް ކާމިޔާބުކުރިއެވެ. އެކަމަކު ރެއާލް ބެޓިސްގެ ތިންވަނަ އަދި ހަތަރުވަނަ ޕެނަލްޓީ ނާކާމިޔާބުވީއެވެ. އެއީ ހުއާންމީއާއި, ވިލިއަމް ކަވާލިއޯ ޖެހި ޕެނަލްޓީއެވެ. އެދެޕެނަލްޓީވެސް ބާސާގެ ކީޕަރު އަންދްރޭ މާކް ޓާ ސްޓެގެން މަތަކުރިއެވެ.

މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ރެއާލް މެޑްރިޑް ހޯދީވެސް ޕެނަލްޓީގައި ސެމީ ފައިނަލް މެޗު ކާމިޔާބުކޮށްގެންނެވެ. އެއީ ވެލެންސިޔާ ބަލިކޮށްގެންނެވެ.

ބާސެލޯނާރެއާލް ބެޓިސް ސްޕެނިޝް ސުޕަ ކަޕް

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު