Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގައި އިންޑިއާ ސިފައިން ތިބުން

މުއިއްޒު އިންޑިއާ ސިފައިން ފޮނުވާލާނެ ކަމަށް ބުނަނީ ވޯޓު ހޯދަން، އެކަމެއް ނުކުރައްވާނެ - ޖާބިރު

ޖާބިރު ވިދާޅުވީ އިންޑިއާ އާއި އެކު އެހެން ސަރުކާރުތަކުން ބޭއްވި ގުޅުމާއި މި ސަރުކާރުން ބާއްވަމުންދާ ގުޅުމާއި ތަފާތެއް ނެތް ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2023 | ހުކުރު 11:08
އެމްޕީ އަބްދުﷲ ޖާބިރު

އެމްޕީ އަބްދުﷲ ޖާބިރު

އިދިކޮޅު ކެންޑިޑޭޓް މުއިއްޒު އަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާ ނުލެވޭނެ ކަމަށާއި އެކަން ނުވެސް ކުރައްވާނެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަަދައްކަވަމުންނެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ކަމަށާއި އެއީ ރާއްޖޭގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެކަން ސަރުކާރުން ދޮގުކުރި ނަމަވެސް ސަރުކާރަށް ފާޑުކިޔުމަށް އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ދައްކާ ވާހަކަ އަކީ އެއީއެވެ. އެކަމާއި ގުޅޭ ގޮތުން ޖާބިރު ވިދާޅުވީ ރާއްޖެ އަށް އިންޑިއާ ސިފައިން އައިސްފައި ވަނީ މިލިޓަރީ ކަމަކު ނޫން ކަމަށެވެ. އެ މީހުން ކައިރީ ދާން ބުނުމުން ދާނެ ކަމަށާއި އިންޑިއާ އިން ރާއްޖެ ނުހިފާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އިންޑިއާ އަކީ ރާއްޖެ އަށް އުދުވާނީ ހަމަލާ އެއް ދިން އިރު ވެސް ރާއްޖެ އަށް އެހީ ފޯރުކޮށްދިން ބައެއް ކަަމަށާއި ރާއްޖެ އަށް ތަފާތު އެކި ޤައުމުތަކުން ސިފައިން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިންޑިއާ އަކީ އަވަށްޓެރި ޤައުމުތައް ހިފާ ބައެއް ނޫންކަމަށާ، އެއީީ އިންޑިއާ މީހުން ދަންނަ ކަމެއް ނޫންކަމަށް ޖާބިރު ވިދާޅުވިއެވެ. މުއިއްޒުވެސް އެވާހަކަދައްކަވަނީ ސިޔާސީ މަގްސަދެއްގައި ވޯޓު ހޯއްދަވަން ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ. އެފަދަ ވާހަކަތައް ޤަބޫލުކުރާ ވަރަށް ވުރެ އާއްމުން މިއަދު ހޭލުންތެރިކަމަށް ޖާބިރު ވިދާޅުވިއެވެ. ގައުމުތައް ހިފުމަކީ އިންޑިއާގެ ޕޮލިސީ އެއް ނޫން ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

މި ސަރުކާރުގެ ފޮރިން ޕޮލިސީ އާއި މެދު ވެސް ޖާބިރު ވަނީ ވާހަކަދައްކަވާފައެވެ. އިންޑިއާ އާއި އެކު ރާއްޖެއިން ޒަމާނުއްސުރެ ގާތް ގުޅުމެއް ބާއްވަމުން އަންނަ އިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާއި، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް އެކަން އޮތީ އެހެން ކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ އިންޑިއާ އާއި އެކު އެހެން ސަރުކާރުތަކުން ބޭއްވި ގުޅުމާއި މި ސަރުކާރުން ބާއްވަމުންދާ ގުޅުމާއި ތަފާތެއް ނެތް ކަމަށެވެ.

އަބްދުﷲ ޖާބިރު

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖިލިސް ޓިކެޓް އަތުލައި ޖާބިރު އެމްޑީޕީން ވަކިކޮށްފި

މަޖިލިސް ޓިކެޓް އަތުލައި ޖާބިރު އެމްޑީޕީން ވަކިކޮށްފި

05 ފެބުރުއަރީ 2024
މައިކަށް ގެއްލުން ދިނުމުން ޖާބިރު ޖޫރިމަނާ ކުރުމާއެކު، މައްސަލަ ބަލަން ސުލޫކީ ކޮމިޓީއަށް

މައިކަށް ގެއްލުން ދިނުމުން ޖާބިރު ޖޫރިމަނާ ކުރުމާއެކު، މައްސަލަ ބަލަން ސުލޫކީ ކޮމިޓީއަށް

05 ޑިސެމްބަރު 2023
ދަރަނީގެ ވާހަކަ ދައްކާއިރު، ނިމިދިޔަ ސަރުކާރުން ޤާއިމުކޮށްދިން ފަސޭހަތަކުގެ ވާހަކަވެސް ދައްކަންޖެހޭ: ޖާބިރު

ދަރަނީގެ ވާހަކަ ދައްކާއިރު، ނިމިދިޔަ ސަރުކާރުން ޤާއިމުކޮށްދިން ފަސޭހަތަކުގެ ވާހަކަވެސް ދައްކަންޖެހޭ: ޖާބިރު

21 ނޮވެމްބަރު 2023
"އެއްބުރުން ރައީސް ޞާލިހު އަށް ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެއްވުނީ ޒަމާނަށް ފެތޭ ގޮތަށް ކެމްޕެއިން ނުކުރެއްވުމުން، ދެން ރަނގަޅުވާނެ"

"އެއްބުރުން ރައީސް ޞާލިހު އަށް ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެއްވުނީ ޒަމާނަށް ފެތޭ ގޮތަށް ކެމްޕެއިން ނުކުރެއްވުމުން، ދެން ރަނގަޅުވާނެ"

15 ސެޕްޓެމްބަރު 2023
"މުއިއްޒު އަކީ ޔާމީނަށް ވުރެ އަނިޔާވެރި ހީލަތްތެރި މީހެއް، މަޖިލީހުގެ ތެރެއިން ބާރުވެސް ގަންނާނެ"

"މުއިއްޒު އަކީ ޔާމީނަށް ވުރެ އަނިޔާވެރި ހީލަތްތެރި މީހެއް، މަޖިލީހުގެ ތެރެއިން ބާރުވެސް ގަންނާނެ"

15 ސެޕްޓެމްބަރު 2023

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު