Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެެރިޔާސީ އިންތިޚާބު

"އެއްބުރުން ރައީސް ޞާލިހު އަށް ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެއްވުނީ ޒަމާނަށް ފެތޭ ގޮތަށް ކެމްޕެއިން ނުކުރެއްވުމުން، ދެން ރަނގަޅުވާނެ"

އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބުކުރުމުގެ އުންމީދު ބޮޑު ކަމަށް ޖާބިރު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2023 | ހުކުރު 08:47
ފަށާއިރު ޕްރޮގްރާމްގައި ޖާބިރު ވާހަކަފުޅު ދައްކަވަނީ

ފަށާއިރު ޕްރޮގްރާމްގައި ޖާބިރު ވާހަކަފުޅު ދައްކަވަނީ

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އަށް ކާމިޔާބުނުކުރެއްވުނީ ޒަމާނަށް ފެތޭ ގޮތަށް ކެމްޕެއިން ނުކުރެއްވުމުން ކަމަށާއި، ކެމްޕެއިނަށް ޚަރަދު ކުރީ އެންމެ ރަނގަޅަށް ނޫން ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ކެމްޕެއިންގައި ހެދުނު ގޯސްތައް ފާހަގަކުރައްވަމުން ޖާބިރު ވިދާޅުވީ މި އިންތިޚާބުގައި އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ނުކުރެވި ހުރި ކަމަށެވެ. އެގޮތުން އިންތިޚާބުގެ ކެމްޕެއިންގެ ކަންކަން ކޯޑިނޭޓްކުރުމުގައި މައްސަލަތަކެއް ހުރި ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި ވަޒީރުން ކެމްޕެއިނުގައި ހަރަކާތްތެރިވެވަޑައިގެންނެވުމާއި ގިނަ ކެމްޕެއިން މެނޭޖަރުން ތިބުމަކީ ވެސް ދިމާވި މައްސަލަ އެއް ކަމަށް ޖާބިރު ވިދާޅުވިއެވެ. ނެތް އެސަމްޕްޝަންތަކެއް ނުވަތަ ނުވާނެ ކަންތައްތަކެއް ވާނެ ކަމަށް ބަލައިގެން ތިބުމަކީ އިންތިޚާބުގައި ތިމާވި އިތުރު މައްސަލަ ކަމަށް ޖާބިރު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ކުރިއަށް އޮތްތަނުގައި އެކަން ރަނގަޅުކޮށް އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޖާބިރު ވިދާޅުވީ 1000 ވޯޓު ލިބޭނެ ކަމަށް އަންދާޒާކޮށްފައި އޮތްތަނަކުން ބޮޑުތަނުން އެ އަދަދުތައް ވޯޓުލީ އިރު ތަފާތުވުމަކީ ހިސާބު ރަނގަޅު ނޫންކަން އެނގޭ ކަމެއް ކަމަށެވެ. އެހެންނަމަވެސް ކެމްޕެއިން ޓީމްތަކުން ވަރަށް މަސައްކަތް ކުރި ކަމަށާއި އެއީ ތައުރީފު ހައްގު ކަމެއް ކަަމަށް ވެސް ޖާބިރު ވިދާޅުވިއެވެ. މިހާރު މި ވަގުތަކީ ރައީސުލްޖުމްހޫރިއްޔާ ހިސާބު ޖައްސަވައިގެން އަކުރުން އަކުރަށް ކަންކަން ބައްލަވައިގެން މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާ ދަނޑިވަޅެއް ކަަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

ކެމްޕެއިން ކުރާ އިރު މެނޭޖަރަކަށް ވެވަޑައިގަންނަވަންވާނީ ޚުދު ރައީސުލްޖުމްހޫރިއްޔާ ކަމަށާއި މާ މެނޭޖަރުން ގިނަ ވުމަކީ ވެސް މައްސަލަ އެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ގާތަށް ދާން ޖެހޭ ކަމަށާއި ދޮރުން ދޮރަށް ކެމްޕެއިނަށް ހިނގިނަމަ، ނަތީޖާ ތަފާތު ވާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް މެސެޖު ފޯރުކޮށްދިނުމުގައި ސިޓީފަދަ ތަފާތު ސީދާ ގޮތްތަކަށް މަސައްކަތް ކުރުން މާ ރަނގަޅު ކަމަށް އޭނާ ވިދާޅުވެފައެވެ.

އަދި ބޮޑު ތަފާތަކުން ހޮވޭނެ ކަމަށް ވިސްނައިގެން އެ ވާހަކަ އެގޮތަށް ދެއްކުމުން ވޯޓުލާން ނުދާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވި ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ. އެކަން ހައްލުކޮށް އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބުކުރުމުގެ އުންމީދު ބޮޑު ކަމަށް ފާހަަގަކުރައްވާ ޖާބިރު އިތުރަށް ވިދާޅުވީ ދެވަނަ ބުރެއް އޮތުމުން ވޯޓުލާން ނުދާ މީހުން ވެސް ތިބިކަމަށެވެ.

އަބްދުﷲ ޖާބިރު2023 ރިޔާސީ އިންތިޚާބު

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2024

މަޖިލިސް ޓިކެޓް އަތުލައި ޖާބިރު އެމްޑީޕީން ވަކިކޮށްފި

05 ފެބުރުއަރީ 2024
މަޖިލިސް ޓިކެޓް އަތުލައި ޖާބިރު އެމްޑީޕީން ވަކިކޮށްފި
31 ޑިސެމްބަރު 2023

ރިޔާސީ އިންތިޚާބު 2023އަކީ ރާއްޖޭގެ ދުސްތޫރީ ތާރީޚުގައި ބޭއްވި އެންމެ އަމާން އިންތިޚާބު - އީސީ

31 ޑިސެމްބަރު 2023
ރިޔާސީ އިންތިޚާބު 2023އަކީ ރާއްޖޭގެ ދުސްތޫރީ ތާރީޚުގައި ބޭއްވި އެންމެ އަމާން އިންތިޚާބު - އީސީ
31 ޑިސެމްބަރު 2023

ލޯފަން މީހުންނަށް ވޯޓުލެވުން - "ޓެމްޕްލޭޓު ފޮނުވުމުގެ އުޞޫލުތަކަށް ބަދަލު އަންނަންޖެހޭ"

31 ޑިސެމްބަރު 2023
ލޯފަން މީހުންނަށް ވޯޓުލެވުން - "ޓެމްޕްލޭޓު ފޮނުވުމުގެ އުޞޫލުތަކަށް ބަދަލު އަންނަންޖެހޭ"
31 ޑިސެމްބަރު 2023

ރިޔާސީ އިންތިޚާބުގައި ހޭދަކޮށްފައިވަނީ 84.6 މިލިއަން ރުފިޔާ - އީސީ

31 ޑިސެމްބަރު 2023
ރިޔާސީ އިންތިޚާބުގައި ހޭދަކޮށްފައިވަނީ 84.6 މިލިއަން ރުފިޔާ - އީސީ
05 ޑިސެމްބަރު 2023

މައިކަށް ގެއްލުން ދިނުމުން ޖާބިރު ޖޫރިމަނާ ކުރުމާއެކު، މައްސަލަ ބަލަން ސުލޫކީ ކޮމިޓީއަށް

05 ޑިސެމްބަރު 2023
މައިކަށް ގެއްލުން ދިނުމުން ޖާބިރު ޖޫރިމަނާ ކުރުމާއެކު، މައްސަލަ ބަލަން ސުލޫކީ ކޮމިޓީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު