Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖާބިރުގެ ފާޑުކިޔުން މުއިއްޒަށް

"މުއިއްޒު އަކީ ޔާމީނަށް ވުރެ އަނިޔާވެރި ހީލަތްތެރި މީހެއް، މަޖިލީހުގެ ތެރެއިން ބާރުވެސް ގަންނާނެ"

މުއިއްޒު އޭނާގެ އަތުން ވެސްޓްޕާރކް އަތުލެއްވީ ވެސް ޒާތީގޮތުން ކަމަށް ޖާބިރު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2023 | ހުކުރު 04:10
ޖާބިރު ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަނީ

ޖާބިރު ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަނީ

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ވުރެ އެތައް ގުނައެއް ބޮޑަށް އަނިޔާވެރި މީހެއް ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ހުކުރު ދުވަހު ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement - newsAdvertisement

ޖާބިރު ވަނީ ކުރިން މުއިއްޒު އޭނާ އަށް ކުރައްވާފައިވާ އަނިޔާގެ ތުހުމަތުތަކުގެ ތަފްސީލް ދެއްވާފައެވެ. އެގޮތުން އޭނާގެ އަތުން ވެސްޓްޕާރކް އަތުލެއްވީ ޒާތީގޮތުން ކަމަށާއި އެއީ މަޖިލީހުގައި ހިނގައިދިޔަ ކަމެއްގެ ސަބަބުން މުއިއްޒު ކުރެއްވި ކަމެއް ކަމަށް ޖާބިރު ވިދާޅުވިއެވެ. އޭރު މަޖިލީހުގެ ތެރެއިން ބައްދަލުވެވަަޑައިގެން މުއިއްޒު އަކީ ވަރަށް ބޮޑު އަނިޔާވެރި އެއް ކަމަށް އޭނާ އަށް ދަންނަވާފައިވާނެ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ. މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވި އިރު ވެސްޓް ޕާރކް އޭނާ އަތުން އަތުލެއްވުމަށް އިއުލާނެއް ކުރައްވައިގެން މަސައްކަތް ކުރެއްވީ ވަރަށް ހީލަތްތެރިކަމާއެކު ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި މުއިއްޒު އަކީ އަބަދުވެސް ވަރަށް ހީލަތްތެރިކަމާއެކު މަަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ޖާބިރު ތުހުމަތުކުރެއްވިއެވެ.

މުއިއްޒަކީ ރައީސް ޔާމީންގެ އަރިހުގައި ބާރުގަދަ ބޭފުޅެއް ނޫން ކަމަށާއި، މުއިއްޒަކީ ވަރަށް ކުރީއްސުރެ ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަަމަށް ވެސް ޖާބިރު ވިދާޅުވިއެވެ. އެގޮތުން ވެރިކަަމަށް ވަޑައިގަންނަވަން ޓިކެޓް ހޯއްދެވީ ވެސް ނުފޫޒުގެ ތެރެއިން ކަމަށާއި މޭޔަރުކަމަށް ހޮވިވަޑައިގަތުމުން ވެސް ނުފޫޒު ބޭނުން ކުރައްވައިގެން ވެރިކަން ހޯއްދަވަން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރ ވިދާޅުވީ ޔާމީންގެ އިތުބާރު ވެސް މުއިއްޒަށް ނެތް ކަމަށެވެ.

މި ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ކެމްޕެއިން ކުރަމުންދާ ގޮތާމެދު ސުވާލު އުފައްދަވާ ޖާބިރު ވަނީ ރާއްޖޭގައި އޮތް އަނދިރި ދައުލަތާއި ގުޅުން އޮތް ކަމަށް ޝައްކުވާ ކަމަށް ވެސް ވިދާޅުވެފައެވެ.

އެގޮތުން އަނދިރި ދައުލަތެއްގެ ވެރިކަން ރާއްޖޭގައި އޮންނަން އެއްވެސް ރައްޔިތަކު ބޭނުން ނުވާނެ ކަމަށް ޖާބިރު ވިދާޅުވިއެެވެ. ޖާބިރު އިތުރަށް ވިދާޅުވީ މުއިއްޒު ވެރިކަން ކުރައްވަން، މަޖިލީހުގެ ކޮންޓްރޯލް ހޯއްދަވާނީ މަޖިލީހުގެ ބާރު ބައްލަވައިގަނެގެން ކަމަށެވެ. މުއިއްޒު އަކީ ފައިސާ އިން ކަންކަން ކުރައްވާ ބޭފުޅެއް ކަމަށް ތުހުމަތުކުރައްވާ ޖާބިރު ވިދާޅުވީ މުއިއްޒަކީ ޔާމިނަށް ވެސް އިޚުލާސްތެރި ބޭފުޅެއް ނޫން ކަމަށެވެ. މުއިއްޒު އަކީ ޔާމީނަށް އިޚުލާސްތެރި އެއް ކަމަށް ޕީޕީއެމްގެ ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ޔާމީން ޖަލުގައި ހުންނެވުމުން ކަމަށާއި އެހެން ނޫން ނަމަ އެހެން ވިދާޅުނުވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ޔާމީން މިނިވަން ކުރައްވާނެ ކަމަށް ވިދާޅުވެ ދައްކަވަނީ ދަޅައެއް ކަމަށް ތުހުމަތުކުރައްވާ ޖާބިރު ވިދާޅުވީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއެކު މުއިއްޒު މަސައްކަތް ކުރެއްވުމަކީ ޔާމީން މިނިވަން ނުކުރައްވާނެ ކަމުގެ ހެތްކެއް ކަމަށެވެ.

ޑރ. މުހައްމަދު މުއިއްޒުއަބްދުﷲ ޖާބިރު

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު