Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަބްދުﷲ ޖާބިރު

ޖާބިރު އެމްޑީޕީއާ ގުޅިއްޖެ: ރައީސް ސާލިޙު ވިދާޅުވަނީ ކުރިއަށް އޮތް ތަނުގައި ސިޔާސީ އިސް ފަރާތްތައްވެސް ގުޅޭނެ ކަމަށް

އެމްޑީޕީ ވެރިކަމަށް އައި އިރުގައިވެސް ޖާބިރަކީ ހުރިހާ ގޮތަކުން ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެއްވި ބޭފުޅެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 25 ޖޫން 2023 | އާދީއްތަ 07:12
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ވަޑައިގަންނަވަނީ

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ވަޑައިގަންނަވަނީ

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.

ޖާބިރު އެމްޑީޕީއާ ގުޅިވަޑައިގެންފައިވަނީ އާދިއްތަ ދުވަހު ރައީސް އިބްރާހީމް މުޙައްމަދު ސާލިޙާއި އެމްޑީޕީގެ އިސް ބޭފުޅުންނާއެކު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޖާބިރު އެމްޑީޕީއާ ގުޅިވަޑައިގަތުމަކީ އެމްޑީޕީއަށް ވެސް އަދި އެމަނިކުފާނަަށް ވެސް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް އަދި ކުރިއެރުމެއް ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމުގައި ޖާބިރުގެ ދައުރާއި ހިއްސާ އޮންނާނެ ކަމާމެދު އެމަނިކުފާނު ޝައްކު ނުކުރައްވާކަން ފާހަގަކުރައްވައި ރައީސް އިތުރަށް ވިދާޅުވީ، އެއީ އިންތިޚާބު ކާމިޔާބު ކުރުމަށް ލިބިގެންދާ ވަރަށް ބޮޑު އެހީތެރިކަމަކަށް ވާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، 2018 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް އައި އިރުގައިވެސް ޖާބިރަކީ ހުރިހާ ގޮތަކުން ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެއްވި ބޭފުޅެއް ކަމަށެވެ. އެކަމުގައި ޖާބިރުވެސް ބުރަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގައި ހޭދަ ކުރެއްވި މުއްދަތުގައިވެސް އެކުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެ ތަޖުރިބާގެ އަލީގައި ވިދާޅުވާނަމަ، ޖާބިރުގެ އެ ޖޯޝާއި ފޯރިއާއެކު ނުކުމެވަޑައިގެން ކާމިޔާބީއާ ހަމައަށް ވާސިލުވުމަށް މަގުފަހިވެގެންދާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ސިޔާސީ އިސް ސަފުގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި، އާންމު ގިނަ ރައްޔިތުންތަކެއްވެސް އެމްޑީޕީއާ ގުޅޭނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، އޭނާއަކީ އަބަދުވެސް އެމްޑީޕީގެ މެންބަރެއް ކަމަށާއި، އޭރު އޭނާ އެމްޑީޕީގައި ހުރުމަށް ނޭދުނު މީހުން މިހާރު އެ ޕާޓީން ވަކިވެފައިވާ ކަމަށެވެ.

މި ރާއްޖޭގެ ރައީސަކަށް ހޮއްވަވަން ބޭނުންވަނީ ރައީސް އިބްރާހީމް މުޙައްމަދު ސާލިޙުކަން ފާހަގަކުރައްވައި ޖާބިރު ވިދާޅުވީ، އެކަން ޙާސިލު ކުރުމަށްޓަކައި ފުރިހަމަ ޤާބިލިއްޔަތުކަމާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރައީސް ސާލިޙަށް މީހުން ތާއީދުކުރަނީ ތަރައްޤީގެ މަޝްރޫއުތަކާއި މަސައްކަތްތަކެއް ކޮށްދެވިފައިވާތީކަމަށް ޖާބިރު ވިދާޅުވިއެވެ.

އަބްދުﷲ ޖާބިރުމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު