Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެންބަރު އަބްދުﷲ ޖާބިރު

މައިކަށް ގެއްލުން ދިނުމުން ޖާބިރު ޖޫރިމަނާ ކުރުމާއެކު، މައްސަލަ ބަލަން ސުލޫކީ ކޮމިޓީއަށް

މައިކްރޮފޯނު ބަދަލުކުރުމަށް 5،100 ރުފިޔާ ޚަރަދުވާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފައިވޭ

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 5 ޑިސެމްބަރު 2023 | އަންގާރަ 09:07
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

ރައްޔިތުންގެ މަޖިލީހުގެ މައިކްރޮފޯނަކަށް ގެއްލުން ދިނުމުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، 5،100 ރުފިޔާއިން ޖޫރިމަނާ ކުރަން މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމިޓީއަށް ފޮނުވައިފި އެވެ.

ޖާބިރު މައިކްރޮފޯނަކަށް ގެއްލުން ދީފައިވަނީ އާދިއްތަ ދުވަހުގެ ރޭ މަޖިލީހުގެ ނާއިބު ރައީސް އިންތިހާބު ކުރުމަށް ބޭއްވި ވޯޓުގެ ނަތީޖާއާ ގުޅޭ ގޮތުން ހިތްހަމަނުޖެހުން ފާޅުކުރައްވާ، ހޯމަ ދުވަހު އޮތް ޖަލްސާގައި އަޑުގަދަ ކުރެއްވުމުގެ ތެރޭގައި އެވެ.

މިކަމާ ގުޅިގެން އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ ހޯމަ ދުވަހުގެ ޖަލްސާގައި ޖާބިރުގެ މޭޒުކޮޅުގައި ބަހައްޓާފައި ހުރި މައިކްރޮފޯނަށް ގެއްލުން ދީފައިވާ ކަމަށާއި، އެ މައިކްރޮފޯނު ވަނީ ބަދަލުކުރާ ވަރަށް ހަލާކުވެފައި ކަމަށެވެ.

އެހެން ކަމުން އެ މައިކްރޮފޯނު ބަދަލުކުރުމަށް 5،100 ރުފިޔާ ޚަރަދުވާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ މެންބަރުން އަމަލު ކުރަން ޖެހޭ ސުލޫކީ މިންގަނޑާ ޚިލާފަށް ޢަމަލު ކުރެވިފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، ޖާބިރުގެ އެ ޢަމަލު ބެލުމަށް އިމްތިޔާޒާ ސުލޫކާ ބެހޭ ކޮމިޓީއަށް ފޮނުއްވާފައިވާނެ ކަމަށެވެ. އެ މައްސަަލަ ކޮމިޓީ އަށް ހުށަހެޅުއްވީ މަޖިލީހުގެ ރައީސަށް ލިބިގެންވާ ބާރުގެ ދަށުންނެވެ.

އެ މައްސަލަ ހުށަހެޅުއްވުމަށް ފަހު އަސްލަމް ވަނީ ގަވާއިދާ ޚިލާފުވާފަދަ އަމަލެއް އެއްވެސް މެންބަރަކު ނުކުރުމަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.

އަބްދުﷲ ޖާބިރުރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
28 އެޕްރީލު 2024

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު