Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖާބިރު އަތުން ގާސިމް ފައިސާ ނެގުން

ގާސިމް 11 މިލިއަން ނެންގެވިކަމަށް ޖާބިރު ދެއްކެވި ވާހަކަ؛ ޖޭޕީން ބުނަނީ އެއީ ޒާތީ ވާހަކައެއް ކަމަށް

ރައީސް ނަޝީދު ގާސިމާއި ގުޅުން އޮންނަވާތީ އެވާހަކަ ދެންނެވުމަށް އެދިވަޑައިގެންނެވި

މަޚްތޫމް
މަޚްތޫމް | 28 ފެބުރުއަރީ 2023 | އަންގާރަ 05:55
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު (ވ) އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް (ކ)

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު (ވ) އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް (ކ) | ރާއްޖެއެމްވީ

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަތުން، މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް 11 މިލިއަން ރުފިޔާ ނަންގަވާފައިވާ ކަމަށް ޖާބިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ޖާބިރު ވިދާޅުވީ ސިޔާސީ ގޮތުން ވެސް ރާއްޖޭގެ އިތުބާރު ގެއްލިއްޖެ ކަމަށެވެ. ޖާބިރު ވިދާޅުވީ ރައީސް ނަޝީދުގެ އަރިހުގައި ސިއްރުވާހަކައެއް ދަންނަވާ ހިތްވާ ކަމަށާއި، އެއީ ގާސިމާއެކު ވަރަށް ގާތްކޮށް އުޅުއްވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ އޭނާ އަތުން ގާސިމް ނަންގަވާފައިވާ 11 މިލިއަން ރުފިޔާ ރައީސް ނަޝީދު މެދުވެރިވެވަޑައިގެން ހޯއްދަވައިދެއްވުމަށެވެ. އެއީ ރައީސާއި ގާތުން އުޅުއްވާތީ ކަމަށް އަދި، ގާތުގައި އުޅުއްވާތީ އެވާހަކަ ދަންނަވާލެވޭނެކަަމަށް ދެކިވަޑައިގަންނަވާކަމަށެވެ. ޖާބިރު ވިދާޅުވީ އޭނާ އެވާހަކަ ދަންނަވާ ދަންނަވާ އަޑެއް ނީވުނު ކަމަށެވެ. މި 11 މިލިއަން ރުފިޔާއަކީ ކޮން އިރަކު ކޮން ބޭނުމެއްގައި ގާސިމް ނެންގެވި ފައިސާއެއްކަމެއް ޖާބިރު ވިދާޅު ނުވެއެވެ.

މިކަމާއި ގުޅޭގޮތުން ޖުމްހޫރީ ޕާޓީގެ އިސްތަރުޖަމާނު އަލީ ސާލިހު ވިދާޅުވީ ޖާބިރު މަޖިލީހުގައި ދެއްކެވީ ޒާތީ ވާހަކައެއް ކަމަށެވެ. އިންސާފަށް ދައްކާނަމަ އެއަށްވުރެ ފުރިހަމައަށް އެ ވާހަކަ ދައްކަވާނެ ކަމަށެވެ. އަދި އެއީ ސިޔާސީ މަންފާއަކަށް ދައްކާ ވާހަކައެއް ކަމަށާއި، ސިޔާސީ ގޮތުން މިހާރު ކުރިއަށްދާ ކަންކަމާއި ގުޅިގެން ދޮގު ވާހަކަ ދައްކާ އިލްޒާމް އަޅުވަން މަސައްކަތް ކުރައްވާ ކަމަށް އަލީ ސާލިހު ވިދާޅުވިއެވެ.

މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމްއަބްދުﷲ ޖާބިރުރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

22 މެއި 2026

އިދާރީ ބައެއް މުވައްޒަފުންގެ މުސާރަ ކައުންސިލަރުންނަށް ވުރެ ބޮޑު، ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން ހުށަހަޅައިފި

22 މެއި 2026
އިދާރީ ބައެއް މުވައްޒަފުންގެ މުސާރަ ކައުންސިލަރުންނަށް ވުރެ ބޮޑު، ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން ހުށަހަޅައިފި
28 އެޕްރީލު 2026

ރައީސް މުއިއްޒު ދަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅުއްވަމުން، މިނިވަންކަމާއެކު މަސައްކަތް ކުރާ ނޫސްތަކެއް ނުހުއްޓުވޭނެ: މީކާއިލް

28 އެޕްރީލު 2026
ރައީސް މުއިއްޒު ދަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅުއްވަމުން، މިނިވަންކަމާއެކު މަސައްކަތް ކުރާ ނޫސްތަކެއް ނުހުއްޓުވޭނެ: މީކާއިލް
27 އެޕްރީލު 2026

ނިމުނު އިންތިޚާބުގައި ޕީއެސްއެމް ފެނުނީ ޕީއެންސީގެ މީޑިއާ ވިންގް އެއްގެ ގޮތުގައި: މީކާއިލް

27 އެޕްރީލު 2026
ނިމުނު އިންތިޚާބުގައި ޕީއެސްއެމް ފެނުނީ ޕީއެންސީގެ މީޑިއާ ވިންގް އެއްގެ ގޮތުގައި: މީކާއިލް
21 އެޕްރީލު 2026

ބިލެއް ނުދައްކައިގެން ޑީސެލް ނުލިބުނު އިރު ވަކި ދޯންޏަކަށް ވަކި އަގެއްގައި މަސް ކިރުވާތީ ޕީއެންސީ މެންބަރު ފަޒީލް ކަންބޮޑުވުން ފާޅުކުރައްވައިފި

21 އެޕްރީލު 2026
ބިލެއް ނުދައްކައިގެން ޑީސެލް ނުލިބުނު އިރު ވަކި ދޯންޏަކަށް ވަކި އަގެއްގައި މަސް ކިރުވާތީ ޕީއެންސީ މެންބަރު ފަޒީލް ކަންބޮޑުވުން ފާޅުކުރައްވައިފި
13 އެޕްރީލު 2026

މާލޭގެ ރައްޔިތުންނަށް ހަގީގީ ހިތްހަމަޖެހުން ހޯދައިދިނީ އެމްޑީޕީ ސަރުކާރުން: މެންބަރު އައްބާސް

13 އެޕްރީލު 2026
މާލޭގެ ރައްޔިތުންނަށް ހަގީގީ ހިތްހަމަޖެހުން ހޯދައިދިނީ އެމްޑީޕީ ސަރުކާރުން: މެންބަރު އައްބާސް
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު