Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީން ޖާބިރަށް ދައުވަތު

އެމްޑީޕީއަށް ވަޑައިގަތުމަށް ޖާބިރަށް ފައްޔާޒްގެ ދައުވަތު - "ފަހުގެ ޖީލު އޮތީ ޖާބިރުއާއެކު"

އެމްޑީޕީގެ އިސް މަގާމުތަކަށް ރާއްޖޭގެ ކޮންމެ ރަށެއްގެ، ކޮންމެ ގެއެއްގެ، ކޮންމެ އާއިލާއެއްގެ މީހަކަށްވެސް އާދެވިދާނެ ކަމަށް ފައްޔާޒް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 22 ޖޫން 2023 | ބުރާސްފަތި 13:23
އެމްޑީޕީގެ ޗެއަރޕަރސަން، ފައްޔާޒު އިސްމާއީލް

އެމްޑީޕީގެ ޗެއަރޕަރސަން، ފައްޔާޒު އިސްމާއީލް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ އެމްޑީޕީން، މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް މަރުހަބާ ދަންނަވާނެކަމަށާއި، އޭނާ އެމްޑީޕީއަށް ވަޑައިގަތުމަށް ގޮވާލައްވާކަމަށް، އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިފަދައިން ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ އެމްޑީޕީގެ އިސް މަގާމުތަކަށް ރާއްޖޭގެ ކޮންމެ ރަށެއްގެ، ކޮންމެ ގެއެއްގެ، ކޮންމެ އާއިލާއެއްގެ މީހަކަށްވެސް އާދެވިދާނެ ކަމަށާއި، އެމްޑީޕީން އެކަމަށް މަރުހަބާ ކިޔާނެ ކަމަށެވެ. ފައްޔާޒް މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު މަޖިލީހުގައި ދެކެވުނު ބައެއް ވާހަކަތަކަށް އިޝާރާތްކުރައްވަމުންނެވެ. ފައްޔާޒް ވިދާޅުވީ ފަހުގެ ޖީލު އޮތީ ޖާބިރުއާ އެކުގައި ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ، މިހާރު އެމްޑީޕީގެ ނިމުން އައިސްފައިވާކަމަށް ވިދާޅުވެފައެވެ. އަދި އަންނަ އަހަރު މިހާހިސާބަށް ދާއިރު އެމްޑީޕީ އޮންނާނީ ޖާބިރުގެ ޗެއަރމަންކަމުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެކަން ކުރާނީ ފައިސާ ދީގެންކަން ނުވަތަ ހިލޭކަން ނޭނގޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޑީއާރްޕީއަށް ވީހެން އެމްޑީޕީގެ ވެރިއަކަށް ހުންނަވާނީ ޖާބިރުކަމަށް ވިދާޅުވެ އީވާ ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ.

އީވާ މިފަދައިން ވިދާޅުވެފައިވާއިރު، ބުރާސްފަތި ދުވަހުގެ ޖަލްސާގައި ޖާބިރު ވަނީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވަނީ މިއަދަކީ އޭނާގެ ސިޔާސީ ހަޔާތުގައި ދެރަ ދުވަހެއްކަމަށް ވިދާޅުވެފައެވެ. ޖާބިރު މިފަދައިން ވިދާޅުވީ މަޖިލީހުގައި ނަޝީދު ކަންކަން ކުރައްވަމުން ގެންދަވާ ގޮތަށް އިޝާރާތްކުރައްވައެވެ. ޖާބިރު ވަނީ ނަޝީދު ރައީސްކަން ބޭނުންފުޅުވެގެން އުޅުއްވާކަން ދޭހަވާ މޭރުމަކުން ވާހަކަފުޅުދައްކަވާފައެވެ. އަދި މެޖޯރިޓީއާ ޚިލާފަށް މަޖިލީހުގައި ކަންކަން ކުރެއްވުމަކީ ހިތާމަފުޅު ކުރައްވާ ކަމެއް ކަމަށާއި، އެއީ ކަން ހިނގަންވާ ގޮތެއް ނޫން ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވަނީ، އެންމެން އެކުވެގެން ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމަށް ހޮވަންޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ގައުމުގައި ދެ ރައީސަކަށް ނުތިއްބެވޭނެ ކަމަށާއި، އެއްވެސް ގައުމެއްގައި ދެ ރައީސުން ނުތިއްބަވާނެކަމަށް ޖާބިރު ވިދާޅުވިއެވެ. އޭނާ ވަނީ އެޖެންޑާއާ އެއްގޮތަށް ކަންކަން ކުރެއްވުމަށް ގޮވާލައްވާފައެވެ.

އެމްޑީޕީގެ ޗެއާޕަރސަން، ފައްޔާޒު އިސްމާއީލްއެމްޑީޕީއަބްދުﷲ ޖާބިރުރައްޔިތުންގެ މަޖްލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، އީވާ އަބްދުﷲ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު