Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބާސެލޯނާގެ ފުރިހަމަ އިތުބާރު ޒަވީ އަށް އެބައޮތް!

ސްޕެއިންގެ ބައެއް މީޑިއާތަކުގައި ބުނެފައިވާ ގޮތުން ބާސެލޯނާ އިން ޒަވީ އަށް ހުށަހަޅާނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ސެޕްޓެމްބަރު 2023 | ބުރާސްފަތި 03:11
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ޒަވީ ހެނާންޑޭޒް އަށް ބާސެލޯނާގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް އެ ކުލަބުގެ ޑިރެކްޓަރު ޑެކޯ ވިދާޅުވެއްޖެ އެވެ.

ޑެކޯ މިހެން ވިދާޅުވީ، ބާސެލޯނާ އިން ޒަވީގެ އެއްބަސްވުން އައުކުރުމަށް މަސައްކަތް ކުރަމުން އަންނަ ވަގުތެއްގަ އެވެ. އޭނާ ބުނީ، ބާސެލޯނާ އާއެކު ޒަވީ އައު އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށާއި، އެއްބަސްވުން އައު ކުރުން ޒަވީ އަށް ހައްގު ކަމަށެވެ. ނަމަވެސް ބާސެލޯނާގެ އެއްބަސްވުން ޒަވީ އައު ކުރަނީ ކިހާ މުއްދަތަކަށް ކަމެއް ޑެކޯ ހާމަކޮށްފައެއް ނުވެ އެވެ. އޭނާ ވިދާޅުވީ، ބާސެލޯނާ އިން ޒަވީ އަށް ފުރިހަމަ އަށް އިތުބާރު ކުރާ ކަމަށާއި، އެ ކުލަބުން މުސްތަޤުބަލަށް ތައްޔާރުވަނީ ޒަވީ އާއެކު ކަަމަށެވެ.

މީގެ ކުރިން ބާސެލޯނާގެ ރައީސް ޖީން ލަޕޯޓާ ވެސް ވަނީ އެ ކުލަބުން ޒަވީ އަށް އައު އެއްބަސްވުމެއް ދޭނެކަން ޔަގީން ކޮށްދީފަ އެވެ. ސްޕެއިންގެ ބައެއް މީޑިއާތަކުގައި ބުނެފައިވާ ގޮތުން ބާސެލޯނާ އިން ޒަވީ އަށް ހުށަހަޅާނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. މިހާރު އެ ކުލަބާއެކު ޒަވީ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ބާސެލޯނާގެ ކޯޗުކަމަށް ޒަވީ ހަމަޖެއްސީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެއީ އޭނާގެ ކުރިން އެ މަގާމުގައި ހުރި ނެދަލެންޑްސްގެ ރޮނާލްޑް ކޫމަން މަގާމުން ވަކި ކުރުމަށްފަހު އެވެ. ޒަވީގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ވަނީ މިހާތަނަށް 94 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 58 މެޗުން މޮޅުވެފަ އެވެ. 19 މެޗަކުން ބަލިވެފައިވާއިރު، 17 މެޗެއް ނިމުނީ އެއްވަރުވެގެންނެވެ. ޒަވީގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ވަނީ ދެ ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އެއީ ސްޕެނިޝް ލީގު އަދި ސްޕެނިޝް ސުޕަ ކަޕް އެވެ.

ބާސެލޯނާޒަވީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު