Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ ކޮލިފިކޭޝަން

ރޮނާލްޑޯ ނެތި ވެސް ޕޯޗުގަލް އަށް ނުވަ ލަނޑުގެ ބޮޑު މޮޅެއް

މޮޅާއެކު ޕޯޗުގަލް ވަނީ މި ގްރޫޕްގެ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެެއް ނަގައިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ސެޕްޓެމްބަރު 2023 | އަންގާރަ 02:45
މެޗުގައި ލަނޑު ޖެހުމަށްފަހު ޕޯޗުގަލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ޕޯޗުގަލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކޮލިފިކޭޝަންގައި ލަކްސަންބާގާ ދެކޮޅަށް ކުޅުނު މެޗުން ޕޯޗުގަލް ބޮޑު މޮޅެއް ހޯދައިފި އެވެ.

ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗު ޕޯޗުގަލް އިން ކާމިޔާބު ކުރީ 9-0 އިންނެވެ. މި މެޗުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެފައެއް ނުވެ އެވެ. އެއީ ރީނދޫ ކާޑު ސަސްޕެންޝަނެއްގެ ސަބަބުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ވެސް ޕޯޗުގަލް އިން ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. އެ ޓީމުން އަނެއް ފަސް ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން 11 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕޯޗުގަލް އަށް ލީޑު ނަގައިދިނީ ގޮންޒާލޯ އިނާސިއޯ އެވެ. އޭގެ ފަހުން 18 ވަނަ މިނެޓުގައި އެ ޓީމުގެ ދެ ވަނަ ލަނޑު ގޮންޒާލޯ ރާމޯސް ޖެހީ، ބެނާޑޯ ސިލްވާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ޕޯޗުގަލްގެ ތިން ވަނަ ލަނޑު 34 ވަނަ މިނެޓުގައި ޖެހީ ވެސް ރާމޯސް އެވެ. އެ ލަނޑު އޭނާ ޖެހީ ރަފައެލް ލިއާއޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕޯޗުގަލްގެ ހަތަރު ވަނަ ލަނޑު އިނާސިއޯ ޖެހީ ފެނާންޑޭސް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

ދެ ވަނަ ހާފަށް ނިކުމެ ޕޯޗުގަލްގެ ފަސް ވަނަ ލަނޑު ޖެހީ ޑިއޭގޯ ޖޮޓާ އެވެ. އޭނާ ލަނޑު ޖަހަން ވެސް އެހީތެރިވެދިނީ ފެނާންޑޭސް އެވެ. އެގެ ފަހުން 67 ވަނަ މިނެޓުގައި ޖޮޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕޯޗުގަލްގެ ހަ ވަނަ ލަނޑު ޖެހީ ރިކާޑޯ ހޯޓާ އެވެ. އެ ޓީމުގެ ހަތް ވަނަ ލަނޑު، 77 ވަނަ މިނެޓުގައި ޖެހީ ޖޮޓާ އެވެ. އޭގެ ފަހުން އަށް ވަނަ ލަނޑު 83 ވަނަ މިނެޓުގައި ޖެހީ މުޅި މެޗުގައި ވެސް މޮޅަށް ކުޅުނު ފެނާންޑޭސް އެވެ. އޭނާ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ އޮޓާވިއޯ އެވެ. ޕޯޗުގަލްގެ ފަހު ލަނޑު، 88 ވަނަ މިނެޓުގައި ޖެހީ ޔާއޯ ފެލިކްސް އެވެ.

މޮޅާއެކު ޕޯޗުގަލް ވަނީ މި ގްރޫޕްގެ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެެއް ނަގައިފަ އެވެ. އެއް ވަނައިގައި އެ ޓީމު އޮތީ ކުޅުނު ހަ މެޗުން 18 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް ސްލޮވާކިއާ އަށް ލިބެނީ 13 ޕޮއިންޓެވެ. ކޮލިފިކޭޝަންގައި ޕޯޗުގަލް އަށް ދެން އޮންނާނީ ވެސް އެ ޓީމާ ދެކޮޅަށް ކުޅޭ މެޗެވެ.

ޔޫރޯ ކޮލިފައިންގޕޯޗުގަލްކްރިސްޓިއާނޯ ރޮނާލްޑޯ

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
14 ނޮވެމްބަރު 2025

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ
12 އޮކްޓޯބަރު 2025

ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ

12 އޮކްޓޯބަރު 2025
ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ
08 އޮކްޓޯބަރު 2025

ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

08 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ
20 ސެޕްޓެމްބަރު 2025

ފަލަސްތީނު ދައުލަތް ގަބޫލު ކުރަން ޕޯޗުގަލުން ނިންމައިފި

20 ސެޕްޓެމްބަރު 2025
ފަލަސްތީނު ދައުލަތް ގަބޫލު ކުރަން ޕޯޗުގަލުން ނިންމައިފި
13 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު

13 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު
07 ސެޕްޓެމްބަރު 2025

ރޮނާލްޑޯގެ ދެ ލަނޑާ އެކު ޕޯޗުގަލް މޮޅުވެއްޖެ

07 ސެޕްޓެމްބަރު 2025
ރޮނާލްޑޯގެ ދެ ލަނޑާ އެކު ޕޯޗުގަލް މޮޅުވެއްޖެ
28 ޖޫން 2025

އިތުރު ދެ އަހަރަށް، އަލް ނަޞްރުގެ އެއްބަސްވުން ރޮނާލްޑޯ އައު ކޮށްފި

28 ޖޫން 2025
އިތުރު ދެ އަހަރަށް، އަލް ނަޞްރުގެ އެއްބަސްވުން ރޮނާލްޑޯ އައު ކޮށްފި
05 ޖޫން 2025

ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް

05 ޖޫން 2025
ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް
14 އެޕްރީލު 2025

ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް

14 އެޕްރީލު 2025
ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު