Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިޚާބު 2023

މިނިސްޓަރު ޔުމްނާގެ މެސެޖު: ހިތްވަރު ދޫކޮށްނުލައްވާ، 2 ވަނަ ބުރު އަދި އޮތީ!

ހިތްވަރު ދޫކޮށްނުލެއްވުމަށް އިލްތިމާސްކުރެއްވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 10 ސެޕްޓެމްބަރު 2023 | އާދީއްތަ 15:47
މިނިސްޓަރ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން

މިނިސްޓަރ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން

ދެވަނަ ބުރުގައި މަސައްކަތްކޮށް 'އުފާވެރި އަމާން' ރާއްޖެ ހޯދޭނެކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ޔުމްނާ ކުރެއްވި ޓުވީޓެއްގައި ވަނީ ހިތްވަރު ދޫކޮށްނުލެއްވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ދެވަނަ ބުރު ކުރިއަށް އޮތީ ކަމަށާއި އެހެންކަމުން އުފާވެރިއަމާން ރާއްޖެއެއް ހޯދުމުގެ މަސައްކަތައިގެން ކުރިޔަށް ދިއުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

ޔުމްނާގެ އިތުރުން އެމްޑީޕީއާއި ރައީސް ޞާލިހަށް ތާއީދު ކުރައްވާ ގިނަ މެމްބަރުން ދަނީ ދެވަނަ ބުރުގައި އިންތިޚާބު ކާމިޔާބުކުރެއްވޭނެ ކަމަށް ވިދާޅުވަމުންނެވެ. އެގޮތުން، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއާ ގުޅޭގޮތުން "ރާއްޖެ އެމްވީ" އާ ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ މި އިންތިޚާބުގައި ވޯޓުލީ ފަރާތްތަކުން ދީފައިވަނީ މެސެޖެއް ކަމަށެވެ. އެއީ ސަރުކާރުދެކެ ނުވަތަ އެމްޑީޕީދެކެ އޮތް ހިތްހަމަނުޖެހުމެއްގެ ސަބަބުން ނުކުތް ނަތީޖާއެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ބައެއް ފަރާތްތަކުން ދަނީ ކުރީ އިންތިޚާބުތަކުގައިވެސް ފުރަތަމަ ބުރުގައި ދެވަނަ ލިބިވަޑައިގެންނެވި ކެންޑިޑޭޓް ދެވަނަ ބުރުގައި އިންތިޚާބު ކާމިޔާބު ކުރެއްވިކަން ފާހަގަކުރައްވައި ރައީސް ޞާލިހަށް ދެވަނަ ދައުރެއް ކާމިޔާބު ކުރެއްްވޭނެ ކަމަށް ބުނަމުންނެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު އެއްބުރުން އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބުކުރެވިފައެއްނުވެއެވެ. އެހެންކަމުން ރިޔާސީ އިންތިޚާބްގެ ދެވަނަ ބުރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރ މަހުގެ 30 ގައެވެ.

ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އަށް 101،180 ވޯޓު ލިބިވަޑައިގެންނެވިއިރު، ރައީސް ޞާލިހަށް ލިބިވަޑައިގެންނެވީ 85،000 ވޯޓެވެ. އެހެންކަމުން ދެވަނަ ބުރުގައި ވާދަކުރައްވާނީ މި ދެ ކެންޑިޑޭޓުންނެވެ.

2023 ރިޔާސީ އިންތިޚާބުހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން

އިތުރަށް ކިޔާލަން

31 ޑިސެމްބަރު 2023

ރިޔާސީ އިންތިޚާބު 2023އަކީ ރާއްޖޭގެ ދުސްތޫރީ ތާރީޚުގައި ބޭއްވި އެންމެ އަމާން އިންތިޚާބު - އީސީ

31 ޑިސެމްބަރު 2023
ރިޔާސީ އިންތިޚާބު 2023އަކީ ރާއްޖޭގެ ދުސްތޫރީ ތާރީޚުގައި ބޭއްވި އެންމެ އަމާން އިންތިޚާބު - އީސީ
31 ޑިސެމްބަރު 2023

ލޯފަން މީހުންނަށް ވޯޓުލެވުން - "ޓެމްޕްލޭޓު ފޮނުވުމުގެ އުޞޫލުތަކަށް ބަދަލު އަންނަންޖެހޭ"

31 ޑިސެމްބަރު 2023
ލޯފަން މީހުންނަށް ވޯޓުލެވުން - "ޓެމްޕްލޭޓު ފޮނުވުމުގެ އުޞޫލުތަކަށް ބަދަލު އަންނަންޖެހޭ"
31 ޑިސެމްބަރު 2023

ރިޔާސީ އިންތިޚާބުގައި ހޭދަކޮށްފައިވަނީ 84.6 މިލިއަން ރުފިޔާ - އީސީ

31 ޑިސެމްބަރު 2023
ރިޔާސީ އިންތިޚާބުގައި ހޭދަކޮށްފައިވަނީ 84.6 މިލިއަން ރުފިޔާ - އީސީ
19 ސެޕްޓެމްބަރު 2023

ރައީސް މެދު ހެންވޭރާއި ހެންވޭރު ހުޅަނގުގެ ގެތަކަށް "ދޮރުން ދޮރަށް" ވަޑައިގެންފި

19 ސެޕްޓެމްބަރު 2023
ރައީސް މެދު ހެންވޭރާއި ހެންވޭރު ހުޅަނގުގެ ގެތަކަށް "ދޮރުން ދޮރަށް" ވަޑައިގެންފި
19 ސެޕްޓެމްބަރު 2023

މުއިއްޒުއަކީ ރާއްޖޭގެ އިޤްތިސާދު މެނޭޖްކުރުމުގެ ގާބިލުކަން ހުރި ބޭފުޅެއް ނޫން: އިއާދު

19 ސެޕްޓެމްބަރު 2023
މުއިއްޒުއަކީ ރާއްޖޭގެ އިޤްތިސާދު މެނޭޖްކުރުމުގެ ގާބިލުކަން ހުރި ބޭފުޅެއް ނޫން: އިއާދު
19 ސެޕްޓެމްބަރު 2023

ޑިމޮކްރެޓްސް އިން ދެ ޕާޓީއަށް ދެ ހުށަހެޅުން، އެއްބަސްވުމަށް ދެ ދުވަހުގެ މުއްދަތެއް

19 ސެޕްޓެމްބަރު 2023
ޑިމޮކްރެޓްސް އިން ދެ ޕާޓީއަށް ދެ ހުށަހެޅުން، އެއްބަސްވުމަށް ދެ ދުވަހުގެ މުއްދަތެއް
19 ސެޕްޓެމްބަރު 2023

މުއިއްޒުގެ ކެމްޕޭނުގެ ތެރެއިން، ޔާމީނުގެ ވެރިކަމުގައި ފެނުނު އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ކޮޅުމަތި ފެންނަން ފަށައިފި: ސަމީރު

19 ސެޕްޓެމްބަރު 2023
މުއިއްޒުގެ ކެމްޕޭނުގެ ތެރެއިން، ޔާމީނުގެ ވެރިކަމުގައި ފެނުނު އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ކޮޅުމަތި ފެންނަން ފަށައިފި: ސަމީރު
18 ސެޕްޓެމްބަރު 2023

ކެމްޕޭންގެ ތެރޭގައި ރަށްރަށަށް ފުލުހުން ފޮނުވަން ޖެހުނީ ގަޔަށް ލޮލަށް ބޮލަށް އަރާ ހިސާބަށް ދިއުމުން - މަޚުލޫފް

18 ސެޕްޓެމްބަރު 2023
ކެމްޕޭންގެ ތެރޭގައި ރަށްރަށަށް ފުލުހުން ފޮނުވަން ޖެހުނީ ގަޔަށް ލޮލަށް ބޮލަށް އަރާ ހިސާބަށް ދިއުމުން - މަޚުލޫފް
18 ސެޕްޓެމްބަރު 2023

ރީ-ރަޖިސްޓްރޭޝަން ޕޯޓަލްގެ އެކްސެސް އެއްވެސް ބަޔަކަށް ނުލިބޭނެ، ހަޤީޤަތާއި ޚިލާފު ޚަބަރު ނުފަތުރާ - ހަބީބު

18 ސެޕްޓެމްބަރު 2023
ރީ-ރަޖިސްޓްރޭޝަން ޕޯޓަލްގެ އެކްސެސް އެއްވެސް ބަޔަކަށް ނުލިބޭނެ، ހަޤީޤަތާއި ޚިލާފު ޚަބަރު ނުފަތުރާ - ހަބީބު
18 ސެޕްޓެމްބަރު 2023

ޖުމްހޫރީ ޕާޓީގެ މެންބަރުން ބޭނުން ކެންޑިޑޭޓަކަށް ތާއިދުކުރުމަށް ގާސިމް އެދިވަޑައިގެންފި

18 ސެޕްޓެމްބަރު 2023
ޖުމްހޫރީ ޕާޓީގެ މެންބަރުން ބޭނުން ކެންޑިޑޭޓަކަށް ތާއިދުކުރުމަށް ގާސިމް އެދިވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު