Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަ ޑިމޮކްރެޓްސްގެ ނިންމުން

ޑިމޮކްރެޓްސް އިން ދެ ޕާޓީއަށް ދެ ހުށަހެޅުން، އެއްބަސްވުމަށް ދެ ދުވަހުގެ މުއްދަތެއް

ދެ ޕާޓީއަށް ވެސް ވަނީ ނިޒާމީ ވޯޓަކަށް ދާން ހުށަހަޅައިފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 19 ސެޕްޓެމްބަރު 2023 | އަންގާރަ 00:51
ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލް ބައްދަލުވުމުގެ ތެރެއިން

ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލް ބައްދަލުވުމުގެ ތެރެއިން

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރާ ދެ ޕާޓީއަށް ހުށަހެޅި ދެ ހުށަހެޅުމަށް އެއްބަސްވުމަށް ދެ ދުވަހުގެ މުއްދަތެއް ދޭން ދަ ޑިމޮކްރެޓްސް އިން ނިންމައިފިއެވެ.

ދަ ޑިމޮކްރެޓްސް އިން މިގޮތަށް ނިންމާފައިވަނީ ހޯމަ ދުވަހުގެ ރޭ ކުރިއަށްދިޔަ އެ ޕާޓީގެ އިންޓެރިމް ކައުންސިލު ބައްދަލުވުމުގައެވެ. މިގޮތަށް ނިންމާފައިވަނީ އެ ޕާޓީން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރާ އެމްޑީޕީ އާއި ޕީއެންސީއަށް ހުށަހަޅާފައިވާ ހުށަހަޅެންތަކާ ގުޅިގެން ބައްދަލުވުން ފެށުމާ ހަމައަށް ވަކިގޮތެއް ނިންމާފައި ނުވާތީއެވެ.

Advertisement - newsAdvertisement

އެ ޕާޓީން އެމްޑީޕީއަށް ހުށަހަޅާފައިވަނީ މި މަހުގެ 28 ވަނަ ދުވަހު ނިޒާމީ ވޯޓަކަށްދާން އެއްބަސްވުމަށެވެ. އެގޮތުން ފެންނަ ނުފެންނަ ވޯތެއް ކުރިއަށްގެންދިއުމަށް އެއްބަސްވެ ސޮއި ކުރުމަށް ވަނީ ހުށަހަޅައިފައެވެ.

ޕީއެންސީއަށް ހުށަހަޅާފައިވަނީ ނިޒާމީ ވޯޓެއްގެ އިތުރުން ޑިމޮކްރެޓްސްއަށް ހިއްސާ ލިބޭގޮތަށް ސަރުކާރު އެކުލަވައިލުމަށެވެ.

ހޯމަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ޑިމޮކްރެޓްސް އިން ހުށަހަޅާފައިވާ ކަންކަމަށް އެއްބަސްވާން ދެ ދުވަހުގެ މުއްދަތެއް ދޭން ހުށަހެޅީ އެޕާޓީގެ އިންޓެރިމް ކައުންސިލްގެ މެމްބަރު މުޙައްމަދު ޝިފާޒުއެވެ. އެގޮތުން، ބުދަ ދުވަހުގެ ނިޔަލަށް މުއްދަތުދީ އެ މުއްދަތުގެ ތެރޭގައި ދެ ޕާޓީން ވެސް އެއްބަސްނުވެއްޖެނަމަ އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށް އޭނާ ހުށަހެޅުއްވިއެވެ.

އެ ބައްދަލުވުމުގައި ޝިފާޒުގެ މި ހުށަހެޅުން ފާސްވެފައިވަނީ 50 މެމްބަރުންގެ ވޯޓުންނެވެ.

ޑިމޮކްރެޓްސް އިން މިގޮތަށް ނިންމާފައިވާއިރު ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ ޑިމޮކްރެޓްސްގެ ހިންގުމާ އެންމެ އިސްކޮށް ހަވާލުވެ ހުންނެވި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާ ފޯނުން ގުޅުއްވާ މަޝްވަރާ ކުރައްވާފައެވެ. ރައީސް ޞާލިހު ހޯމަ ދުވަހު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކުރިން ނިޒާމީ ވޯޓަކަށް ދިއުމަކީ ޕްރެކްޓިކަލް ކަމަކަށްނުވާތީ އިންތިޚާބުގެ ފަހުން އެ ވޯޓު ނަގާނެ ތާރީހަކާ މެދު ނަޝީދުއާ މަޝްވަރާ ކުރެއްވި ކަމަށެވެ.

މި މަހުގެ ނުވަވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓްސްއިން ވާދަކުރެއްވި ކެންޑިޑޭޓް، އިލްޔާސް ލަބީބަށް ލިބިވަޑައިގެންނެވީ 15،839 ވޯޓެވެ. ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބުނު ޕާޓީއަށް އެ ޕާޓީވާއިރު އެންމެ ގިނައިން ވޯޓު ހޯއްދަވައިގެން ދެވަނަ ބުރުގައި ވާދަކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު އާއި އެމްޑީޕީގެ ކެންޑިޑޭޓް، އިބްރާހިމް މުޙައްމަދު ޞާލިހުއެވެ.

ދަ ޑިމޮކްރެޓްސް2023 ރިޔާސީ އިންތިޚާބު

އިތުރަށް ކިޔާލަން

26 ޖޫން 2025

ޑިމޮކްރެޓްސްގެ މެމްބަރުން އައުމުން އެމްޑީޕީ ވާނީ ވަރުގަދަ، މާޒީ އަށް ނުބަލާ ދާންވީ އެކުގައި ކުރިއަށް - ރައީސް ޞާލިހު

26 ޖޫން 2025
ޑިމޮކްރެޓްސްގެ މެމްބަރުން އައުމުން އެމްޑީޕީ ވާނީ ވަރުގަދަ، މާޒީ އަށް ނުބަލާ ދާންވީ އެކުގައި ކުރިއަށް - ރައީސް ޞާލިހު
24 ޖޫން 2025

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

24 ޖޫން 2025
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
01 މެއި 2025

ސުލްހަވެރި އެއްވުމުގެ ތެރެއިން ހައްޔަރުކުރި ފަރާތްތައް ވަގުތުން މިނިވަންކުރުމަށް ދަ ޑިމޮކްރެޓްސް އިން ގޮވާލައިފި

01 މެއި 2025
ސުލްހަވެރި އެއްވުމުގެ ތެރެއިން ހައްޔަރުކުރި ފަރާތްތައް ވަގުތުން މިނިވަންކުރުމަށް ދަ ޑިމޮކްރެޓްސް އިން ގޮވާލައިފި
26 ފެބުރުއަރީ 2025

ސުޕްރީމް ކޯޓަށް އަމާޒު ކޮށް ސަރުކާރުން މިހާރު އަމަލު ކުރަމުން ގެންދާ ގޮތް ދަ ޑިމޮކްރެޓްސް އިން ކުށްވެރި ކޮށްފި

26 ފެބުރުއަރީ 2025
ސުޕްރީމް ކޯޓަށް އަމާޒު ކޮށް ސަރުކާރުން މިހާރު އަމަލު ކުރަމުން ގެންދާ ގޮތް ދަ ޑިމޮކްރެޓްސް އިން ކުށްވެރި ކޮށްފި
05 ޑިސެމްބަރު 2024

ރައީސް މުއިއްޒު 24 ގަޑީއިރު ހުންނަވަނީ ޚިދުމަތުގައޭ ބުނާ ފަރާތްތަކަށް ފިރުޝާންގެ ރައްދު: ނޫން، 24 ގަޑީއިރު ހުންނަވަނީ ވައްކަމެއް ކޮށްލެވޭތޯ، ދޮގެއް ހެދޭތޯ

05 ޑިސެމްބަރު 2024
ރައީސް މުއިއްޒު 24 ގަޑީއިރު ހުންނަވަނީ ޚިދުމަތުގައޭ ބުނާ ފަރާތްތަކަށް  ފިރުޝާންގެ ރައްދު: ނޫން، 24 ގަޑީއިރު ހުންނަވަނީ ވައްކަމެއް ކޮށްލެވޭތޯ، ދޮގެއް ހެދޭތޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު