Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިޚާބު

ރީ-ރަޖިސްޓްރޭޝަން ޕޯޓަލްގެ އެކްސެސް އެއްވެސް ބަޔަކަށް ނުލިބޭނެ، ހަޤީޤަތާއި ޚިލާފު ޚަބަރު ނުފަތުރާ - ހަބީބު

ޕޯޓަލް ހެކް ކުރުމަށް، ބޭރުން މަސައްކަތް ކޮށް، އެޓޭކްތަކެއް ދޭން އުޅުނަސް، އެކަން ދެނެގަނެ، ޙައްލުކުރުމުގެ ޤާބިލުކަން، އީސީގައި ގާއިމްކޮށްފައި ހުންނާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 ސެޕްޓެމްބަރު 2023 | ހޯމަ 02:13
އިލެކްޝަންސް ކޮމިޝަންގެ ނާއިބުރައީސް އިސްމާއީލު ހަބީބު

އިލެކްޝަންސް ކޮމިޝަންގެ ނާއިބުރައީސް އިސްމާއީލު ހަބީބު

ރީ-ރަޖިސްޓްރޭޝަން ޕޯޓަލްގެ އެކްސެސް އެއްވެސް ބަޔަކަށް ނުލިބޭ ކަމަށާއި، ޕޯޓަލްއާ މެދު ޙަޤީޤަތާ ޚިލާފު ޚަބަރުތައް ނުފެތުރުމަށް އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބު އިލްތިމާސްކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބްރައީސް މިފަދައިން ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގައި ރީ-ރަޖިސްޓްރީ ވުމަށް ދެ ދުވަހުގެ ތެރޭގައި 25،000 މީހުން ރަޖިސްޓްރީ ވެފައިވާ ކަމަށް އެ ކޮމިޝަނުން ބުނުމާއެކު، އެކި ކަހަލަ ފާޑުކިޔުންތައް އަމާޒުވެ އިންތިޚާބު އޮޅުވާލަން މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތުތައް އިދިކޮޅުން ކުރަމުން އަންނަނިކޮށެވެ. މީގެ އިތުރުން ރީރަޖިސްޓްރޭޝަންގެ އެކްސެސް، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެންބަރަކަށް ދީފައިވާ ކަމުގެ ތުހުމަތު ވެސް ދަނީ ކުރަމުންނެވެ.

މިކަމަށް ރައްދުދެއްވާ ހަބީބުކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލްގެ އެކްސެސް، އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ މެންބަރަކަށް ނުވަތަ ކަމާ ނުބެހޭ އެއްވެސް ފަރާތަކަށް ދީފައި ނޯންނާނެ ކަމަށެވެ. ރިޔާސީ އިންތިޚާބުގެ ރީ-ރެޖިސްޓްރޭޝަން އޮންލައިން ޕޯޓަލް ހެކް ކުރުމަށް ބޭރުން މަސައްކަތްކޮށް، އެޓޭކްތަކެއް ދޭން އުޅުނަސް އެކަން ދެނެގަނެ، ޙައްލުކުރުމުގެ ޤާބިލުކަން އީސީގައި ޤާއިމްކޮށްފައި ހުންނާނެ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

ހަބީބު ވަނީ ރީ-ރަޖިސްޓްރޭޝަން ޕޯޓަލްއާ މެދު ޙަޤީޤަތާ ޚިލާފު ޚަބަރުތައް ނުފެތުރުމަށް އިލްތިމާސްކުރައްވާފައެވެ.

މި މަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރީ -ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި ދެ ދުވަހުގެ ތެރޭގައި 25،000 އަށްވުރެ ގިނަ ފޯމު ވަނީ ހުށަހަޅާފައެވެ. އަދި މިއާއެކު އިދިކޮޅުން އަންނަނީ ގިނަ އަދަދެއްގެ ބަޔަކު ރީ-ރަޖިސްޓްރީކުރުމަށް ހުށަހަޅާފައިވާތީ، އެއީ އިންތިޚާބު އޮޅުވާލުމަށް ކުރަމުން އަންނަ މަސައްކަތެއްކަމަށް ބުނެ ޝަކުވާކުރަމުންނެވެ. މީގެ އިތުރުން ތަފާތު ލިޔުންތައް ތައްޔާރުކޮށް އަންނަނީ ދައުރުކުރަމުންނެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު އީސީން ހުޅުވާލާފައިވަނީ ތިން ދުވަހުގެ މުއްދަތަކަށެވެ. އެގޮތުން ހުކުރު ދުވަހުގެ މެންދުރު 3:00 އިން ފެށިގެން އަދީއްތަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް ފުރުސަތު ހުޅުވާލިއެވެ.

މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ޙައްޤު 282,395 މީހުންނަށް ލިބުނުއިރު ދެވަނަ ބުރުގައި އަލަށް ވޯޓުލެވޭ 408 މީހުންނާއެކު ޖުމްލަ 282,803 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ.

އިލެކްޝަންސް ކޮމިޝަން2023 ރިޔާސީ އިންތިޚާބުރިޔާސީ އިންތިހާބުގެ ދެވަނަ ބުރުއިސްމާއީލް ހަބީބު

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު