Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލީސް މެންބަރުންގެ ގޮނޑި ގެ

މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުނުކަން އަމީންއާންމަށް އަންގާފައެއް ނެތް-ރިޔާޒް

19 ޖުލައި 2017 | ބުދަ 08:18

ހަތަރު މެންބަރުން ޕީޕީއެމް އިން ވަކިވެފައިވާ ކަން ކަމާގުޅޭ މުއައްސަސާތަކަށް އަންގާރަ ދުވަހު ވަނީ އަންގާފަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 19 ޖުލައި 2017 | ބުދަ 08:18
ރައްޔިތުންގެ މަޖިލީސް މެންބަރުން

ރައްޔިތުންގެ މަޖިލީސް މެންބަރުން

މަޖިލީހުގެ އެއްވެސް މެންބަރެއްގެ ގޮޑި ގެއްލިފައިވާކަމަށް، އިލެކްޝަންސް ކޮމިޝަނުން ނުވަތަ ސުޕްރީމް ކޯޓުން މަޖިލީހަށް އަންގާފައި ނުވާކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މަޖިލީހުގެ އަމީން އާންމާއި ބައްދަލުވު ކުރުމުން އެއްވެސް މެންބަރެއްގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން އަދި ސުޕްރީމް ކޯޓުންވެސް އަންގާފައިނުވާ ކަމަށް އަމީން އާންމު ވިދާޅުވެފައިވާ ކަމަށެވެ.

މެންބަރު ރިޔާޒް މިހެން ޓްވީޓްކުރައްވާފައިވާއިރު ހަތަރު މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށްވަނީ އަޑުތައް ފެތުރިފަ އެވެ.

މިގޮތަށް އަޑުތައް ފެތުރިފައިވަނީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ)، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ޕީޕީއެމް އިން ވަކިވެފައިވާކަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުންނެވެ.

މަޖިލީހުގެ މެންބަރުންެ ޕާޓީން ވަކިވުމުން ގޮނޑި ގެއްލޭނެކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާއިރު އެހުކުމުގެ ކުރިން ހިނގާފައިވާ ކަމަކަށް މެންބަރުންގެ ގޮނޑިއަކަށް އަސަރެއް ނުކުރާނެ ކަމަށް މި ހަފްތާގެ އާދިއްތަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ ބަޔާންކޮށްފައެވެ.

ސުޕްރީމް ކޯޓުން މަޖިލީހުގެ މެންބަރުންގެ ގޮނޑި އެ މެންބަރަކު އިންތިހާބުވެފައިވާ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކި ކޮށްފި ނަމަ ގެއްލޭނެ ކަަމަށް ކަނޑައަޅާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 45 މެންބަރުންގެ ސޮޔާއި އެކު ހުށަހަޅާފައިވަނިކޮށެވެ.

މަޖިލީހަށް ހުށަހެޅި މި މައްސަލައިގައި ޕީޕީއެމްއަށް ނިސްބަތްވާ 11 މެންބަރުންވެސް ހިމެނެ އެވެ. އެ މެންބަރުންގެ ތެރެއިން 10 މެންބަރުންވަނީ، ޕީޕީއެމްއިން ވަކި ވުމަށް ސިޓީ ފޮނުވާފަ އެވެ.

މީގެ އިތުރުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ ހޯމަ ދުވަހު ނުބާއްވަން ނިންމާފައިވާކަމަށް އިތުބާރުހިފޭ ފަރާތަކުން ވަނީ މައުލޫމާތު ލިބިފަ އެވެ.

އެ މައްސަލައިގައި ބަހުސް ކުރުމަށް ވަގުތު ކަނޑައެޅުމަށް ބުރާސްފަތި ދުވަހު މަޖިލީހުގެ އާއްމު ކޮމެޓީގެ ބައްދަލުވުމެއް ބޭއްވުމަށް ތާވަލް ކުރުމަށްފަހު ވަނީ ކެންސަލް ކޮށްފަ އެވެ. ނަމަވެސް ހޯމަ ދުވަހުގެ ޖަލްސާ ކެންސަލު ކުރިކަން ރަސްމީކޮށް އަދި ހާމަކޮށްފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

01 މާރިޗު 2017

ޕީޕީއެމްގެ މެމްބަރޝިޕް ފޯމްތަކެއް ހަވާލުވުމަށް ބާއްވާ އިވެންޓް އޮތުމުން މަޖިލީހުގެ ޖަލްސާ ފަސްކޮށްފި

01 މާރިޗު 2017
ޕީޕީއެމްގެ މެމްބަރޝިޕް ފޯމްތަކެއް ހަވާލުވުމަށް ބާއްވާ އިވެންޓް އޮތުމުން މަޖިލީހުގެ ޖަލްސާ ފަސްކޮށްފި
28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް