Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލިސް ފަސްކުރުން

ޕީޕީއެމްގެ މެމްބަރޝިޕް ފޯމްތަކެއް ހަވާލުވުމަށް ބާއްވާ އިވެންޓް އޮތުމުން މަޖިލީހުގެ ޖަލްސާ ފަސްކޮށްފި

މަޖިލީހުގެ މިއަދުގެ ޖަލްސާ ބާއްވަން ނިންމާފައިވަނީ 14:00 ގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 1 މާރިޗު 2017 | ބުދަ 10:12
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު --

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު --

ޕީޕީއެމްގެ މެމްބަރުޝިޕް ފޯމަތަކަކާ ހަވާލުވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ އިވެންޓެއް އޮތުން އެ އިވެންޓްގައި ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބަވައިވެރިވެވަޑައި ގެންނެވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާ ފަސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލިސް އާއްމު އުސޫލުން ބާއްވަމުން އަންނަނީ ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުގެ ހެނދުނު 09:00 ގައެވެ. ނަމަވެސް މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާ އެޖެންޑާ ކޮށްފައިވަނީ 14:00 ގައި ފެށުމަށެވެ. މިއީ ފަހުގެ ތާރީހެއްގައި މެންދުރު ފަހުން މަޖިލީހުގެ ޖަލްސާ ފަށާ ފުރަތަމަ ފަހަރެވެ.

Advertisement - newsAdvertisement

ޕީޕީއެމްއިން މިހާރު ހިންގާ އެޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ދަށުން ޕީޕީއެމްގެ މެމްބަރުޝިޕް ފޯމްތަކެއް ހަވާލު ކުރުމުގެ ރަސްމިއްޔާތެއް ބުދަ ދުވަހުގެ މެންދުރު 12:30 ގައި ސްޓެލްކޯ މާލަމުގައި ބޭއްވުމަށް ވަނީ ހަމަޖައްސާފަ އެވެ.

އެ އިވެންޓަށް ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ މިނިސްޓަރުންނާއި ޕީޕީއެމަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ބައިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ވަނީ ލިބިފަ އެވެ.

ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ސްޓެލްކޯގައި ބޭއްވި މިފަދަ އެހެން ރަސްމިއްޔާތަކަށް ވަޑައިގެންނެވުމަށް މަޖިލިސް ނިންމަން އޮންނަ ވަގުތަށް ވުރެ އަވަހަށް މަޖިލީހުގެ ޖަލްސާ ނިންމައި އެ އިވެންޓަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާއި ޕީޕީއެމަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ވަނީ ވަޑައިގަންނަވާފަ އެވެ. އާންމު ގޮތެއްގައި ކަންކަމަށް ވޯޓު ނެގުން އޮންނަނީ މެންދުރު 1:30 ގައި ކަމަށް ވިޔަސް އެ ދުވަހު ވަނީ އޭގެ މާކުރިން ވޯޓު ނަގާފައެވެ.

ރާއްޖޭ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި އެކެލަވާލާފައިވާ 85 މެމްބަރުންގެ މައްޗަށް އެކުލެވޭ ގާނޫނު ހަދާ މަޖިލީހުގެ ކަންކަން ހިނގަމުންދާ ގޮތާ މެދު ގިނަ ރައްޔިތުން ފާޑުކިޔަމުންދާއިރު، މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން ވެސް ވަނީ މަޖިލިސް މެމްބަރެއް ކަމަށް ބުނަން ލަދަ ގަންނަ ޖަރަޖައަށް މަޖިލީހުގެ ކަންކަން ގޯސްވެފައިވާ ކަމަށް ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު