Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުލޮލުގެ ފެނުން ގެއްލުނު 6 ދަރިންގެ ބައްޕަ

އެކްސިޑެންޓުގައި ލޮލުގެ ފެނުން ގެއްލުނު 6 ދަރިންގެ ބައްޕަ: ލިބޭ މިންވަރަށް ޝުކުރު ކުރުމުގައި ސަޢީދަކީ ނަމޫނާއެއް!

ސަޢީދަށް އެފަދަ ހާލަތެއް މެދުވެރިވީ އެއްޗެއް ގޮވައިގެން ހިނގި ވަރުގަދަ އެކްސިޑެންޓެއްގައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 2 ސެޕްޓެމްބަރު 2023 | ހޮނިހިރު 17:29
އެކްސިޑެންޓުގައި ލޮލުގެ ފެނުން ގެއްލުނު 6 ދަރިންގެ ބައްޕަގެ ވާހަކަ

އެކްސިޑެންޓުގައި ލޮލުގެ ފެނުން ގެއްލުނު 6 ދަރިންގެ ބައްޕަގެ ވާހަކަ

ދިރިއުޅުމަކީ ހީވެސް ނުކުރާ ފަދަ ގޮތްގޮތަށް ބަދަލުވެގެންދާ، ޤުދުރަތުގެ ފުރިހަމަ ނިޒާމެކެވެ. ހިތްދަތި ކަމެއް ދިމާވާ ހިނދު، އެއީ އިންތިހާ މާޔޫސްކަން ކުރިމަތި ކުރުވާ ކަމަކަށް ވީ ނަމަވެސް، ދިރިއުޅުމުގެ ހަލަބޮލިކަމުން ހަވާސާ ވެލާ، ހިންދެމިލުމަށް ފަހު ވިސްނަލައިފިނަމަ، އެކަމުގައިވެސް ހެޔޮ ރަޙުމަތެއް މެނުވީ ނުވާކަން ޤަބޫލު ކުރެވެއެވެ.

6 ދަރިންގެ ބައްޕަ، ސަޢީދު އަބޫ ހަސީރާގެ ދިރިއުޅުންވެސް ހުއްޓުމަކަށް އައެވެ. އެއީ އޭނާގެ ލޮލުގެ ފެނުން ގެއްލި، ކަނާތުގެ 3 އިނގިލި ބުރިވި ހިސާބުންނެވެ. ސަޢީދަށް އެފަދަ ހާލަތެއް މެދުވެރިވީ އެއްޗެއް ގޮވައިގެން ހިނގި ވަރުގަދަ އެކްސިޑެންޓެއްގައެވެ.

ޢާއިލާގެ ހުރިހާ ޒިންމާއެއް ކޮނޑު އަޅައިގެން ހުރި މީހަކީވެސް ސަޢީދުއެވެ. މާލީ ގޮތުން އެ ޢާއިލާގެ ހުރިހާ ކަމެއް ބަލަހައްޓަން ހުރި މީހަކީވެސް ހަމަ އޭނާކަމުން، އެ ހާލުގައިވެސް ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް ޢަޒުމު ކަނޑައެޅިއެވެ. ސަޢީދު ނިންމީ، މަގުމަތީގައި އެއްޗެހި ވިއްކުމުގެ މަސައްކަތަށް ނުކުތުމަށެވެ. ސަޢީދުގެ މަސައްކަތަކަށް ވީ، ބޭކަރީތަކުގެ ބޭރާއި، މަގު ހިނގާ މީހުންނަށް ކުދީނާ ފަތް ވިއްކުމެވެ.

ޢުމުރުން 45 އަހަރުގެ ސަޢީދު ކުރިން ކުރަމުން އައި މަސައްކަތަކީވެސް މަގުތަކަށް ބިނާވެފައި އޮތް މަސައްކަތެކެވެ. ހިމާރު ގާޑިޔާއެއްގައި ބާދަގަނޑު އެއްކޮށް، އެ ވިއްކުމުގެ މަސައްކަތުގައި އުޅެމުން ދިޔައެވެ. އެއީ މީގެ 4 އަހަރު ދުވަސް ކުރިއެވެ. ބާދަގަނޑު ކަމަށް ހިތާ ސަޢީދު ނެގި ސިލިންޑަރު ވީ ނުގޮވާ އޮތް ހަތިޔާރަކަށެވެ. އެ ސިލިންޑަރު ގޮވާ، ސަޢީދުގެ 2 ލޮލާއި، އަތްވެސް ޒަޚަމްވިއެވެ.

ފަލަސްޠީނުގެ އެންމެ ތޮއްޖެހިފައި ވާ އެއް ސިޓީ ކަމަށް ވާ ޣައްޒާގެ ބޭކަރީއެއްގެ ބޭރުގައި ހުރެ، ކަސްޓަމަރުންގެ ސަމާލުކަން ހޯދުމަށް "1 ޝެކްލް (0.26 ޑޮލަރު) އަށް ކުދީނާ ފަތް ކޯޅިއެއް" މިހެން ގޮވަމުން ސަޢީދު ދިޔައިރު، އޭނާގެ ފިރިހެން ދަރިފުޅުވެސް، ގާތުގައި ހުއްޓެވެ.

ޣައްޒާގެ ރަށްވެހިންނަކީ ކުދީނާ ފަތަށް ލޯބި ކުރާ ބައެކެވެ. ސައިގެ އިތުރުން އެކި ކަހަލަ ކޭންތައް ތައްޔާރުކޮށް ރަހަ ހެޔޮވަރު ކުރުމަށްވެސް ކުދީނާ ފަތް ބޭނުން ކޮށް އުޅޭ ބައެކެވެ. ބަނޑާއި ގޮހުރުގެ އުނދަގޫތަކަށް ލުޔެއް ލިބޭތޯ، ކުދީނާ ފަތް، ފެނު ކައްކައިގެން އެ ބޮއެ ހަދާ ބައެކެވެ.

ޣައްޒާގެ ދޭސީ ތަޖުރިބާކާރުން ބުނާ ގޮތުގައި ޣައްޒާގައި ލޮލުގެ ފެނުމުން މަހުރޫމުވެފައި ވާ 14000 އެއްހާ މީހުން ދިރިއުޅެއެވެ. އެއީ 2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާ ސިޓީގައި ދިރިއުޅޭ ނުކުޅެދޭ މީހުންގެ 28 އިންސައްތައެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2023

"ބަޚޫރް"ގެ ހިތްގައިމު ވަހުން، 6 ދަރިންގެ ހުވަފަތް މަންމަ، ދިރިއުޅުން ކޮޅަށް ޖަހައިފި

08 ފެބުރުއަރީ 2023
"ބަޚޫރް"ގެ ހިތްގައިމު ވަހުން، 6 ދަރިންގެ ހުވަފަތް މަންމަ، ދިރިއުޅުން ކޮޅަށް ޖަހައިފި
30 ނޮވެމްބަރު 2022

ދަރިންގެ ޚަރަދަށް މަހަކު ދެލައްކަ ޑޮލަރު

30 ނޮވެމްބަރު 2022
ދަރިންގެ ޚަރަދަށް މަހަކު ދެލައްކަ ޑޮލަރު
15 އޯގަސްޓު 2022

ނޫރު އަޖުލާނީ: ލޮލުގެ ފެނުން ގެއްލިފައިވާ ދަރިވަރުންގެ "ލޮލުގެ އަލިކަން"

15 އޯގަސްޓު 2022
ނޫރު އަޖުލާނީ: ލޮލުގެ ފެނުން ގެއްލިފައިވާ ދަރިވަރުންގެ "ލޮލުގެ އަލިކަން"
08 މާރިޗު 2022

ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ޓީވީ ޕްރެޒެންޓަރުގެ ޓީވީ ޝޯއިން އެފަދަ މީހުންނަށް އަލިކަމެއް

08 މާރިޗު 2022
ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ޓީވީ ޕްރެޒެންޓަރުގެ ޓީވީ ޝޯއިން އެފަދަ މީހުންނަށް އަލިކަމެއް
26 މެއި 2020

މާމަ ދަރިންގެ ފޮޓޯ ފޭސްބުކްއިން ނެގުމަށް ޑަޗް ކޯޓަކުން މީހެއްގެ މައްޗަށް ޙުކުމް ކޮށްފި

26 މެއި 2020
މާމަ ދަރިންގެ ފޮޓޯ ފޭސްބުކްއިން ނެގުމަށް ޑަޗް ކޯޓަކުން މީހެއްގެ މައްޗަށް ޙުކުމް ކޮށްފި
13 އެޕްރީލު 2019

ސަންޖޭ އާއި މާދުރީ މިހާރު މަޝްވަރާ ކުރަނީ ދަރިންގެ ކަންތައްތަކާ!

13 އެޕްރީލު 2019
ސަންޖޭ އާއި މާދުރީ މިހާރު މަޝްވަރާ ކުރަނީ ދަރިންގެ ކަންތައްތަކާ!
05 ނޮވެމްބަރު 2018

ކީމޯތަރަޕީގެ ސަބަބުން ސޮނާލީގެ ލޮލުގެ ފެނުމަށް ގެއްލުން ވަނީ

05 ނޮވެމްބަރު 2018
ކީމޯތަރަޕީގެ ސަބަބުން ސޮނާލީގެ ލޮލުގެ ފެނުމަށް ގެއްލުން ވަނީ
21 ޖުލައި 2018

ސްޓްރީގައި ޝްރައްދާގެ ފުރަތަމަ ފެނުން ވެސް ބިރުވެރި!

21 ޖުލައި 2018
ސްޓްރީގައި ޝްރައްދާގެ ފުރަތަމަ ފެނުން ވެސް ބިރުވެރި!
27 ޖެނުއަރީ 2018

ފޭނުން ގެއްލުނުކަމުގައި ވިއަސް ޓްރަމްޕަށް ފާޑުކިޔުން ހުއްޓައެއް ނުލާނަން: އެމިނެމް

27 ޖެނުއަރީ 2018
ފޭނުން ގެއްލުނުކަމުގައި ވިއަސް ޓްރަމްޕަށް ފާޑުކިޔުން ހުއްޓައެއް ނުލާނަން: އެމިނެމް
30 ޖުލައި 2017

ދަރިންގެ ފޮޓޯ ނެގުމުން ޖޯޖު ކްލޫނީ ރަތަށް

30 ޖުލައި 2017
ދަރިންގެ ފޮޓޯ ނެގުމުން ޖޯޖު ކްލޫނީ ރަތަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު