Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ކެނެޑާ ގުޅުން

ފަލަސްޠީނުގެ ދައުލަތް ބަލައި ގަންނަން ކާނީ ނިންމުމާ އެކު، ޓްރަމްޕް ނުރުހުން ވެއްޖެ

31 ޖުލައި 2025 | ބުރާސްފަތި 07:12

އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ ކެނެޑާ އަދި ކާނީގެ އެ ނިންމުމާ އެކު، ދެ ޤައުމުގެ ދެ މެދުގައި ވިޔަފާރީގެ އެއްބަސްވުމަކަށް އައުމަށް ދަތި ވާނެ ކަމަށެވެ. ނަމަވެސް ޓްރަމްޕްގެ އެ ވާހަކަތަކާ ގުޅިގެން ކެނެޑާގެ ބޮޑު ވަޒީރު ކާނީ އަދި އޭނާގެ އޮފީހުން ވެސް ވަކި އެެެއްޗެއް ބުނެފައި ނުވެ އެވެ. 

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 ޖުލައި 2025 | ބުރާސްފަތި 07:12
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީ

ކެނެޑާ އިން، ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމާފައިވާ ކަމަށް އެ ޤައުމުގެ ބޮޑު ވަޒީރު މާކް ކާނީ އިއުލާން ކުރެއްްވުމާ އެކު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނުރުހުން ވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ ކާނީ ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ބަަލައި ގަންނަން ކެނެޑާ އިން ނިންމާފައިވާ ކަމަށް ހާމަ ކޮށްފަ އެވެ. އަދި މިއަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ އދ ގެ 80 ވަނަ ޖެނަރަލް އެސެމްބްލީގައި ފަލަސްޠީނުގެ މިނިވަން ދައުލަތް ކެނެޑާ އިން ޤަބޫލު ކުރާނެ ކަމަށް ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ ކެނެޑާ އަދި ކާނީގެ އެ ނިންމުމާ އެކު، ދެ ޤައުމުގެ ދެ މެދުގައި ވިޔަފާރީގެ އެއްބަސްވުމަކަށް އައުމަށް ދަތި ވާނެ ކަމަށެވެ. ނަމަވެސް ޓްރަމްޕްގެ އެ ވާހަކަތަކާ ގުޅިގެން ކެނެޑާގެ ބޮޑު ވަޒީރު ކާނީ އަދި އޭނާގެ އޮފީހުން ވެސް ވަކި އެެެއްޗެއް ބުނެފައި ނުވެ އެވެ. 

މިވަގުތު ކެނެޑާ އާއި އެމެރިކާ އިން މަސައްކަތް ކުރަމުން އަންނަނީ އޯގަސްޓު މަހުގެ އެއް ވަނަ ދުވަހުގެ ކުރިން ވިޔަފާރީގެ އެއްބަސްވުމަކަށް އައުމަށެވެ. އެހެން ނޫން ނަމަ، އެމެރިކާ-މެކްސިކޯ-ކެނެޑާ ވިޔަފާރީގެ އެއްބަސްވުމުގައި ނުހިމެނޭ ކެނެޑާގެ ހުރިހާ މުދަލަކުން 35 އިންސައްތައިގެ ޓެރިފް ނެގުމަށް ޓްރަމްޕް ވަނީ އިންޒާރު ދެއްވައިފަ އެވެ. 

މީގެ ކުރިން ބޮޑު ވަޒީރު ކާނީ ވިދާޅުވެފައި ވަނީ ޓެރިފްގެ މައްސަލައިގައި އެމެރިކާގެ ސަރުކާރާ އެކު ކުރިއަށް ގެންދަމުން އައި މަޝްވަރާތައް ދަނީ ވަރަށް ރަނގަޅަށް ކަމަށެވެ. އެހެން ނަމަވެސް، ކަނޑައަޅާފައިވާ ސުންގަޑިއާ ހަމައަށް، މަޝްވަރާތައް ނިމެނޭ ކަމުގެ ޔަޤީންކަން ނެތް ކަމަށް ވެސް ކާނީ ވިދާޅުވެފައިވެ އެވެ. 

ކެނެޑާގެ މި ނިންމުމަަށް އެމެރިކާ އިން ފާޑު ކިޔާފައިވާއިރު، ވަކިން ޚާއްސަކޮށް ޓްރަމްޕް ނުރުހުން ވެފައިވާއިރު، ކާާނީ އަށް އިތުރު ޕްރެޝަރަކާ ކުރިމަތިލާާން ޖެހޭނެ ކަމަށް ސިޔާސީ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2017

އިސްރާއީލުގެ ވެރިރަށަކީ ޤުދުސްކަމަށް ބަލައިގަތުމަކީ ނުރައްކާތެރި ކަމެއް: އުރުދުން

04 ޑިސެމްބަރު 2017
އިސްރާއީލުގެ ވެރިރަށަކީ ޤުދުސްކަމަށް ބަލައިގަތުމަކީ ނުރައްކާތެރި ކަމެއް: އުރުދުން
02 ޑިސެމްބަރު 2017

އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ޤުދުސް ބަލައިގަތުމަށް ޓްރަމްޕް ނިންމަވަނީ

02 ޑިސެމްބަރު 2017
އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ޤުދުސް ބަލައިގަތުމަށް ޓްރަމްޕް ނިންމަވަނީ
15 ސެޕްޓެމްބަރު 2017

މިޔަންމާގެ މުސްލިމުންނާ މެދު ހިނގަމުންދާ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއްނޫން: ޓިލާސަން

15 ސެޕްޓެމްބަރު 2017
މިޔަންމާގެ މުސްލިމުންނާ މެދު ހިނގަމުންދާ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއްނޫން: ޓިލާސަން
28 ޖުލައި 2017

ކުރީގެ ވަލީއަހުދު ނާއިފް ހުންނެވީ ގޭ ބަންދުގައިތޯ ބަލައިދިނުމަށް ހިއުމަން ރައިޓްސް ވޮޗްއިން ގޮވާލައިފި

28 ޖުލައި 2017
ކުރީގެ ވަލީއަހުދު ނާއިފް ހުންނެވީ ގޭ ބަންދުގައިތޯ ބަލައިދިނުމަށް ހިއުމަން ރައިޓްސް ވޮޗްއިން ގޮވާލައިފި
22 ޖުލައި 2017

ގުދުސްގައި އިސްރާއީލު ސިފައިން ބަޑިޖަހައި، ފަލަސްޠީނުގެ ތިން މީހުން މަރާލައިފި

22 ޖުލައި 2017
ގުދުސްގައި އިސްރާއީލު ސިފައިން ބަޑިޖަހައި، ފަލަސްޠީނުގެ ތިން މީހުން މަރާލައިފި
05 ޖޫން 2017

އދ އިން އެޅި ދަތި ކުރުމުގެ ފިޔަވަޅުތައް އެއްގޮތަކަށްވެސް ބަލައިނުގަންނަަން: އުތުރު ކޮރެއާ

05 ޖޫން 2017
އދ އިން އެޅި ދަތި ކުރުމުގެ ފިޔަވަޅުތައް އެއްގޮތަކަށްވެސް ބަލައިނުގަންނަަން: އުތުރު ކޮރެއާ
03 ޖޫން 2017

މެންޗެސްޓާ ހަމަލާ: އާރިއާނާ ގްރާންޑޭ ޒަޚަމްވި ފަރާތްތަކަށް ޒިޔާރަތްކޮށް ހާލު ބަލައިފި

03 ޖޫން 2017
މެންޗެސްޓާ ހަމަލާ:  އާރިއާނާ ގްރާންޑޭ ޒަޚަމްވި ފަރާތްތަކަށް ޒިޔާރަތްކޮށް ހާލު ބަލައިފި
02 މާރިޗު 2017

ލަދުގަންނަން ޖެހިވަޑައިގެންފާނެތީ ރައީސް ޓްރަމްޕް އިނގެރޭސި ވިލާތަށް ކުރައްވާ ދަތުރުފުޅު ލަސްކޮށްފި

02 މާރިޗު 2017
ލަދުގަންނަން ޖެހިވަޑައިގެންފާނެތީ ރައީސް ޓްރަމްޕް އިނގެރޭސި ވިލާތަށް ކުރައްވާ ދަތުރުފުޅު ލަސްކޮށްފި
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
14 ޖެނުއަރީ 2017

އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން

14 ޖެނުއަރީ 2017
އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް