Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތާރީޚު ދުށް އާރޯކަމުގެ ޒަމާން

މިއީ ތާރީޚު ދުށް އާރޯކަމުގެ ޒަމާނެއް، އާސާރީ ތަންތަން އަލުން ރައްކާތެރި ކުރުމުގެ މަސައްކަތް ކުރެވިގެންދިޔަ: އަލާ

2 ސެޕްޓެމްބަރު 2023 | ހޮނިހިރު 13:15

19 އަތޮޅެއްގައި ދިވެހި ގައުމިއްޔަތާ ތާރީޚަށް ހޭލުންތެރިކުރުމުގެ ސެޝަންތައް ހިންގިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 2 ސެޕްޓެމްބަރު 2023 | ހޮނިހިރު 13:15
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އާސާރީ ސަރަހައްދެއް ބައްލަވާލައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އާސާރީ ސަރަހައްދެއް ބައްލަވާލައްވަނީ

މިއީ ތާރީޚު ދުށް އާރޯކަމުގެ ޒަމާނެއް ކަމަށާއި، އާސާރީ ތަންތަން އަލުން ރައްކާތެރި ކުރުމުގެ މަސައްކަތް ކުރެވިގެން ދިޔަ ކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ރިސާޗް އެނަލިސްޓް އަހުމަދު އަލާ ދީދީ ވިދާޅުވެއްޖެއެވެ.

އަލާ ވިދާޅުވީ ތާރީޚުގެ ދާއިރާ ހީނަރުވެދާ ދުވަސްވަރާ އާރޯކަމުގެ ދުވަސްވަރު ދެކޭ ކަމަށާއި، ހީނަރުވެދާ ދުވަސްވަރުވަރުގެ ސަބަބުން ރާއްޖޭގެ ވަރަށް ގިނަ އަތޮޅުތަކުގައި ހުރި އާސާރީ ބިނާތަކަށް ތަފާތު އެކި ކަހަލަ ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އަދި އާއްމު ހޭލުންތެރިކަން ވެސް ކުޑަވެގެން ގޮސްފައިވާ ކަމަށް އަލާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ބައެއް ތަންތަން ނެތިވެ ގޮސްފައިވާކަން ފާހަގަކުރައްވައި އަލާ ވިދާޅުވީ އަލުން ހަދަން ޖެހިފައި ހުރި ތަންތަން އެހާމެ ގިނަ ކަމަށެވެ. ނަމަވެސް މިއަދު ތާރީޚަށް ވަނީ ދިރުމެއް ލިބެން ފަށާފައި ކަމަށާއި، ތާރީޚުގެ އަޑު ގަދަވެސްވެފައިވާ ކަމަށެވެ. އެއީ ސިޔާސަތު ރާވާ ހިންގާ ބަޔަކު އެ ޖާގަ ދިންކަމުގެ ނަތީޖާ ކަމަށް އަލާ ވިދާޅުވިއެވެ.

މީގެ އިތުރުން އަލާ ވިދާޅުވީ 19 އަތޮޅެއްގައި ދިވެހި ގައުމިއްޔަތާ ތާރީޚަށް ހޭލުންތެރިކުރުމުގެ ސެޝަންތައް ހިންގިފައިވާ ކަމަށެވެ. އެގޮތުން ނައްތާލި ވެވުތަކާ ތަޅާލި ކުރެހުން އެޅި ގައުތަކާ އެނޫންވެސް އެފަދަ ތަކެތީގެ މުހިންމުކަން ބުނެދެވުނު ކަމަށާއި، އާސާރުން ރަށަށް ނަފާ އާއި މަންފާ ހޯދޭނެ ގޮތްތައްވެސް ބުނެދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަލާ ވިދާޅުވީ ނެތިވާން ގާތްވެފައި ހުރި އެތައް އާސާރީ ތަންތަނެއްގެ ތެރެއިން ބައެއް ތަންތަން އަލުން ރައްކާތެރި ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެތަކެއް ރަށެއްގާ ހުރި އާސާރެއް އަލުން ބަލުން ހަދަން ޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އަލާ ވިދާޅުވީ އެކަންކަން ހިނގަނީ އަދި ހިނގާނީވެސް ސިޔާސަތުގެ ތެރެއިން އެއަށް ޖާގަ އޮވެގެން ކަމަށާއި، މި ދާއިރާ ހީނަރުވެ ދިޔުމާ ނުދިޔުން ގުޅެނީ ސިޔާސަތާ ކަމަށެވެ. އަދި މިއީ މިއީ ތާރީޚު ދުށް އާރޯކަމުގެ ޒަމާނުގެ ގޮތުގައި އަލާ ސިފަކުރެއްވިއެވެ.

މިމޭރުމުން އަލާ ވާހަކަދައްކަވާފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ މި ދައުރުގެ ތެރޭގައި ރާއްޖޭގެ ތާރީހާއި ސަގާފަތް ހިމާޔަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އަދި ރަށްރަށުގައި ހުރި އާސާރީ ބިނާތައް ހިމާޔަތް ކުރުމަށް ކައުންސިލްތަކަށް އަންގައި އެމަސައްކަތް ކުރުވާފައިވެއެވެ. މީގެ އިތުރުން ތަފާތު މައުރަޒުތައް ބާއްވާ މީހުން ހޭލުންތެރިކުރުވުމުގެ މަސައްކަތްތަށް ކޮށްފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

30 އެޕްރީލު 2017

މިއީ ރައްޔިތުންގެ ޙައްގުތައް ކަށަވަރުކުރުމަށް ދެވޭ ވޯޓެއް: ނާޒިމް

30 އެޕްރީލު 2017
މިއީ ރައްޔިތުންގެ ޙައްގުތައް ކަށަވަރުކުރުމަށް ދެވޭ ވޯޓެއް: ނާޒިމް
28 އެޕްރީލު 2017

ކެމްޕޭންގެ އެންމެ މުހިންމު ވަގުތު މިއީ، އެންމެ ފަހުގެ މަސައްކަތް މިކުރަނީ: ޝިފާޒް

28 އެޕްރީލު 2017
ކެމްޕޭންގެ އެންމެ މުހިންމު ވަގުތު މިއީ، އެންމެ ފަހުގެ މަސައްކަތް މިކުރަނީ: ޝިފާޒް
11 އެޕްރީލު 2017

"ދިރިއުޅުމަކީ މިއީބާ" ދެން ފެންނާނީ ރާއްޖެޓީވީން!

11 އެޕްރީލު 2017
 "ދިރިއުޅުމަކީ މިއީބާ" ދެން ފެންނާނީ ރާއްޖެޓީވީން!
27 މާރިޗު 2017

މޫސަ ރިޔާސަތުގައި އިންނަވައިގެން ރަތަށް، މަހުލޫފް ޖަލުގައި އޮންނެވިިއިރު ރަތަށް، މިއީ ކިހިނެއްވާ ކަމެއް؟

27 މާރިޗު 2017
މޫސަ ރިޔާސަތުގައި އިންނަވައިގެން ރަތަށް، މަހުލޫފް ޖަލުގައި އޮންނެވިިއިރު ރަތަށް، މިއީ ކިހިނެއްވާ ކަމެއް؟
27 މާރިޗު 2017

މިއީ ރަނުގެ ފުރުސަތެއް، މި ފުރުސަތު ނަގާނުލުން އެދެން:ރައީސް މައުމޫން

27 މާރިޗު 2017
މިއީ ރަނުގެ ފުރުސަތެއް، މި ފުރުސަތު ނަގާނުލުން އެދެން:ރައީސް މައުމޫން
22 މާރިޗު 2017

"މިއީ އުފާވެރި ވަގުތެއް، މަސީހުގެ އިތުބާރުގެ މައްސަލަ މިއޮތީ ނިމިފައި"

22 މާރިޗު 2017
 "މިއީ އުފާވެރި ވަގުތެއް، މަސީހުގެ އިތުބާރުގެ މައްސަލަ މިއޮތީ ނިމިފައި"
14 މާރިޗު 2017

މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން

14 މާރިޗު 2017
މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން
10 މާރިޗު 2017

މިއީ ފުރިހަމަ މޮޅެއް، ދެން އޮތް މެޗުތަކަށް ކުޅުންތެރިންގެ ކޮންފިޑެންސް އިތުރުވާނެ: ސެކުލޮސްކީ

10 މާރިޗު 2017
މިއީ ފުރިހަމަ މޮޅެއް، ދެން އޮތް މެޗުތަކަށް ކުޅުންތެރިންގެ ކޮންފިޑެންސް އިތުރުވާނެ: ސެކުލޮސްކީ
08 މާރިޗު 2017

މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން

08 މާރިޗު 2017
މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން
14 ފެބުރުއަރީ 2017

މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު

14 ފެބުރުއަރީ 2017
މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް