Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމް

ހޮނިހިރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގެ ޚާއްސަ މެހެމާނަކަށް، ރައީސް ސާލިހު!

1 ސެޕްޓެމްބަރު 2023 | ހުކުރު 11:13

މި ޕްރޮގްރާމްގައި ރައީސް ސާލިހު ބައިވެރިވެވަޑައިގަންނަވާނީ ހެނދުނު 08:00 ގައި

އަމްނާ އިމާދު
އަމްނާ އިމާދު | 1 ސެޕްޓެމްބަރު 2023 | ހުކުރު 11:13
ރާއްޖެޓީވީގެ 'ފަށާއިރު' ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެންނެވުން

ރާއްޖެޓީވީގެ 'ފަށާއިރު' ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެންނެވުން

ރާއްޖެޓީވީން ކޮންމެ ދުވަހަކު ހެނދުނު ގެނެސްދޭ "ފަށާއިރު" ޕްރޮގްރާމްގެ ހޮނިހިރު ދުވަހުގެ ޝޯވްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ޕްރޮގްރާމްގައި ރައީސް ޞާލިހު ބައިވެރިވެވަޑައިގަންނަވާނީ ހެނދުނު 08:00 ގައެވެ.

ރައީސް ޞާލިހު ވަނީ މީގެ ކުރިންވެސް ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވާފައެވެ. މިއީ އެމަނިކުފާނު މި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވާ 4 ވަނަ ފަހަރެވެ.

އެކަމާ ގުޅޭ ގޮތުން ޕްރޮގްރާމްގެ ހޯސްޓް އަދި ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމް ވިދާޅުވީ ރައީސް ޞާލިހު ފަށާއިރު ޕްރޮގްރާމަށް ވަޑައިގަތުމަށް ނިންމެވި ނިންމެވުމަކީ ރާއްޖެޓީވީއާއި، ޓީވީގެ މުވައްޒަފުންނަށް ލިބުނު ބޮޑު އުފަލެއްގެ އިތުރުން، ފަށާއިރު ޕްރޮގްރާމަށް ލިބުނު ޝަރަފެއް ކަމަށެވެ.

ރިޔާސީ އިންތިޚާބަށް ހަފްތާއަކަށް ކުޑަތަންވެފައިވާއިރު، މިއީ އިންތިޚާބުގެ ކެންޕޭންގެ ތެރޭގައި ޓީވީ ޕްރޮގްރާމްއަކަށް ވަޑައިގަންނަވާ ދެއްވާ ފުރަތަމަ އިންޓަވިއުއެވެ. މި އިންޓަވިއުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ރައީސްގެ މިދިޔަ ދައުރާ ގުޅޭ ވަރަށް ގިނަ މައުލޫމާތު ހިއްސާކުރައްވާނެ އެވެ.

ރައީސް ޞާލިހު ވަނީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ކޮންމެ ދުވަހަކުވެސް ގާވާއިދުން ފަށާއިރު ޕްރޮގްރާމް ބައްލަވާ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. އަދި މިހާރުވެސް ވަގުތު ލިބިވަޑައިގެންނެވި މިންވަރަކަށް މި ޝޯވް ބައްލަވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ނިއުސް އެންޑް ކަރަންޓް އެފެއާރޒް ޚަބަރުތައް ނުރަސްމީ އަދި ތަފާތު ގޮތަކަށް ގެނެސްދޭ މި ޝޯވް ރާއްޖެޓީވީގެން ފާއިތުވި 9 އަހަރުގެ ތެރޭގައި މެދުކެނޑުމެއް ނެތި ކޮންމެ ދުވަހެއްގެ ހެނދުނު 6:30 އިން 8:45 އަށް ދަނީ ގެނެސްދެމުންނެވެ.

ފަށާއިރު ޕްރޮގްރާމު ފަށާއިރުއާމިރު ސަލީމް

އިތުރަށް ކިޔާލަން

31 އޮކްޓޯބަރު 2025

ރައީސް އިބޫގެ ތައުރީފް އާމިރު ސަލީމަށް ''މިހާރު އެ ކުރައްވާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް''

31 އޮކްޓޯބަރު 2025
ރައީސް އިބޫގެ ތައުރީފް އާމިރު ސަލީމަށް ''މިހާރު އެ ކުރައްވާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް''
03 އޮކްޓޯބަރު 2025

މި ސަރުކާރުން ބިރުން އުޅެނީ ވެރިކަން ވެއްޓިދާނެތީއެއް ނޫން، ރައްޔިތުންގެ ތާއީދު ނެތް ކަން އެނގޭތީ: ފައްޔާޒު

03 އޮކްޓޯބަރު 2025
މި ސަރުކާރުން ބިރުން އުޅެނީ ވެރިކަން ވެއްޓިދާނެތީއެއް ނޫން، ރައްޔިތުންގެ ތާއީދު ނެތް ކަން އެނގޭތީ: ފައްޔާޒު
02 އޮކްޓޯބަރު 2025

25 އަހަރު މަޖިލީހުގައި، އަމިއްލަ އެއްވެސް ދަތުރެއްގައި އެއަރޕޯޓުގެ ވީއައިޕީ ބޭނުމެއް ނުކުރަން: ރައީސް އިބޫ

02 އޮކްޓޯބަރު 2025
25 އަހަރު މަޖިލީހުގައި، އަމިއްލަ އެއްވެސް ދަތުރެއްގައި އެއަރޕޯޓުގެ ވީއައިޕީ ބޭނުމެއް ނުކުރަން: ރައީސް އިބޫ
02 އޮކްޓޯބަރު 2025

އެންސްޕާއިން މިލިއަނުން ފައިސާ ނަގައިގެން ހެދި ޓީވީއެއްގައި ކޮރަޕްޝަންގެ ވާހަކަ ދެއްކުން އެހައި ރަނގަޅެއް ނޫން: ރައީސް އިބޫ

02 އޮކްޓޯބަރު 2025
އެންސްޕާއިން މިލިއަނުން ފައިސާ ނަގައިގެން ހެދި ޓީވީއެއްގައި ކޮރަޕްޝަންގެ ވާހަކަ ދެއްކުން އެހައި ރަނގަޅެއް ނޫން: ރައީސް އިބޫ
02 އޮކްޓޯބަރު 2025

''ލޫޓުވައިފި'' ނަމުގައި މުޒާހަރާ ކުރަން ނިންމެވި ސަބަބު ރައީސް އިބޫ ވިދާޅުވެއްދެއްވައިފި

02 އޮކްޓޯބަރު 2025
''ލޫޓުވައިފި'' ނަމުގައި މުޒާހަރާ ކުރަން ނިންމެވި ސަބަބު ރައީސް އިބޫ ވިދާޅުވެއްދެއްވައިފި
02 އޮކްޓޯބަރު 2025

ކަންކަން އިސްލާޙު ކުރަން ފެނަކަ އަށް އެންގިން، އެކަން ރަނގަޅު ވެސް ކުރި: ރައީސް ޞާލިޙު

02 އޮކްޓޯބަރު 2025
ކަންކަން އިސްލާޙު ކުރަން ފެނަކަ އަށް އެންގިން، އެކަން ރަނގަޅު ވެސް ކުރި: ރައީސް ޞާލިޙު
02 އޮކްޓޯބަރު 2025

''ލޫޓުވައިފި، ލޫޓުވައިފި'' އެއްވުމުގެ މަގުސަދު މިހާރު ވެސް ދަނީ ހާސިލްވަމުން: ކުރީގެ ރައީސް ސާލިހު

02 އޮކްޓޯބަރު 2025
''ލޫޓުވައިފި، ލޫޓުވައިފި'' އެއްވުމުގެ މަގުސަދު މިހާރު ވެސް ދަނީ ހާސިލްވަމުން: ކުރީގެ ރައީސް ސާލިހު
02 އޮކްޓޯބަރު 2025

ޖަވާބުދާރީ ނުވެވޭ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ، ރައްޔިތުންގެ ލޯ ލާރިއެއްގައި ވެސް ނުޖެހެން: ރައީސް ޞާލިޙު

02 އޮކްޓޯބަރު 2025
ޖަވާބުދާރީ ނުވެވޭ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ، ރައްޔިތުންގެ ލޯ ލާރިއެއްގައި ވެސް ނުޖެހެން: ރައީސް ޞާލިޙު
17 ސެޕްޓެމްބަރު 2025

މަރުގެ އިންޒާރުދިން މައްސަލައިގައި، އާމިރު ފުލުހަށް ބަޔާންދީފީ

17 ސެޕްޓެމްބަރު 2025
މަރުގެ އިންޒާރުދިން މައްސަލައިގައި، އާމިރު ފުލުހަށް ބަޔާންދީފީ
16 ސެޕްޓެމްބަރު 2025

އިންޒާރުދީގެން ރާއްޖެޓީވީ ފަހަތަކަށް ނުޖެއްސޭނެ: އާމިރު

16 ސެޕްޓެމްބަރު 2025
އިންޒާރުދީގެން ރާއްޖެޓީވީ ފަހަތަކަށް ނުޖެއްސޭނެ: އާމިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް