Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ސާލިޙުގެ ތަސައްވުރު

ރައީސް ސާލިހަކީ ފޮޓޯ ނަންގަވާ ކަންކަން ދައްކަވަން އުޅުއްވާ ރައީސެއް ނޫން، އެއީ ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވާ ރައީސެއް: އަސްލަމް

ރައްޔިތުންނަށް ބޭނުންވާ ސާފު ބޯފެން ފޯރުކޮށްދިނީ މިސަރުކާރުން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2023 | ހުކުރު 00:51
ރައީސް އިބްރާހީމް މުހައްމަދު ސާލިޙުގެ ރަނިންގމޭޓް މުޙައްމަދު އަސްލަމް

ރައީސް އިބްރާހީމް މުހައްމަދު ސާލިޙުގެ ރަނިންގމޭޓް މުޙައްމަދު އަސްލަމް

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙަކީ ފޮޓޯ ނަންގަވާ ކަންކަން ދައްކަވަން އުޅުއްވާ ރައީސެއްނޫން ކަމަށާއި، އެއީ އަމަލުން ކަންކަން ކުރައްވާ ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވާ ރައީސެއް ކަމަށް އެމަނިކުފާގެ ރަނިންގމޭޓް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ސްރީލަންކާގައި ކުރިއަށް ގެންދިޔަ އުފާވެރި އަމާންރާއްޖެ ޖަލްސާގައި އަސްލަމް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމާއި ރައްޔިތުން އެދޭ ކަންކަން މަގުފަހިކޮށްދިނުމާއި ރައްޔިތުން ދިރިއުޅެވޭނެ މާހައުލެއް ގާއިމްކޮށްދިނުން ކަމަށެވެ.

Advertisement - newsAdvertisement

އަސްލަމް ވިދާޅުވީ މިސަރުކާރުން މަސައްކަތް ކުރަނީ އެގޮތަށް ކަމަށާއި އެންމެ އަސާސީ ޚިދުމަތްތަކުން ފެށިގެން މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން މިހާރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަނާ ނިޒާމުގެ މަޝްރޫއު ކުރިއަށްދާ ކަމަށާއި، މިދައުރު ނިމޭއިރު ގިނަ ރަށްރަށުގައި މި މަޝްރޫއުގެ މަސައްކަތްތައް ނިމޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ސާފު ބޯފެން ފޯރުކޮށްދިނީ ވެސް މި ސަރުކާރުން ކަމަށެވެ.

އަސްލަމް ވިދާޅުވީ ތައުލީމު ކުރިއަރުވައި، އާބާދީ ކުޑަވުމުގެ ސަބަބުން ސްކޫލުތައް ބަންދުކުރި ރަށްރަށުގައި ވެސް އަލުން ކިޔަވައިދެވޭނެ ގޮތްތައް ހަމަޖައްސައިދީ، ސިއްހީ ޚިދުމަތްތައް ފުޅާކޮށް، ރަށްރަށަށް އެމްބިއުލަންސްތައް ފޮނުވީ މި ސަރުކާރުން ކަމަށެވެ. އަދި ޒުވާނުން ބޭނުންވާ ގޮތަށް ކުޅިވަރު ދާއިރާ ވެސް ތަރައްޤީ ކުރަމުން ދަނީ މި ސަރުކާރުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ އާރްޓީއެލް ފެރީގެ ޚިދުމަތާއެކު މުޅި ރާއްޖެ ގުޅުވާލައި، ރާއްޖޭގެ ރަށްރަށުގައި ގެސްޓްހައުސް ވިޔަފާރި ކުރިއަރުވައި އެނދުގެ ނިސްބަތް އެތައް ގުނައަކުން އިތުރުކުރެވިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ތިމާވެށި ހިމާޔަތް ކުރުމާއި ރަނގަޅު ގޮތުގައި ކުނި ނައްތާލުމަށް ވެސް މިސަރުކާރުން ހަރުދަނާ ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ގިނަ ސަރަހައްދުތަކެއް ހިމާޔަތްކުރެވި 12 ވައްތަރެއްގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓުވިފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މިންތީގެ ހަމަހަމަކަން ގާއިމްކޮށްދިނީ މިސަރުކާރުން ކަމަށާއި ހުރިހާ އުމުރުފުރައަކަށް ބަލައިގެން މުޅި ރާއްޖެ ތަރައްޤީ ކޮށްދެމުންދަނީ ރައީސް ސާލިހު ކަމަށެވެ. އަދި ރައީސް ސާލިހަކީ ފޮޓޯ ނަންގަވާ ކަންކަން ދެއްކެވުމަށް އުޅުއްވާ ބޭފުޅެއް ނޫން ކަމަށާއި، އެއީ އަމަލުން ކަންކަން ކުރައްވާ ރައްޔިތުންނަށް ޚިދުމަތްތައް ލިބޭނެ އިންތިޒާމްތައް ހަމަޖައްސަވަމުން ގެންދަވާ ވެރިއެއް ކަމަށެވެ. އެގޮތުން މިހާރު ފަށާފައިވާ މަޝްރޫއުތަކަކީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރިއަށް ގެންދާ މަޝްރޫއުތަކެއްކަން އަސްލަމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ މީގެ ކުރިން އޮތް ޕީޕީއެމްގެ ސަރުކާރުގައި ރައްޔިތުންނަށް ކުރިމަތިވީ ބިރުވެރިކަން ކަމަށެވެ. އެގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޚިޔާލުތަފާތުވާ ލީޑަރުން ޖަލަށްލައި، ވަރަށް ނިކަމެތި ހާލު ޕީޕީއެމްގެ ސަރުކާރުން ރައްޔިތުނަށް ޖެއްސި ކަމަށް އަސްލަމް ވިދާޅުވިއެވެ.

މެމްބަރު މުހައްމަދު އަސްލަމްރައީސް ސާލިހު

ކޮމެންޓް

އިތުރަށް ކިޔާލަން

މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ

މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ

04 އޮކްޓޯބަރު 2025
ޗައިނާގެ ވައިސް ޗެއަރމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ޔުނާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސް، މަޖިލީހުގެ ރައީސާއި ބައްދަލުކުރައްވައިފި

ޗައިނާގެ ވައިސް ޗެއަރމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ޔުނާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސް، މަޖިލީހުގެ ރައީސާއި ބައްދަލުކުރައްވައިފި

20 މެއި 2024
އެމްޑީޕީ މެޖޯރިޓީ އޮވެ ރައީސް މުއިއްޒަށް މަޖިލީހުން އެއްބާރުލުން ނުދިނީ ކޮންކަމެއްގައިތޯ :އަސްލަމް

އެމްޑީޕީ މެޖޯރިޓީ އޮވެ ރައީސް މުއިއްޒަށް މަޖިލީހުން އެއްބާރުލުން ނުދިނީ ކޮންކަމެއްގައިތޯ :އަސްލަމް

12 އެޕްރީލު 2024
ރަސްމީ ދަތުރުފުޅެއްގައި އަސްލަމް ޔުގެންޑާއަށް

ރަސްމީ ދަތުރުފުޅެއްގައި އަސްލަމް ޔުގެންޑާއަށް

01 ޖެނުއަރީ 2024
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރުކަމުން އަސްލަމް އިސްތިއުފާދެއްވައިފި

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރުކަމުން އަސްލަމް އިސްތިއުފާދެއްވައިފި

14 ނޮވެމްބަރު 2023

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު