Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ޖަލްސާ

އެމްޑީޕީ މެޖޯރިޓީ އޮވެ ރައީސް މުއިއްޒަށް މަޖިލީހުން އެއްބާރުލުން ނުދިނީ ކޮންކަމެއްގައިތޯ :އަސްލަމް

މިހާރު އަމަލުކުރަމުން އަންނަ ޤާނޫނުތަކުގެ 30 އިންސައްތަ ގާނޫނު ފާސްކޮށްފައިވަނީ އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 12 އެޕްރީލު 2024 | ހުކުރު 18:44
މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ މެޖޯރިޓީ އޮވެ މިހާރުގެ ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް އެއްބާރުލުން ނުދިނީ ކޮންކަމެއްގައިތޯ މަޖިލީހުގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުހައްމަދު އަސްލަމް ސުވާލުކުރައްވައިފިއެވެ.

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިންގައި އެންމެ ބޮޑަށް ރައީސް މުއިއްޒު ފާހަގަކުރައްވާ ކަމަކީ މަޖިލީހުން އެއްބާރުލުން ނުލިބޭކަމަށާއި އެކަމުގެ ސަބަބުން ކަންކަންނުވާކަމަށެވެ. އެކަމަށް ރައްދު ދެއްވާ ވާހަކަދައްކަވަމުން އައްޑޫ ސިޓީގައި ހުކުރު ދުވަހުގެ ރޭ ކުރިޔަށްދިޔަ މިސްރާބު ހަމަމަގަށް ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވަނީ އެމްޑީޕީ މެޖޯރިޓީ އޮވެ ރައީސް މުއިއްޒަށް މަޖިލީހުގެ ތެރެއިން ނުވަނީ ކޮންކަމެއްގައިތޯ ސުވާލުކުރައްވާފައެވެ. ސަރުކާރުން ބޭނުންވި ގޮތަށް ކަންކަން ކޮށްދީފައިވާކަމަށާއި ބަޖެޓް ފާސްކޮށްދީފައިވާކަމަށާއި 22 ވަޒީރުންގެ ތެރެއިން 3 ވަޒީރުން ނޫން ހުރިހާ ވަޒީރުންނަށް ރުހުން ދީފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ.

މީގެއިތުރުން މަޖިލިސް ޗުއްޓީއަށް ނުގޮސް ދިގުދަންމާލާ ސަރުކާރުން ބޭނުންވިކަންކަން ކޮށްދީފައިވާކަމަށާއި ރައީސް މުއިއްޒު ބޭނުންފުޅުވި ގޮތަށް ހުވާކުރުމުގެ ރަސްމިއްޔާތުވެސް ބާއްވާދީފައިވާކަމަށެވެ.

މީގެއިތުރުން މިއަހަރަށް މަޖިލިސް ހުޅުވަން ބޭއްވި ޖަލްސާ އެމްޑީޕީގެ މެމްބަރުން ބޮއިކޮޓް ކުރުމާއެކުވެސް ރައީސް މުއިއްޒު ބޭނުންފުޅުވި ގޮތަށް މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކަންކަން ކުރެއްވިކަމަށެވެ.

އަސްލަމް އިތުރަށް ވިދާޅުވީ އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނަށް ބޭނުންވާ މުހިންމު ޤާނޫނުތަކެއް ފާސްކޮށްދީފައިވާ މަޖިލީހެއްކަމަށެވެ. މިހާރު އަމަލުކުރަމުން އަންނަ ޤާނޫނުތަކުގެ 30 އިންސައްތަ ގާނޫނު ފާސްކޮށްފައިވަނީ އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.

އަސްލަމް ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުން ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ހޯދައިދިނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުންކަމަށެވެ. އެގޮތުން އިންކަމް ޓެކްސް އާއި މިނިމަމް ވޭޖު ނެގުމުގެ ކަންކަން ކޮށްފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަމުގައިކަމަށެވެ. އެކަންކަން ކޮށްފައިވަނީ މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކަމަށެވެ.

މަޖިލީހަކީ އޭރެއްގައި އޮންނަ ސަރުކާރަކުން ބޭނުންހާ ގޮތަކަށް ކަންކަންކުރަން އޮންނަ ތަނެއް ނޫންކަމަށް އަސްލަމް ވިދާޅުވިއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)މެމްބަރު މުހައްމަދު އަސްލަމް

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު