Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލީސް ރައީސް

މަޖިލީސް މެންބަރުންގެ ދަތްދޮޅި ދުއްވާލާނެކަމަށް އިންޒާރު ދިނުމުން އަރައިގަނެވުނީ މަޖިލީހުގެ އިމްތިޔާޒަށް، މައްސަލަ ހުށަހަޅާނަން: އަސްލަމް

7 މާރިޗު 2024 | ބުރާސްފަތި 11:19

ގޮށްމުށުގެ ބާރު އިސްކުރުމަށް ދައުލަތުގެ ވަޒީރަކު ވާހަކަ ދެއްކުމުން އާއްމު ރައްޔިތުންނަށްވެސް އަނިޔާވެރިކަން އިސްކުރުމަށް ދެވޭ ހިތްވަރެއްގެ ގޮތުގައި އަސްލަމް ފާހަގަކުރެއްވި

މުޙައްމަދު އަރީޖް ޢާމިރު
މުޙައްމަދު އަރީޖް ޢާމިރު | 7 މާރިޗު 2024 | ބުރާސްފަތި 11:19
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް

މަޖިލީސް މެންބަރުންގެ ދަތްދޮޅި ދުއްވާލާނެކަމުގެ އިންޒާރު ދިނުމުން އަރައިގަނެވުނީ މަޖިލީހުގެ އިމްތިޔާޒަށް ކަމަށާ، މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް މައްސަލަ ހުށަހަޅާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިފަދައިން ވިދާޅުވެފައިވަނީ، މިހާރު ރާއްޖޭގެ ރަށްތަކަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބުދަ ދުވަހު މ. ދިއްގަރަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފް ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.

Advertisement - newsAdvertisement

މިނިސްޓަރު ޝަރީފް ވަނީ މަޖިލިސް މެންބަރެއްގެ ގޮތުގައި މިއަދުވެސް ހުންނެވިނަމަ މަޖިލިސް މެންބަރެއްގެ "ދަތްދޮޅި ދުއްވާނުލާ" ހުރެވިދާނެތޯ ސުވާލު އުފައްދަވާފައެވެ.

މިކަމާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އަސްލަމް ވިދާޅުވީ، ދައުލަތުގެ މަގާމެއްގައި ހުރި ބޭފުޅަކު މަޖިލީސް މެންބަރުންގެ ދަތްދޮޅި ދުއްވާލާނެކަމަށް ވިދާޅުވުމުން އެ ގޮވާލެވެނީ މާރާމާރީ ހިންގުމަށާ މަޖިލީސް މެންބަރުންނަށް އަނިޔާވެރިވުމަށް ކަމަށެވެ. މިކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާ އަސްލަމް އިތުރަށް ވިދާޅުވީ، މިކަމުންވެސް ދޭހަވަނީ ސަރުކާރުގެ އިސްވެރިންގެ ވިސްނުމުގަ ހުރީ އަނިޔާވެރިކަން އިސްކުރުން ކަމުގައެވެ.

މިނިސްޓަރު ޝަރީފް މިފަދައިން ވިދާޅުވުމުން އަރައިގަނެވުނީ މަޖިލީހުގެ އިމްތިޔާޒަށް ކަމަށާ، މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް މައްސަލަ ހުށަހަޅާނެކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. އަދި ގޮތެއް ނިންމަވާނީ އިމްތިޔާޒު ކޮމިޓީން ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އަސްލަމް ވަނީ މަޖިލީސް މެންބަރުންނަށް އެކި ފަހަރުމަތިން އަނިޔާވެރިވިކަމުގެ މިސާލެއްގެ ގޮތުން ޑރ. އަފްރާޝީމަށް ދެވުނު ހަމަލާއާ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާ ފާހަގަކުރައްވާފައެވެ. އަދި މިނޫނަސް އެކި ފަހަރުމަތިން މަޖިލީސް މެންބަރުންނަށް ބިރު ދެއްކުމާ އަނިޔާވެރިކަމުގެ އެކި ކަންކަން ހިނގާފައިވާއިރު، ދައުލަތުގެ މަތީ މަގާމެއްގައި ހުރި ބޭފުޅަކު މަޖިލީސް މެންބަރުންގެ އިމްތިޔާޒަށް އަރައިގަނެވޭގޮތަށް ވާހަކަ ދެއްކެވުމުން، އެއީ ގައުމަށް ވެސް ވަރަށް ނުރައްކާތެރިކަމެއް ކަމަށް ދެކިވަޑައިގަންނަވާކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ. އަދި ގޮށްމުށުގެ ބާރު އިސްކުރުމަށް ދައުލަތުގެ ވަޒީރަކު ވާހަކަ ދެއްކުމުން އާއްމު ރައްޔިތުންނަށްވެސް އަނިޔާވެރިކަން އިސްކުރުމަށް ދެވޭ ހިތްވަރެއްގެ ގޮތުގައި އަސްލަމް ވަނީ ފާހަގަ ކުރައްވާފައެވެ.

އަސްލަމް އިތުރަށް ވިދާޅުވީ، ދައުލަތުގެ ތިން ބާުރުންވެސް ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުންދާން ޖެހޭނެކަމަށާ، ސަރުކާރުގެ ފަރާތުންވެސް މަޖިލީހަށް ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ދޭންޖެހޭނެ ކަމަށެވެ. ނަމަވެސް، އޭގެ ބަދަލުގައި ދައުލަތުގެ އެއް ބާރުން އަނެއް ބާރަށް އިންޒާރުދެމުން ގެންދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާ، މި ސަރުކާރުން މިކަމާމެދު ކަމެއް ނުކުރިޔަސް މަޖިލީސް ރައީސްގެ ހައިސިއްޔަތުން އެކަން ހުއްޓުވުމަށްޓަކާ ކުރަންހުރި ހުރިހާ ކަމެއް ކުރައްވާނެކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

02 މާރިޗު 2017

ފ އަތޮޅަށް އަރައިގެން ނުވާނެ ކަމަށް ރާއްޖެޓީވީއަށް އިންޒާރުދީފި

02 މާރިޗު 2017
ފ އަތޮޅަށް އަރައިގެން ނުވާނެ ކަމަށް ރާއްޖެޓީވީއަށް އިންޒާރުދީފި
01 މާރިޗު 2017

ވަޅިހަރައި މަރާލާނެ ކަމުގެ އިންޒާރުދިންތާ ފަސް ދުވަސް ވީއިރު ވެސް އެމީހާ ހައްޔަރެއް ނުކުރެވުނު!

01 މާރިޗު 2017
ވަޅިހަރައި މަރާލާނެ ކަމުގެ އިންޒާރުދިންތާ ފަސް ދުވަސް ވީއިރު ވެސް އެމީހާ ހައްޔަރެއް ނުކުރެވުނު!
26 ފެބުރުއަރީ 2017

އިސްކަންދަރު ކޮއްޓަށް އިންޒާރުގެ ލިޔުން ތަކެއް އެޅި ދެ ފުލުހަކު ވަޒީފާއިން ވަކިކޮށްފި

26 ފެބުރުއަރީ 2017
އިސްކަންދަރު ކޮއްޓަށް އިންޒާރުގެ ލިޔުން ތަކެއް އެޅި ދެ ފުލުހަކު ވަޒީފާއިން ވަކިކޮށްފި
25 ފެބުރުއަރީ 2017

މެމްބަރު އިމްތިޔާޒަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
މެމްބަރު އިމްތިޔާޒަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަނީ
25 ފެބުރުއަރީ 2017

ވަޅި ހަރައި މަރާލާނެ ކަމަށް ބުނެ މެމްބަރު އިމްތިޔާޒަށް އިންޒާރުދީފި

25 ފެބުރުއަރީ 2017
ވަޅި ހަރައި މަރާލާނެ ކަމަށް ބުނެ މެމްބަރު އިމްތިޔާޒަށް އިންޒާރުދީފި
15 ފެބުރުއަރީ 2017

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި
29 ޖެނުއަރީ 2017

އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

29 ޖެނުއަރީ 2017
އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
19 ޖެނުއަރީ 2017

ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި

19 ޖެނުއަރީ 2017
ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް