Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެންބަރުންގެ ޖުމުލަ އަދަދު

ސުޕްރީމް ކޯޓުގެ ނިންމުމަށް އަމަލުކުރުމާމެދު މަޖިލީހުގެ މެންބަރުން ގޮތެއް ކަނޑައެޅުމަށް ހުޅުވާލައިފި

އެ އިސްލާހު ބާތިލުކޮށްދިނުން އެދި އޭޖީ އޮފީހުން ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2024 | އާދީއްތަ 07:55
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަ ބޭފުޅަކު އަޒުލުކުރުމުގެ މަރުހަލާ ބަޔާންކުރާ މާއްދާތަކަށް މަޖިލީހުން ގެނެސްފައިވާ ބަދަލަށް އަމަލުކުރުން ސުޕްރީމް ކޯޓުން ވަގުތީ ގޮތުން ހުއްޓުވާފައިވާތީ، އެ ނިންމުމާމެދު މަޖިލީހުގެ ރިޔާސަތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މަޖިލީހުގެ ޤަވާއިދުގެ 49 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހު ބާތިލުކޮށްދިނުން އެދި އޭޖީ އޮފީހުން ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ.

Advertisement - newsAdvertisement

އަދި ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަ ބޭފުޅަކު އަޒުލުކުރުމުގެ މަރުހަލާ ބަޔާންކުރާ މާއްދާތަކަށް މަޖިލީހުން ގެނެސްފައިވާ ބަދަލަށް އަމަލުކުރުން ސުޕްރީމް ކޯޓުން ވަނީ ވަގުތީ ގޮތުން ހުއްޓުވާފައެވެ. އެއީ މައުޟޫއީ މައްސަލައިގައި ގޮތެއް ނިމެންދެނެވެ.

 އެ އަމުރުގައި ބުނެފައި ވަނީ ސަރުކާރުން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގައި ގޮތެއް ނުނިމެނީސް ގަވާއިދަށް ގެނައި ބަދަލަށް އަމަލުކުރުން ފަސްނުކޮށްފިނަމަ މައްސަލައިގެ މައުލޫގައި ހިމެނޭ ކަންކަމުގެ މުއާލާތް ކެނޑިދާނެ ކަމަށް ސުޕްރީމްކޯޓުގެ ފަނޑިޔާރުންނަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ، ޤާނޫނުއަސާސީގެ ދަށުން މަޖިލީހުގެ ނިންމުންތަކާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރުތަކާއި، ކުރިން ނިންމާފައިވާ މައްސަލަތައް ނިންމާފައިވާ ގޮތަށް ބަލާއިރު، މިހާރު ހުށަހެޅިގެން އުޅޭ މައްސަލަ ބަލައި ގޮތެއް ނިންމުމުގެ ކުރިން އެފަދަ ކޯޓު އަމުރެއް ނެރެފައިވާތީ ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ.

އެހެންކަމުން މިކަމުގައި އަމަލުކުރާނެ ގޮތަކާމެދު މަޝްވަރާ ކުރުމަށް އަސްލަމް ވަނީ މެމްބަރުންނަށް ފުރުސަތު ހުޅުވާލައްވާފައެވެ.

އެހެންނަމަވެސް ޝަރީއަތުގައި ހިނގަމުންދާ މައްސަަލައަކާ ގުޅޭގޮތުން ބަހުސް ނުހިންގޭނެކަމަށް ފުނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވަނީ ޤާނޫނާއި ޤަވާއިދުގެ ބައެއް މާއްދާތަކާ ޙަވާލާދެއްވައި ވިދާޅުވެފައެވެ.

އަދި، އެއީ ޝަރީއަތުގައި ހިނގަމުންދާ މައްސަލައަކަށް ކަނޑައެޅިގެން ނުފޫޒު ފޯރުވުންކަމަށް ސިރާޖު ވިދާޅުވިއެވެ.

އެ ނުކުތާއާ ގުޅޭގޮތުން އަސްލަމް ވިދާޅުވީ، މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވައި މަޖިލީހުން ގޮތެއް ނިންމުމަށް ހުޅުވާލެއްވީ މި މައްސަލައަކީ މަޖިލީހުގެ އިމްތިޔާޒާ ގުޅުންހުރި ކަމަކަށްވާތީ ކަމަށެވެ. މިއީ ހައްސާސް އަދި ތަފާތު މައްސަލައެއްކަން އަސްލަމް ފާހަގަ ކުރެއްވިއެވެ.

ވުމާއެކު، ޝަރީއަތުގައި އޮތް މައްސަލައިގެ މައުޟޫއަަށް ނުގޮސް، މި މައްސަލައިގައި މެމްބަރުން ދެކޭގޮތް ވިދާޅުވުމަށް ހުށަހަޅުއްވާކަމަށް މެމްބަރު ވިދާޅުވިއެވެ.

ޖަލްސާ ކުރިއަށް ގެންދެވެން އޮތީވެސް ޖަލްސާގެ އަދަދު ކަނޑައަޅައި، ކޯރަމް ހަމަވެގެންކަމަށް އަސްލަމް ވިދާޅުވިއެވެ.

އަދި ކޯޓު އަމުރަށް އިހުތިރާމު ކުރުމުގެ ގޮތުން، އެވަގުތަށް މަޖިލީހުން ވަކި ގޮތެއް ނިމެންދެން މަޖިލީހުގެ ޖުމުލަ އަދަދަކީ 87 ކަމުގައި ބައްލަވައިގެން ކުރިއަށް ގެންދަވާނެކަަމަށް އަސްލަމް ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އީސަ ވިދާޅުވީ، މަޖިލީހުގެ މެމްބަރުންގެ އަަދަދަކީ 80 ކަމަށް މަޖިލީހުން މިފަހުން ނިންމާފައިވަނިކޮށް، މަޖިލީހުގެ އަދަދަކީ 87 ކަމަށް ބަލައިގެން ކުރިއަށް ދިއުމަށް މަޖިލީހުގެ ރައީސް ވިދާޅުވެގެން ނުވާނެކަމަށެވެ.

އޭގެ އިތުރުންވެސް ބައެއް އިތުރު މެމްބަރުން ވަނީ އެކަން ފާހަގަ ކުރައްވާފައެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވަނީ ހުށަހެޅިފައި އޮތް މައްސަލައިގައި ގޮތެއް ކަނޑައެޅުމާ ހަމައަށް ނުވަތަ ކޯޓުން އެނޫންގޮތަކަށް އަންގަންދެން ފެށުނީއްސުރެ ރައްޔިތުންގެ މަޖިލިހުން ޢަމަލުކުރަމުންދިޔަ ގޮތް ދެމިއޮންނަންޖެހޭ ކަމުގައި ދެކޭކަމަށެވެ. އެއީ މަޖިލީހުގެ އަދަދަކީ 87 ކަމުގައި ބެލުމެވެ.

އަދި މިއީ އާންމު މަސްލަހަތު ދެމެހެއްޓުމަށްޓަކައި ވަގުތީ އަމުރެއް ނެރެންޖެހޭ ހާލަތެއް ކަމަށް ވަނީ ބުނެފައެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ ކ،އ އަދި ވ އަށް ގެނެސްފައިވާ އިޞްލާޙުތަކަށް މިވަގުތަށް ޢަމަލުނުކުރުމަށް މި މައްސަލަ ބަލާ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ރައްޔިތުންގެ މަޖިލީހަށް ވަނީ އަންގާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު