Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޓަ މިލާން

އެންމެ ފަހުން ޕަވާޑް އިންޓަ މިލާނަށް ސޮއިކޮށްފި

ޕަވާޑް އިންޓަ އާއެކު ސޮއިކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 31 އޯގަސްޓު 2023 | ބުރާސްފަތި 02:53
އިންޓަ މިލާނަށް ބަދަލުވި ފްރާންސްގެ ޑިފެންޑަރު ޕަވާޑް

އިންޓަ މިލާނަށް ބަދަލުވި ފްރާންސްގެ ޑިފެންޑަރު ޕަވާޑް

ޖަރުމަނު ލީގުގެ ބަޔާން މިއުުނިކަށް ކުޅެމުން އައި ފްރާންސްގެ ޑިފެންޑަރު ބެންޖަމިން ޕަވާޑް އެ ކުލަބު ދޫކޮށް، އިޓާލިއަން ލީގުގެ އިންޓަ މިލާނަށް ބަދަލުވެއްޖެ އެވެ.

އުމުރުން 27 އަހަރުގެ ޑިފެންޑަރު ބަޔާނާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެންކަމުން ބަޔާނުން އައީ ޕަވާޑުގެ އެއްބަސްވުން އައު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް، ބަޔާންގެ އެއްބަސްވުން އައު ކުރުމަށް ބޭނުންނުވާކަން އޭރު ޕަވާޑް ވަނީ ކުލަބަށް އަންގައިފަ އެވެ. ޕަވާޑު ހޯދުމުގެ ޝައުޤުވެރިކަން އެންމެ ފުރަތަމަ ފާޅުކޮށްފައި ވަނީ މެންޗެސްޓަރ ޔުނައިޓެޑެވެ. ނަމަވެސް އޭގެ ފަހުން އިންޓަ އިން ވަނީ އެ ރޭހަށް ވަދެ، ޕަވާޑްގެ ސޮއި ހޯދައިފަ އެވެ.

މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ޕަވާޑް އިންޓަ އާއެކު ސޮއިކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެހެންކަމުން 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ކުލަބުގައި މަޑު ކުރާނެ އެވެ. މުސާރައިގެ ގޮތުގައި އަށް އިންޓަ އިން ޖުމުލަ 32 މިލިއަން ޔޫރޯގެ އަދަދެއް ދޭނެ އެވެ. އިންޓަ އަށް ބަދަލުވުމަށްފަހު ޕަވާޑް ބުނީ މިއީ ވަރަށް ހިތްހަމަޖެހޭ ބަދަލެއް ކަމަށެވެ. އިންޓައިގައި ވެސް ޕަވާޑް ބޭނުންވަނީ އެ ޓީމުގެ ޖާޒީގައި މޮޅު ކުޅުމެއް ދައްކައި، ތަރިއަކަށް ވުމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި އިންޓަ އަކީ ޔޫރަޕުގައި ކާމިޔާބީތަކެއް ހޯދޭނެ ފެންވަރުގެ ޓީމެކެވެ.

ސްޓަޓްގާޓް ދޫކޮށް ޕަވާޑް ބަޔާނަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ އެ ކުލަބަށް ކުޅެދިން 163 މެޗުގައި 12 ލަނޑު ޖަހައިފަ އެވެ. ބަޔާނާއެކު އޭނާ ވަނީ 11 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. ބަޔާނުން 2019 ވަނަ އަހަރު ޕަވާޑް ހޯދީ، 2018 ވަނަ އަހަރު ރަޝިޔާގައި އޮތް ފީފާ ވޯލްޑް ކަޕްގައި ފްރާންސާއެކު އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. ޕަވާޑް އަންނަނީ 2017 ވަނަ އަހަރުން ފެށިގެން ފްރާންސް ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. މިހާތަނަށް އޭނާ ވަނީ ޤައުމީ ޓީމަށް 49 މެޗު ކުޅެދީ، ތިން ލަނޑު ޖަހައިފަ އެވެ. ޤައުމީ ޓީމާއެކު އޭނާ ވަނީ ފީފާ ވޯލްޑް ކަޕް އަދި ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

އިންޓަރ މިލާންޕަވާޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް

އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް

01 ޖުލައި 2025
ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް

ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް

26 ޖޫން 2025
އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި

އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި

04 ޖޫން 2025
އިންޒާގީ ބުނީ އިންޓަރ މިލާނުން ތަފާތު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށް

އިންޒާގީ ބުނީ އިންޓަރ މިލާނުން ތަފާތު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށް

06 މެއި 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު