Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ކްލަބް ވޯލްޑް ކަޕް 2025

ރެޑް ޑައިމަންޑްސް ބަލިކޮށް، އިންޓަރ މިލާނަށް ފުރަތަމަ މޮޅު

22 ޖޫން 2025 | އާދީއްތަ 03:15

މޮޅާއެކު އިންޓަރ މިލާން ދެ ވަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ޖޫން 2025 | އާދީއްތަ 03:15
މެޗުގައި ލަނޑު ޖެހުމަށް ފަހު އިންޓަރ މިލާންގެ މާޓިނޭޒް އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އިންޓަރ މިލާންގެ މާޓިނޭޒް އުފާ ފާޅު ކުރަނީ

މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑް ކަޕްގެ ގުރޫޕް އީގައި އުރަވާ ރެޑް ޑައިމަންޑްސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އިންޓަރ މިލާނުން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

މުބާރާތުގައި އިންޓަރ މިލާނުން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ މޮންޓަރޭއާ ވާދަކޮށް، އެއްވަރުވެފަ އެވެ. ރެޑް ޑައިމަންޑްސްގެ ފުރަތަމަ މެޗުގައި އެ ޓީމު ވަނީ ރިވާ ޕްލޭޓް އަތުން ބަލިވެފަ އެވެ.

ހޮނިހިރު ދުވަހުގެ ރޭ އިންޓަރ މިލާން އާއި ރެޑް ޑައިމަންޑްސް ބައްދަލު ކުރި މެޗު އިންޓަރ މިލާން އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ރެޑް ޑައިމަންޑްސް އެވެ. މެޗުގެ ދެ ވަނަ ހާފުގައި އިންޓަރ މިލާން އިން ވަނީ ދެ ލަނޑު ޖަހައިގެން ކުރި ހޯދައިފަ އެވެ.

މެޗު ފަށައިގެން 11 ވަނަ މިނެޓުގައި ރެޑް ޑައިމަންޑްސް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ރިއޯމާ ވަޓަނަބޭ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޓަކޫރޯ ކަނެކޯ އެވެ.

އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފުގައި، 78 ވަނަ މިނެޓުގައި އިންޓަރ މިލާނުން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ނިކޮލޯ ބަރެއްލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް އެ ލަނޑު ޖަަހައިިދިނީ ލައުޓާރޯ މާޓިނޭޒް އެވެ.

މެޗުގައި ދެ ވަނަ ލަނޑެއް ޖަހަން އިންޓަރ މިލާނުން ކުރި މަސައްކަތް އެ ޓީމަށް ކާމިޔާބު ކުރެވުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ވެލެންޓިން ކާބޮނީ އެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

މޮޅާއެކު އިންޓަރ މިލާން ދެ ވަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި ރިވާ ޕްލޭޓަށް ވެސް ލިބެނީ ހަތަރު ޕޮއިންޓެވެ. މުބާރާތުގައި އިންޓަރ މިލާން ދެން ނިކުންނާނީ ރިވާ ޕްލޭޓާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް