Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަރ މިލާން

އިންޓަރ މިލާން އިން އޮތީ ސޮމާ ދޫކޮށްލާ ގޮތަކަށް ނޫން

19 ޖުލައި 2025 | ހޮނިހިރު 04:21

އިޓަލީގެ ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، އަންނަ އަހަރަށް ސޮމާގެ އެއްބަސްވުން ހަަމަވާން އޮތް ނަމަވެސް، އިންޓަރ މިލާން އިން އަންނަނީ އޭނާގެ އެއްބަސްވުން އައު ކުރުމުގެ މަޝްވަރާތަކެއް ކުރަމުންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ޖުލައި 2025 | ހޮނިހިރު 04:21
އިންޓަރ މިލާން އަށް ކުޅެމުން އަންނަ ޔަން ސޮމާ

އިންޓަރ މިލާން އަށް ކުޅެމުން އަންނަ ޔަން ސޮމާ

އިޓަލީގެ އިންޓަރ މިލާން އަށް ކުޅެމުން އަންނަ ސްވިޒަލެންޑުގެ ގޯލު ކީޕަރު ޔަން ސޮމާ ދޫކޮށް ނުލާނެ ކަމަށް، އިންޓަރ މިލާންގެ ސްޕޯޓިން ޑިރެކްޓަރު ޕިއެރޯ އައުސިލިއޯ ބުނެފި އެވެ.

ޖަރުމަނުގެ ބަޔާން މިއުނިކް ދޫކޮށްލުމަށް ފަހު، އުމުރުން 36 އަހަރުގެ ސޮމާ އިންޓަރ މިލާާން އަށް ބަދަލުވީ 2023 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކުރީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ސޮމާގެ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތް އިރު، އޭނާ ހޯދުމުގެ ޝައުޤުވެރިކަން ބައެއް ކުލަބުތަކުން ގެން ގުޅޭ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. އެގޮތުން ގަލަޓަސަރާއި އިން ސޮމާ ހޯދުމުގެ ޝައުޤުވެރިކަން ފާޅުކޮށް، އިންޓަރ އަށް ހުށަހެޅުމެއް ފޮނުވި ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އިންޓަރގެ ސްޕޯޓިން ޑިރެކްޓަރު އައުސިލިއޯ ބުނީ، ގަލަޓަސަރާއި އަށް ބަދަލުވުމާ ގާތަށް ސޮމާ ދިޔަ ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށާއި، އެފަދަ އެއްވެސް ކަމަެއް ހިނގާފައި ނެތް ކަމަށެވެ. ސޮމާ އަކީ އިންޓަރގެ ގޯލު ކީޕަރު ކަމަށާއި، އޭނާގެ އުންމީދަކީ ސޮމާ އެ ކުލަބުގައި މަޑު ކުރުން ކަމަށް ވެސް އައުސިލިއޯ ވަނީ ބުނެފަ އެވެ.

އިޓަލީގެ ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، އަންނަ އަހަރަށް ސޮމާގެ އެއްބަސްވުން ހަަމަވާން އޮތް ނަމަވެސް، އިންޓަރ މިލާން އިން އަންނަނީ އޭނާގެ އެއްބަސްވުން އައު ކުރުމުގެ މަޝްވަރާތަކެއް ކުރަމުންނެވެ. ނަމަވެސް، މިހާތަނަށް އެކަމުގައި ވަކި ނިންމުމެއް ނިންމާފައި ނުވާ ކަމަށް ބުނެފައިވެ އެވެ.

ސޮމާ ވަނީ އިންޓަރ މިލާންގައި މިހާތަނަށް ހޭދަ ކުރި ދެ ސީޒަންގެ ތެރޭގައި، 96 މެޗުގައި އެ ޓީމުގެ ގޯލު ބަލަހައްޓައިފަ އެވެ. އަދި އެ ކުލަބާ އެކު އޭނާ ވަނީ އިޓާލިއަން ލީގުގެ އިތުރުން، އިޓާލިއަން ސުޕަ ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ. މީގެ އިތުރުން، އިންޓަރ މިލާން އާއެކު މިދިޔަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅުނު ނަަމަވެސް، ފައިނަލްގައި ވަނީ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަތުން ބަލިވެފަ އެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

09 މާރިޗު 2017

މައިލޯ ތިންވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ ގުރު ނަގައިފި

09 މާރިޗު 2017
މައިލޯ ތިންވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ ގުރު ނަގައިފި
07 މާރިޗު 2017

ރެކޯޑު އަދަދަކަށް ޓީމުތައް ހިމަނައިގެން އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތް ފަށަނީ

07 މާރިޗު 2017
ރެކޯޑު އަދަދަކަށް ޓީމުތައް ހިމަނައިގެން އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތް ފަށަނީ
02 މާރިޗު 2017

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
19 ފެބުރުއަރީ 2017

ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ

19 ފެބުރުއަރީ 2017
ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ
14 ފެބުރުއަރީ 2017

އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް

14 ފެބުރުއަރީ 2017
އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް
01 ފެބުރުއަރީ 2017

ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި

01 ފެބުރުއަރީ 2017
ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި
31 ޖެނުއަރީ 2017

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް