Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުވަދޫގެ ތަރައްގީ

ހުވަދު އަތޮޅުގެ ދެ އިންޓަރނޭޝަނަލް އެއަރޕޯޓް: ކާާޑެއްދޫ ނުވެއްޖެނަމަ ތިނަދޫގައި އަދި ވިލިނގިލީގައި

30 އޯގަސްޓު 2023 | ބުދަ 18:41

ތިނަދޫ އަދި ވިލިނގިލީގައި ވެސް އިންޓަރގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ހިންގަވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 30 އޯގަސްޓު 2023 | ބުދަ 18:41
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ތިނަދޫގައި ވާހަކަފުޅުދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ތިނަދޫގައި ވާހަކަފުޅުދައްކަވަނީ

އިންޓަރގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓާއެކު ކާޑެއްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ބަދަލުނުކުރެވޭނަމަ، ތިނަދޫގައި އިންޓަރނޭޝަނަލް އެއަރޕޯޓަކާއި، ގއ. ވިލިނގިލީގައި އިންޓަރގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކާއެކު އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އިއުލާން ކުރައްވައިފިއެވެ.

އެމަނިކުފާނު ވިދާޅުވީ ހުވަދު އަތޮޅަށާއި، ތިނަދޫ ސިޓީއަށް ގެންނަން މިއުޅެނީ ބޮޑު ހެޔޮ ބަދަލެއް ކަމަށެވެ. އެއީ ތަރައްޤީގެ ބިޔަ ބޮޑެތި މަޝްރޫއުތަކެއް ހިނގުން ކަމަށާއި، އެގޮތުން ސިއްހީ ހިދުމަތް ތަރައްޤީ ކުރުމަށްޓަކައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް ސޮއިކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިހާރު ވެސް ހޮސްޕިޓަލުގައި އިތުރު ވަސީލަތްތައް ގާއިމްކޮށް ރަނގަޅު ހިދުމަތްތައް ލިބެމުންދާނެ ކަމަށެވެ.

Advertisement - newsAdvertisement

ސިނާއީ ގޮތުން ބޮޑު ބަދަލެއް ސިޓީއަށް ގެންނަން ބޭނުންފުޅުވާ ކަމަށާއި، ކޮމާޝަލް ހާބަރެއްގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިމި ރާއްޖެއިން ބޭރުން ބޯޓު ފަހަރު އައިސް މުދާ ބާލާ މުދާ ބަރުކޮށްގެން ދެވޭނެ ކަމަށެވެ. އެއާއެކު ކަސްޓަމްސްއާއި އިމިގްރޭޝަނާއި އެމްޕީއެލް ފަދަ މުއައްސަސާއެއްގެ މަސައްކަތް ފެށުމާއެކު އެތައް ސަތޭކަ ވަޒީފާ އުފެދިގެންދާނެ ކަމަށާއި، މިއީ ތިނަދޫ ސިޓީއަށް އަންނާނެ އެންމެ ބޮޑު ހެޔޮ ބަދަލުކަމަށް ރައީސް ވިދާޅުވިއެވެ.

މި ސިނާއަތް ތަރައްގީކުރުމަށްޓަކައި މުޅި ރާއްޖޭގައި 25 ޕްރޮޖެކްޓް ހިންގަމުންދާ ކަމަށާއި، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އަހަރެއް ދޮޅު އަހަރުގެ ތެރޭގައި ސިނާއަތަށް ބޮޑު ބަދަލެއް އަންނަތަން ފެނިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އާރުޓީއެލްގެ ހިދުމަތް ފެށިގެން ގޮސްފައިވާ ކަމަށާއި، ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. ރައީސް ވިދާޅުވީ މިއާއެކު ކޮންމެ ރަށަކީ ދިރިއުޅެން ފައްކާވެފައިވާ ރަށަކަށްވާނެ ކަމަށާއި، ހިދުމަތް ހޯދުމަށް ދާންޖެހޭ ތަންތަނަށް ފަސޭހައިން ދެވޭނެކަމަށެވެ.

ރައީސް ވިދާޅުވީ އިކޮނަމިކް ކައުންސިލުން ނިންމި ދެވަނަ ކަމަކީ އިތުރު މަޝްރޫއެއް ގއ. ވިލިނގިލީގައި ހިންގުން ކަމަށާއި، އެއީ އިންޓަގްރޭޓެޑް ޓުއަރިޒަމް ޒޯނަކާއެކު އިންޓަރނޭޝަނަލް އެއަރޕޯޓެއް އަޅާ ނިންމައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ތިނަދޫގެ ތަރައްގީއަށްޓަކައި ސިޔާސަތެއް އެބައޮތް ކަމަށެވެ.

ޓުއަރިސްޓް ޒޯން ތަރައްގީވެގެންދާއިރު ބިން ހިއްކިގެން ދާނެ ކަމަށާއި، އެތަނަށް ބޭނުންވާ ތަފާތު ވިޔަފާރިއާއި އިންޑަސްޓްރިއަލް ކަންކަން ކުރުމުގެ ޖާގަ ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ 200 ހައުސިންގ ޔުނިޓުގެ އިތުރަށް 500 ފުލެޓް އަޅުއްވާނެ ކަމަށާއި، ބުރާސްފަތި ދުވަހު އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއުކުރެވިގެންދާއިރު މިއީ ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ތިނަދޫ ސިޓީ ހިމަނައިގެން ކުރިއަށް ގެންދާނެ ޕްރޮޖެކްޓެއްކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ތިނަދޫ ސިޓީގެ ފަޅުތެރޭގައި ޕިކްނިކް އައިލެންޑެއް ހަދާ ދުވަސްވީ މީހުންނަށް މޫދަށް އެރެވޭނެ ރަނގަޅު ސަރަހައްދެއް އެމްޓީސީސީގެ މަސައްކަތް ނިމިގެން ފައިބައިގެން ދާއިރު ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ތިނަދޫގެ މަގު ހެދުމުގެ ދެވަނަ ފޭސް މަސައްކަތް ނިމި އެ ޕްރޮޖެކްޓް ނުހުއްޓި ބާކީ ހުރި ހުރިހާ މަގެއް އެމްޓީސީސީން ހަދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ރަށުގައި ދިރިއުޅޭ ޒުވާނުންނަށް ޑިގްރީއަށް ރަށުގައި ތިބެގެން ކިޔެވޭ އިރު، ކުރިއަށް އޮތް ދައުރުގައި ޓިވެޓް ކެމްޕަހެއް ގާއިމްކޮށްދެއްވާނެކަމަށެވެ. އަދި ނަތީޖާއަކަށް ވެގެންދާނީ ބޭނުންވާ ދާއިރާތަކުން ޒުވާނުން ތަމްރީނުކުރެވިގެންދާނެ ކަމަށެވެ. އަދި ތިނަދޫގައި ހުރި ޑިޓޮކްސް ސެންޓަރު ރިހިބިލެޓޭޝަން ސެންޓަރަކަށް ބަދަލުކުރުމަށް ހުރިހާ ވަސީލަތްތައް ގާއިމްކޮށްދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ތިނަދޫގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމުން ދެން ހުރި ހޮސްޕިޓަލް މެޑިކަލް ދާއިރާއިން މީހުން ތަމްރީނުކުރުމަށްޓަކައި ޔުނިވަރސިޓީން ކެމްޕަހެއް ހުޅުވިގެންދާނެ ތަނެއް ކަމަށާއި، އެކަމާއި ގުޅިގެން ޔުނިވަރސިޓީއާއެކު މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށެވެ.

ތިނަދޫ ސިޓީގއ. ވިލިނގިލިރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުއުފާވެރި އަމާން ރާއްޖެމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
05 ޑިސެމްބަރު 2025

ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް، މަޝްރޫއުގެ ހިލަމެއް ވެސް ނެތް

05 ޑިސެމްބަރު 2025
ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް، މަޝްރޫއުގެ ހިލަމެއް ވެސް ނެތް
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
17 ނޮވެމްބަރު 2025

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ
15 ނޮވެމްބަރު 2025

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ
08 ނޮވެމްބަރު 2025

ވިލިނގިލީގައި އެކްސިޑެންޓުވި 26 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

08 ނޮވެމްބަރު 2025
ވިލިނގިލީގައި އެކްސިޑެންޓުވި 26 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
06 ނޮވެމްބަރު 2025

އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ނުކުތުމަށް ބ. އަތޮޅު ކައުންސިލުން ރައީސް ސާލިހުގެ އަރިހުގައި ދަންނަވައިފި

06 ނޮވެމްބަރު 2025
އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ނުކުތުމަށް ބ. އަތޮޅު ކައުންސިލުން ރައީސް ސާލިހުގެ އަރިހުގައި ދަންނަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް