Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފ.މަގޫދޫ

ރައީސް ޞާލިޙް، މަގޫދޫގެ އެމްޑީޕީ މެމްބަރުންނާ ބައްދަލު ކުރައްވައިފި

އެމްޓީސީސީއާ ހަވާލު ކޮށްގެން އޭރު އެ މަަސައްކަތް ކުރިއަށް ގެންދިޔައިރު، 2024 ވަނަ އަހަރުގެ މެއި މަހަށް އެއާޕޯޓުގެ މަސައްކަތް ނިމެން ޖެހޭނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 އޯގަސްޓު 2025 | ހޯމަ 06:22
މަގޫދޫގެ އެމްޑީޕީ މެމްބަރުންނާ ބައްދަލު ކުރައްވައި ރައީސް ޞާލިޙް ވާހަކަ ދައްކަވަނީ

މަގޫދޫގެ އެމްޑީޕީ މެމްބަރުންނާ ބައްދަލު ކުރައްވައި ރައީސް ޞާލިޙް ވާހަކަ ދައްކަވަނީ

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ފ.މަގޫދޫގެ އެމްޑީޕީ މެމްބަރުންނާ ބައްދަލު ކުރައްވައިފި އެވެ.

ހޯމަ ދުވަހު ރައީސް ޞާލިޙް އެމްޑީޕީގެ މަގޫދޫ މެމްބަރުންނާ ބައްދަލު ކުރައްވާފައި ވަނީ، މިހާރު އެމަނިކުފާނު މަގޫދޫ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގަ އެވެ.

Advertisement - newsAdvertisement

އެ ބައްދަލުވުމުގައި ރައީސް ޞާލިޙުގެ އަރިހުގައި ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަޙުމަދު ޙަލީމް (ދޮންބިލެތް)ގެ އިތުރުން، ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އަދި އަލިފުށި ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ރަޝީދު ޙުސެއިން(ބިގޭ) ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވެފައި ވަނީ، އެމްޑީޕީގެ މެމްބަރުން އެކަތި ގަނޑެއްގެ ގޮތުގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ފަހު، މިއީ އެމްޑީޕީގެ މެމްބަރުން ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ވަގުތެއް ކަމަށް ވެސް ރައީސް ޞާލިޙު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

މީގެ އިތުރުން އެ ބައްދަލުވުމުގައި ވެސް ރައީސް ޞާލިޙު ވަނީ މަގޫދޫ އެއާޕޯޓުގެ މަސައްކަތުގެ ވާހަކަ ފާހަގަ ކުރައްވައިފަ އެވެ. އެމްޓީސީސީއާ ހަވާލު ކޮށްގެން އޭރު އެ މަަސައްކަތް ކުރިއަށް ގެންދިޔައިރު، 2024 ވަނަ އަހަރުގެ މެއި މަހަށް އެއާޕޯޓުގެ މަސައްކަތް ނިމެން ޖެހޭނެ ކަމަށް ރައީސް ޞާލިޙު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އެހެން ނަމަވެސް، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރާ ހަވާލުވުމާ އެކު، އެންމެ ފުރަތަމަ ހުއްޓާލި މަޝްރޫއުގެ ތެރޭގައި މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހިމެނޭ ކަމަށް ފާހަގަ ކުރައްވައި ރައީސް ޞާލިޙު ވިދާޅުވީ، ރައީސް މުޢިއްޒު އެކަން ކުރެއްވި އަމިއްލަ އެދުމެއްގެ މައްޗަށް ކަމަށެވެ.

މީގެ އިތުރުން އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ޞާލިޙު ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން، މަގޫދޫ އަދި އެހެން ރަށް ރަށުގައި ވެސް އެމްޑީޕީގެ ޙަރަކާތްތައް އިތުރަށް ފުޅާ ކުރަން ޖެހޭ ކަމަށާއި، ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް ވީހާ ވެސް ރަނގަޅަށް ތައްޔާރުވާން ޖެހޭ ކަމަށް ރައީސް ޞާލިޙު ވަނީ ވިދާޅުވެފަ އެވެ.

ހަމަ އެހެންމެ މަގޫދޫގައި އެމްޑީޕީ ވަރުގަދަ ކުރުމާއި، ޕާޓީގެ ޙަރަކާތްތައް ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުން ޕާޓީގެ އިސްވެރިންނާ އެކު ވެސް މަޝްވަރާ ކުރައްވާނެ ކަަމަށާއި، މަގޫދޫގެ ތަރަައްޤީ އަށްޓަކައި އިދިކޮޅުގައި އޮވެ ވެސް އެމްޑީޕީ އިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސް ޞާލިޙު ވިދާޅުވެފައިވެ އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބިގޭ ވިދާޅުވީ އެމްޑީޕީ އަލުން އެނބުރި ވެރި ކަމަށް އަންނާނެ ކަމަށާއި، މަގޫދޫ އަށް ކުރި ޒިޔާރަތުން ފެނުނީ އެމްޑީޕީ ސަރުކާރުން އެ ރަށުގައި ފަށާފައިވާ މަސައްކަތްތައް ހުއްޓާލާފައިވާ މަންޒަރު ކަމަށެވެ. އެކަން އަލުން އެމްޑީޕީ އިން ކުރިއަށް ގެންދާނެ ކަމުގައި ބިގޭ ވެސް ވަނީ ވިދާޅުވެފަ އެވެ.

އިތުރަށް ބިގޭ ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ އެމްޑީޕީ އަށް "ވަކަރަށް" ޖަހާލަން ލިބޭ ފުުރުސަތެއް ކަމަށެވެ. އެމްޑީޕީ އަކީ ލާމަރުކަޒީ ނިޒާމު ކުރިއަރުވައި ޕާޓީ ކަމަށާއި، އެ ޕާޓީ އަކީ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރި ޕާޓީ ކަމަށް ވެސް ބިގޭ ވިދާޅުވި އެވެ.

މީގެ އިތުރުން ކައުންސިލް އިންތިޚާބާ ހަމައިން ނިންމާލެވެން ނެތް ކަމަށާއި، އެއަށް ފަހު އޮންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ރަށް ރަށުގެ ތަރައްޤީ އަށް މަސައްކަތް ކުރަން ޖެހޭ ކަމުގައި ބިގޭ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ކޮންމެ އިންތިޚާބަކީ ވެސް، ވަރަށް ބޮޑަށް ވިސްނައިގެން ގޮތްތަކެއް ނިންމަން ޖެހޭ އިންތިޚާބުތަކެއް ކަމަށް ބިގޭ ވިދާޅުވި އެވެ.

ހަމަ އެހެންމެ އެމްޑީޕީ އިން ނުހަނު ރީތި ގޮތެއްގައި ވެރިކަން ކުރަމުން އައިސް ފަސް އަހަރު ފުރިހަމަ ކުރި ކަަމަށާއި، މިއަދު އެ ވެރިކަން ގެއްލުމުން ރައްޔިތުންނަށް އިންތިހާ އަށް މާޔޫސްކަން ލިބިފައިވާ ކަމަށް ބިގޭ ވަނީ ވިދާޅުވެފަ އެވެ. ބިގޭ ވިދާޅުވީ ހުރިހާ ބޭފުޅުން ވެސް މަސައްކަތް ކުރަން ވާނީ އެމްޑީޕީ އަށް އެންމެ ފުރުސަތު ބޮޑުވާ ގޮތަށް ކަމަށެވެ.

މަގޫދޫ އަކީ ޒަމާނުއްސުރެ އެމްޑީޕީ އަށް ތާއީދޫ ކުރާ ގިނަ ރައްޔިތުން އުޅޭ ރަށެކެވެ. މަގޫދޫ އަކީ އެމްޑީޕީގެ ޙަރަކާތްތައް އެންމެ ފޯރީގައި ކުރިއަށް ގެންދަމުން އަންނަ ރަށް ތަކުގެ ތެެެރެއިން އެއް ރަށެވެ.

މަގޫދޫ ކައުންސިލްގައި މިވަގުތު ވެސް އޮންނަނީ އެމްޑީޕީގެ މެޖޯރިޓީ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު