Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތޮއްޑޫގައި ނުފުދި ހުރި ވައުދުފުޅުތައް

ވެރިކަމަށް ވަޑައިގެންނެވިފަހުން ތޮއްޑޫގައި ތަރައްގީގެ މަސައްކަތެއް ނުފެށޭ، ރައީސް ވިދާޅުވީ ކައުންސިލުން ބުނި ކަންކަން ބައްލަވާނެ ކަމަށް

މިދިޔަ ޑިސެމްބަރުގައި ކުރައްވާނެ ކަމަށް ވިދާޅުވި އެއްވެސް މަސައްކަތެއް އަދި ނުފެށޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 20 އޯގަސްޓު 2025 | ބުދަ 14:05
ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. ތޮއްޑޫ ކައުންސިލާއި އ.ތ.މ. އާއި ބައްދަލުކުރައްވަނީ - 20 އޮގަސްޓް 2025

ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. ތޮއްޑޫ ކައުންސިލާއި އ.ތ.މ. އާއި ބައްދަލުކުރައްވަނީ - 20 އޮގަސްޓް 2025

މި ސަރުކާރަށް 2 އަހަރުވާން ކައިރިވެފައިވާއިރު އއ. ތޮއްޑޫގައި ތަރައްގީގެ މަސައްކަތެއް ނުކުރިނަމަވެސް ކައުންސިލުން އެދުނު ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބުދަ ދުވަހުގެ މެންދުރު ރައީސް ވަނީ ތޮއްޑޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލްގެ ފަރާތުން ވަނީ، ޓާރމިނަލަކާއެކު ސީ ޕްލޭންގެ ޚިދުމަތް ފަށަން ބޭނުންވާކަމަށާއި، އިތުރުވަމުންދާ އާބާދީއަށާއި އަދި ފަތުރުވެރިކަން ފުޅާވަމުންދިއުމާއެކު މިހާރު ހުރި ހެލްތު ސެންޓަރ ހޮސްޕިޓަލެއްގެ ދަރަޖައަށް ބަދަލުކުރައްވައި، އެފެންވަރަށް ތަރައްޤީކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ. މި ބައްދަލުކުރެއްވުމުގައި ސްކޫލުގެ ފަރާތުން ވަނީ، ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވައި، ސައިންސް ލެބެއް ނެތުމުން ދިމާވާ ދަތިތައް ހިއްސާކުރައްވާފައެވެ.

Advertisement - newsAdvertisement

ކައުންސިލުން ގިނަ ކަންކަން ހުށަހެޅިނަމަވެސް ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

މިހާތަނަށް އައިރު މި ސަރުކާރުން ތޮއްޑޫގައި އަލަށް ތަރައްގީގެ މަސައްކަތެއް ފަށާފައި ނުވެއެވެ. ރައީސް ތޮއްޑޫއަށް ވަޑައިގެން ރަސްމީކޮށް ފައްޓަވައިދެއްވި ނަރުދަމާ ނިޒާމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ފެށި މަސައްކަތެކެވެ. ރައީސްގެ މި ދަތުރުފުޅުގައި ތޮއްޑޫގައި އަލަށް ފެށުމަށް ސޮއިކުރި ޕްރޮޖެކްޓަކީ ތޮއްޑޫ ދެކުނު ފަރާތުގައި ފާލަން ތަރައްގީކުރުމުގެ މަސައްކަތެވެ.

އިންތިޚާބު ތެރޭގައި ވެސް އެރަށަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެންމެ ފަހުން ތޮއްޑޫއަށް ވަޑައިގެންނެވި ދަތުރުފުޅުގައި 8 ޑިސެމްބަރު 2024 ގައި ތޮއްޑޫގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މަގުހެދުމުގެ މަޝްރޫޢު އާއި ސްކޫލުގެ އެކްސްޕޭންޝަންއާއި، ސިއްހީ މަރުކަޒު ތަރައްޤީކޮށް ބޮޑުކުރުމާއި، ކުނި މެނޭޖްކުރުމުގެ މަސައްކަތަކީ ތޮއްޑޫއަށް ކޮންމެހެން ބޭނުން ޖެހިފައި ހުރިކަންކަން ކަމަށެވެ.

ނަމަވެސް މިއިން އެއްވެސް މަސައްކަތެއްގެ އަމަލީ މަސައްކަތް އަދި ފަށާފައި ނުވެއެވެ.

ރައީސް މުއިއްޒުއއ. ތޮއްޑޫނަރުދަމާ ނިޒާމްރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުޞިއްޙީ މަރުކަޒުސީޕްލޭން ޓަރމިނަލް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު