Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

ޕީއެސްޖީ އަށް ބަދަލުވާން ބޭނުންވެ، ކޯލޯ މުއާނީ ފްރޭންކްފާޓްގެ ފަރިތަކުރުންތައް ހުއްޓާލައިފި

ޕީއެސްޖީން ވަނީ މުއާނީ ހޯދުމުގެ މަސައްކަތް ފަށާފައި

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 30 އޯގަސްޓު 2023 | ބުދަ 17:15
ކޯލޯ މުއާނީ

ކޯލޯ މުއާނީ

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ބަދަލުވާން މަސައްކަތް ކުރާތީ ތަމްރީން ނުކުރާނެ ކަމަށް އެއިންޓްރަކްޓް ފްރެންކްފާޓްގެ ފޯވާޑް ރަންޑަލް ކޯލޯ މުއާނީ ބުނެފި އެވެ.

އުމުރުން 24 އަހަރުގެ މުއާނީ ބުނީ ފްރާންސްގެ ޗެމްޕިއަނުންނަށް ބަދަލުވާން ބޭނުންވަނީ އެއީ އޭނާއަށް ލިބޭ ވަރަށް ހާއްސަ ފުރުސަތަކަށް ވާތީ ކަމަށެވެ. ޔޫރޮޕާ ކޮންފަރެންސް ލީގު ކޮލިފައިންގައި ބުރާސްފަތި ދުވަހު ލެވްސްކީ ސޯފިއާއާ ދެކޮޅަށް ކުޅޭ މެޗުގައި ފްރާންސްގެ މި އިންޓަނޭޝަނަލް ކުޅުންތެރިޔާ ބައިވެރިނުވާނެ އެވެ.

ފްރެންކްފާޓްގެ ސްޕޯޓިން ޑިރެކްޓަރު މާކަސް ކްރޮޝޭ ބުނީ ޓްރާންސްފާ ވިޔަފާރީގައި މި އަމަލުގެ އެއްވެސް އަސަރެއް ނެތް ކަމަށެވެ. ޖަރުމަނުގެ ކްލަބާއެކު 2027 ވަނަ އަހަރާ ހަމައަށް ހަދާފައިވާ މުއާނީގެ ކޮންޓްރެކްޓްގެ އަގަކީ 100 މިލިއަން ޔޫރޯ އެވެ.

އަންގާރަ ދުވަހު މުއާނީ ދިން އިންޓަވިއު އެއްގައި މުއާނީ ބުނީ، ޕީއެސްޖީން އޭނާއަށް ރެކޯޑް އަދަދެއް ހުށަހަޅާފައިވުމަކީ ސިއްރެއް ނޫން ކަމަށެެވެ. މިދިޔަ ސީޒަނުގައި ނާންޓޭސް އިން ފްރޭންކްފާޓަށް ބަދަލުވުމަށްފަހު މުއާނީ ވަނީ 50 މެޗުން 26 ލަނޑު ޖަހައިދީފައެވެ.

މުއާނީ ވަނީ ފްރާންސްގެ ގައުމީ ޓީމަށް ނުވަ މެޗު ކުޅެދީފައެވެ. މިދިޔަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި އާޖެންޓީނާ އާ ދެކޮޅަށް އޭނާ ކުޅެފައިވެއެވެ.

ޕީއެސްޖީއެއިންޓްރަކްޓް ފްރޭންކްފާޓްކޯލޯ މުއާނީ

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
13 ޖުލައި 2025

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ
10 ޖުލައި 2025

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު