Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައޫދީ ޤައުމީ ޓީމު

އިޓަލީ ދޫކޮށްލި މަންޗިނީ، ސައޫދީ ޤައުމީ ޓީމަށް

ސައޫދީން މަންޗިނީ އަށް އަހަރަކު 27 މިލިއަން ޑޮލަރު (25 މިލިއަން ޔޫރޫ) ދޭނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 އޯގަސްޓު 2023 | ހޯމަ 03:31
ސައޫދީ ޤައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި އިޓަލީގެ ރޮބާޓޯ މަންޗިނީ

ސައޫދީ ޤައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި އިޓަލީގެ ރޮބާޓޯ މަންޗިނީ

ހުސްވެފައިވާ ސައޫދީ އަރަބިޔާގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އިޓަލީގެ ތަޖުރިބާކާރު ކޯޗު، ރޮބާޓޯ މަންޗިނީ ހަމަޖައްސައިފި އެވެ.

އުމުރުން 58 އަހަރުގެ މަންޗިނީ އެންމެ ފަހުން ހުރީ އިޓަލީ ޤައުމީ ޓީމުގެ ކޯޗުގެ މަގާމުގަ އެވެ. ނަމަވެސް މި ހިނގާ އޯގަސްޓު މަހުގެ 13 ވަަނަ ދުވަހު އޭނާ ވަނީ އެ މަގާމުން ދުރަަށް ދާން ނިންމައިފަ އެވެ. އެއާއެކު އިޓަލީގެ އައު ކޯޗަކަށް ހަމަޖެއްސީ ނަޕޯލީގެ ކުރީގެ ކޯޗު ލޫސިއާނޯ ސްޕަލެއްޓީ އެވެ.

އިޓަލީގެ ކޯޗުކަމުން މަންޗިނީ ވަކިވިތާ 14 ދުވަސްފަހުން، އާދިއްތަ ދުވަހު އޭނާ ވަނީ ސައޫދީ ޤައުމީ ޓީމާ ހަވާލުވެފަ އެވެ. އެކަން އެ ޤައުމުގެ ފުޓުބޯޅަ ފެޑަރޭޝަނުން ވަނީ ރަސްމީކޮށް އިއުލާންކޮށްފަ އެވެ. ސައުދީ ޤައުމީ ޓީމުގެ ކޯޗުގެ ގޮތުގައި ރަސްމީކޮށް މަންޗިނީ ދައްކާލުން އޮންނާނީ ވެރި ރަށް ރިޔާދުގައި، ހޯމަ ދުވަހުގެ ވަގުތެއްގަ އެވެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ސައޫދީގެ ކޯޗުކަމާ މަންޗިނީ ހަވާލުވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން 2027 ވަނަ އަހަރުގެ ނިޔަލަށް އޭނާ އެ ޓީމަށް އިރުޝާދު ދޭނެ އެވެ. މުސާރައިގެ ގޮތުގައި ސައޫދީން މަންޗިނީ އަށް އަހަރަކު 27 މިލިއަން ޑޮލަރު (25 މިލިއަން ޔޫރޫ) ދޭނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އޭނާގެ އިރުޝާދުގެ ދަށުން ސައޫދީ ކުޅޭނެ ފުރަތަމަ މެޗަކީ އަންނަ ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހު ކޮސްޓަރިކާއާ ދެކޮޅަށް ކުޅޭ މެޗެވެ.

ސައޫދީގެ ކޯޗުކަމުގެ މަގާމުގައި އެންމެ ފަހުން ހުރީ ފްރާންސްގެ ހާވް ރެނާޑް އެވެ. ނަމަވެސް މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕަށްފަހު އޭނާ ވަނީ އެ މަގާމު ދޫކޮށްލައިފަ އެވެ. އެއަށްފަހު ރެނާޑް ހަވާލުވީ އަމިއްލަ ޤައުމު، ފްރާންސްގެ އަންހެން ޤައުމީ ފުޓުބޯޅަ ޓީމާ އެވެ.

ފިއޮރެންޓީނާ އިން 2001 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި މަންޗިނީ ވަނީ، ހަތް ކުލަބަކަށް އިރުޝާދު ދީފަ އެވެ. އޭގެ ތެރޭގައި އިޓަލީގެ ލާޒިއޯ އަދި އިންޓަ މިލާން ހިމެނެ އެވެ. އިންޓަ އަށް އޭނާ ވަނީ ދެ ފަހަރެއްގެ މަތިން އިރުޝާދު ދީފަ އެވެ. މަންޗިނީ ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓަރ ސިޓީ އަށް ވެސް އިރުޝާދު ދީފަ އެވެ. އިޓަލީ ޤައުމީ ޓީމުގެ ކޯޗުކަމަށް އޭނާ ހަމަޖެއްސީ 2018 ވަނަ އަހަރުގެ މެއި މަހު އެވެ. މަންޗިނީގެ އިރުޝާދުގެ ދަށުން އިޓަލީ ވަނީ 61 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 37 މެޗުން މޮޅުވެ، ނުވަ މެޗުން ބަލިވެފަ އެވެ. 15 މެޗެއް ނިމުނީ އެއްވަރުވެގެންނެވެ. އިޓަލީއާއެކު އޭނާ ވަނީ 2020 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ދެ ފަހަރެއްގެ މަތިން ވަނީ ޔުއެފާ ނޭޝަންސް ލީގުގެ ތިން ވަނަ ހޯދައިފަ އެވެ.

އިޓަލީގެ ކޯޗަަކަށް މަންޗިނީ ހަމަޖެއްސީ 2018 ވަނަ އަހަރު ރަޝިޔާގައި އޮތް ފީފާ ވޯލްޑް ކަޕަށް އެ ޤައުމު ކޮލިފައި ނުވުމުން، އޭރުގެ ކޯޗު ވަކިކުރުމަށްފަހު އެވެ. ނަމަވެސް މަންޗިނީގެ އިރުޝާދުގެ ދަށުން ވެސް، މިދިޔަ އަހަރު ޤަތަރުގައި އޮތް މުބާރާތަށް ވެސް އިޓަލީ ކޮލިފައިވެފަ ނުވެ އެވެ.

ސައޫދީ ޤައުމީ ފުޓުބޯޅަ ޓީމުރޮބާޓޯ މަންޗިނީއިޓަލީގެ ގައުމީ ޓީމު

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2025

އެސްޓޯނިއާ އަތުން އިޓަލީ އަށް ފަސް ލަނޑުގެ މޮޅެއް

06 ސެޕްޓެމްބަރު 2025
އެސްޓޯނިއާ އަތުން އިޓަލީ އަށް ފަސް ލަނޑުގެ މޮޅެއް
18 ނޮވެމްބަރު 2024

އިޓަލީ ބަލިކޮށް، ފްރާންސް އެއް ވަނަ އަށް

18 ނޮވެމްބަރު 2024
އިޓަލީ ބަލިކޮށް، ފްރާންސް އެއް ވަނަ އަށް
26 އޮކްޓޯބަރު 2024

ސައުދީ ޤައުމީ ޓީމުގެ ކޯޗުކަމުން މަންޗިނީ ވަކިވެއްޖެ

26 އޮކްޓޯބަރު 2024
ސައުދީ ޤައުމީ ޓީމުގެ ކޯޗުކަމުން މަންޗިނީ ވަކިވެއްޖެ
18 ސެޕްޓެމްބަރު 2024

90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ

18 ސެޕްޓެމްބަރު 2024
90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ
25 ޖޫން 2024

ފަހު ވަގުތު ލަނޑު ޖަހައިގެން، ޗެމްޕިއަން އިޓަލީ ގަދަ 16 އަށް

25 ޖޫން 2024
ފަހު ވަގުތު ލަނޑު ޖަހައިގެން، ޗެމްޕިއަން އިޓަލީ ގަދަ 16 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު