Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ ކޮލިފިކޭޝަން 2024

އިޓަލީ ކޮލިފައިވާން ޖެހޭ ކަމަށް ޗެފެރިން ވިދާޅުވުމުން، ޔޫކްރެއިންގެ ކޯޗާއި ކުޅުންތެރިން ރަތަށް!

ޔޫކްްރެއިންގެ ކޯޗު ޝެރްހީ ރެބްރޯ ބުނީ ޗެފެރިން އެފަދައިން ވާހަކަ ދެއްކެވުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2023 | ހޯމަ 06:08
ޔުއެފާގެ ރައީސް އަދި ޔޫކްރެއިންގެ ކޯޗު

ޔުއެފާގެ ރައީސް އަދި ޔޫކްރެއިންގެ ކޯޗު

އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯ ފުޓުބޯޅަ މުބާރާތަށް އިޓަލީ ކޮލިފައިވާން ޖެހޭ ކަމަށް، ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ (ޔުއެފާ)ގެ ރައީސް އެލެކްސެންޑާ ޗެފެރިން ވިދާޅުވުމުން، ޔޫކްރެެއިންގެ ކޯޗާއި ކުޅުންތެރިން ރުޅިގަދަވެއްޖެ އެވެ.

ޗެފެރިން އެހެން ވިދާޅުވިއިރު، ކޮލިފިކޭޝަންގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިޓަލީ އާއި ޔޫކްރެއިން ބައްދަލު ކުރާނެ އެވެ. ގްރޫޕް ސީގެ ދެ ވަނަ ޓީމުގެ ގޮތުގައި އަންނަ އަހަރުގެ ޔޫރޯ އަށް ކޮލިފައިވާނެ ޓީމެއް ކަށަވަރު ވާނީ އެ މެޗުންނެވެ. ޗެފެރިން ވިދާޅުވީ، އަންނަ އަހަރުގެ މުބާރާތަށް އިޓަލީ ކޮލިފައިވާން ޖެހޭ ކަމަށާއި، އެ ނޫން ނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

އެކަމާ ގުޅިގެން މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ޔޫކްްރެއިންގެ ކޯޗު ޝެރްހީ ރެބްރޯ ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. އޭނާ ބުނީ ޗެފެރިން އެފަދައިން ވާހަކަ ދެއްކެވުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި، އެއީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އޭނާ ބުނީ އެފަދަ މަގާމެއްގައި ހުންނެވި ބޭފުޅަކު، އެފަދައިން ވާހަކަ ދައްކަވަން ޖެހިވަޑައިގަންނަވާނެ ކަމަށް އޭނާ ވެސް އަދި ފުޓުބޯޅައިގައި މަސައްކަތް ކުރާ އެހެން މީހުން ވެސް ޤަބޫލު ނުކުރާނެ ކަމަށެވެ. އިތުރަށް އޭނާ ބުނީ ކުޅުންތެރިން ވެސް ތިބީ ވަރަށް ބޮޑަށް ރުޅިގަދަވެފައި ކަމަށާއި، ނަމަވެސް އެކަމުގެ ސަބަބުން ކުޅުންތެރިންގެ ރޫޙަށް އުނިކަމެއް އަޔަނުދޭނެ ކަމަށެވެ.

އިޓަލީ މެޗާ ގުޅޭ ގޮތުން އޭނާ ބުނީ، އިޓަލީ އަށް އަބަދު ވެސް ވަރަށް ބޮޑު އިޙުރާމެއް އޮންނާނެ ކަމަށެވެ. އިޓަލީ އަކީ ވަރަށް ވަރުގަދަ ޓީމަކަށްވީ ނަމަވެސް، އޭނާގެ ކުޅުންތެރިންނަށް ފުރިހަމަ އަށް އިތުބާރު އޮންނާނެ ކަމަށް ވެސް ކޯޗު ވަނީ ބުނެފަ އެވެ. އޭނާ ދެކޭ ގޮތުގައި ޔޫކްރެއިންގައި އޮތީ ވަރަށް ރަނގަޅު ކުޅުންތެރިންގެ މައްޗަށް އެކުލެވިގެންވާ، ވަރުގަދަ ސްކޮޑެކެވެ.

އިޓަލީ އަކީ އެންމެ ފަހުން 2020 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަނުންނެވެ. އިޓަލީ އާއި ޔޫކްރެއިން ބައްދަލު ކުރާ މެޗު ފަށާނީ، ހޯމަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން 12:45 ގައެވެ.

ޔޫރޯ ކޮލިފައިންގއަލެކްސަންޑަ ޗެފެރިންއިޓަލީގެ ގައުމީ ޓީމުޔޫކްރެއިން ފުޓުބޯޅަ ޓީމު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެސްޓޯނިއާ އަތުން އިޓަލީ އަށް ފަސް ލަނޑުގެ މޮޅެއް

އެސްޓޯނިއާ އަތުން އިޓަލީ އަށް ފަސް ލަނޑުގެ މޮޅެއް

06 ސެޕްޓެމްބަރު 2025
އިޓަލީ ބަލިކޮށް، ފްރާންސް އެއް ވަނަ އަށް

އިޓަލީ ބަލިކޮށް، ފްރާންސް އެއް ވަނަ އަށް

18 ނޮވެމްބަރު 2024
90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ

90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ

18 ސެޕްޓެމްބަރު 2024
ފަހު ވަގުތު ލަނޑު ޖަހައިގެން، ޗެމްޕިއަން އިޓަލީ ގަދަ 16 އަށް

ފަހު ވަގުތު ލަނޑު ޖަހައިގެން، ޗެމްޕިއަން އިޓަލީ ގަދަ 16 އަށް

25 ޖޫން 2024
އިޓަލީން ބޮސްނިއާ ބަލިކޮށްފި

އިޓަލީން ބޮސްނިއާ ބަލިކޮށްފި

10 ޖޫން 2024

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު