Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުދީ ޤައުމީ ޓީމި

ސައުދީ ޤައުމީ ޓީމުގެ ކޯޗުކަމުން މަންޗިނީ ވަކިވެއްޖެ

ސައުދީ އަރަބިޔާގެ ޤައުމީ ޓީމުގެ ކޯޗުކަމުގެ މަޤާމަށް މަންޗިނީ ހަމަޖެއްސީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 އޮކްޓޯބަރު 2024 | ހޮނިހިރު 04:12
ސައުދީ އަރަބިޔާގެ ކޯޗަކަށް ހުރި އިޓަލީގެ މަންޗިނީ

ސައުދީ އަރަބިޔާގެ ކޯޗަކަށް ހުރި އިޓަލީގެ މަންޗިނީ

ސައުދީ އަރަބިޔާގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ތަޖުރިބާކާރު ކޯޗު ރޮބާޓޯ މަންޗިނީ ވަކިވެއްޖެ އެވެ.

ސައުދީ އަރަބިޔާގެ ޤައުމީ ޓީމުގެ ކޯޗުކަމުގެ މަޤާމަށް މަންޗިނީ ހަމަޖެއްސީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގަ އެވެ. އެއީ އިޓަލީ ޤައުމީ ޓީމުގެ ކޯޗުކަމުން އޭނާ ވަކިވިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. ސައުދީން މަންޗިނީ އަށް ދީފައި ވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2027 ވަނަ އަހަރުގެ އޯގަސްޓު މަހު އެވެ.

ނަމަވެސް ސައުދީ ޤައުމީ ޓީމާ ހަވާލުވިތާ އެއް އަހަރު ފަހުން މަންޗިނީ ވަނީ ކޯޗުކަން ދޫކޮށްލަން ނިންމައިފަ އެވެ. އެއީ ސައުދީ އަރަބިޔާގެ ފުޓުބޯޅަ ފެޑެރޭޝަން އާއި މަންޗިނީއާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ދެ ފަރާތް ވެސް އެއްބަސްވީ ގޮތުގެ މަތީންނެވެ. މަންޗިނީގެ އިރުޝާދުގެ ދަށުން ސައުދީން ވަނީ 20 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ އަށް މެޗުންނެވެ. ހަތް މެޗު އެއްވަރުވެފައިވާއިރު، ފަސް މެޗުން ވަނީ ބަލިވެފަ އެވެ.

ސައުދީގެ ކޯޗުކަމަށް މަންޗިނީ ހަމަޖައްސައި އޭނާއާ ހަވާލުކުރި އެންމެ ބޮޑު މަސައްކަތަކީ، އަންނަ އަހަރު އޮންނަ އޭއެފްސީ އޭޝިއަން ކަޕް ސައުދީ އަށް ކާމިޔާބު ކޮށްދިނުމުގެ އިތުރުން، 2026 ވަނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަޕަށް ސައުދީ ކޮލިފައި ކޮށްދިނުމެވެ. އޭޝިއަން ކަޕްގެ ގަދަ 16 ވަނަ ބުރުން ސައުދީ ކަޓާފައި ވަނީ ދެކުނު ކޮރެއާ އަތުން ބަލިވެގެންނެވެ.

ސައުދީގެ ކޯޗުކަމުން މަންޗިނީ ވަކިވެފައިވާއިރު، ސައުދީ ފުޓުބޯޅަ ފެޑެރޭޝަނުން މިހާރު އަންނަނީ އައު ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ސައުދީ ޓީމާ ހަވާލުވުމުގެ ކުރިން މަންޗިނީ އިޓަލީ އަށް އިރުޝާދު ދީފައިވާއިރު، އޭނާ ވަނީ އިޓަލީ އާއެކު ޔޫރޯ ފުޓުބޯޅަ މުބާރާތް ވެސް ކާމިޔާބު ކޮށްފަ އެވެ. އޭގެ އިތުރުން މަންޗިނީ ވަނީ ފިއޮރެންޓީނާ، ލާޒިއޯ، އިންޓަ މިލާން، މެންޗެސްޓަރ ސިޓީ، ގަލަތަސަރާއި ފަދަ ކުލަބުތަކަށް ވެސް އިރުޝާދު ދީފަ އެވެ.

ސައޫދީ ޤައުމީ ފުޓުބޯޅަ ޓީމުރޮބާޓޯ މަންޗިނީ

އިތުރަށް ކިޔާލަން

30 އޯގަސްޓު 2023

އެކަށީގެންވާ ވަގުތު ލިބިއްޖެނަމަ، މަންޗިނީ އަށް އޮތީ ކާމިޔާބު މަސައްކަތެއް ކުރެވޭނެ ކަމުގެ ޔަގީންކަން

30 އޯގަސްޓު 2023
އެކަށީގެންވާ ވަގުތު ލިބިއްޖެނަމަ، މަންޗިނީ އަށް އޮތީ ކާމިޔާބު މަސައްކަތެއް ކުރެވޭނެ ކަމުގެ ޔަގީންކަން
28 އޯގަސްޓު 2023

އިޓަލީ ދޫކޮށްލި މަންޗިނީ، ސައޫދީ ޤައުމީ ޓީމަށް

28 އޯގަސްޓު 2023
އިޓަލީ ދޫކޮށްލި މަންޗިނީ، ސައޫދީ ޤައުމީ ޓީމަށް
23 މާރިޗު 2023

މިއީ މާޒީގައި އިޓަލީން ކުޅުނު ފުޓުބޯޅަ އަލުން ދައްކަން ލިބޭ ފުރުސަތެއް: ރޮބާޓޯ މަންޗިނީ

23 މާރިޗު 2023
މިއީ މާޒީގައި އިޓަލީން ކުޅުނު ފުޓުބޯޅަ އަލުން ދައްކަން ލިބޭ ފުރުސަތެއް: ރޮބާޓޯ މަންޗިނީ
16 ނޮވެމްބަރު 2021

ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިވާނެކަމުގެ ޔަގީންކަން އެބައޮތް: މަންޗިނީ

16 ނޮވެމްބަރު 2021
ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިވާނެކަމުގެ ޔަގީންކަން އެބައޮތް: މަންޗިނީ
18 މެއި 2021

އިޓަލީގެ އެއްބަސްވުން މަންޗިނީ އާކޮށްފި

18 މެއި 2021
އިޓަލީގެ އެއްބަސްވުން މަންޗިނީ އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު