Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ފުލަމް އިން އާސެނަލް މޮޅުވިޔަނުދީ ހިފަހައްޓައިފި

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރުވެގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 އޯގަސްޓު 2023 | އާދީއްތަ 02:27
އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އާއި ފުލަމް ކުޅުނު މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އާއި ފުލަމް ކުޅުނު މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް އެއްވަރުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރުވެގެންނެވެ. މިއީ މި ސީޒަންގެ ލީގުގައި އާސެނަލް ކުޅުނު ތިން ވަނަ މެޗެވެ. ކުރިން ކުޅުނު ދެ މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފަ އެވެ. ފުލަމް ކައިރިން ތިން ޕޮއިންޓު ހޯދައިގެން ތާވަލްގެ އެއް ވަނައިގައި ލީޑު ނެގުމުގެ ފުރުސަތު އާސެނަލަށް އޮތެވެ.

އާސެނަލްގެ ދަނޑުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ފުލަމް އިންނެވެ. މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި އާސެނަލްގެ ބުކަޔޯ ސަކާ އަށް ހެދުނު ގޯހެއްގައި ލިބުނު ބޯޅަ ގޯލަށް ވައްދާލައިގެން ފުލަމް އަށް ލީޑު ނަގައިދިނީ އަންދްރޭސް ޕެރެއިރާ އެވެ. އޭރިޔާ ބޭރުން އޭނާ ފޮނުވާލި ބޯޅަ ހުއްޓުވަން އާސެނަލްގެ ގޯލް ކީޕަރަށް މާ ބޮޑު މަސައްކަތެއް ނުކުރެވުނެވެ. މެޗުގައި އާސެނަލް އިން ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފުގަ އެވެ. އެއީ ފުލަމްގެ އޭރިޔާ ތެރެއިން އާސެނަލގެ ފަބިއޯ ވިއެރާ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެއް ކާމިޔާބުކޮށް، 70 ވަނަ މިނެޓުގައި ސަކާ ޖެހި ލަނޑުންނެވެ. އޭގެ ދެ މިނެޓު ފަހުން އާސެނަލުން ވަނީ ދެ ވަނަ ލަނޑެއް ޖަހައި މެޗުގެ ލީޑު ވެސް ނަގައިފަ އެވެ. އޭރިޔާ ބޭރުން ވިއެރާ ހުރަސްކޮށްދިން ބޯޅަ ގޯލަށް ވައްދާލައިގެން އެ ޓީމަށް ލީޑު ނަގައިދިނީ އެޑީ އެންކެޓިއާ އެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް، ފުލަމް އިން ނަތީޖާ ހަމަހަމަ ކުރި އެވެ. ރީޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޕަލީނާ އެވެ.

ފުލަމް ކައިރިން ލިބުނު އެއް ޕޮއިންޓާއެކު، ތިން މެޗުން ޖުމުލަ އާސެނަލަށް ލިބެނީ ހަތް ޕޮއިންޓެވެ. އެ ޓީމު އޮތީ ތިން ވަަނައިގަ އެވެ. ލީގުގައި ދެން އާސެނަލަށް އޮންނާނީ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހު އަމިއްލަ ދަނޑުގައި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
23 ޖެނުއަރީ 2017

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު