Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރިމިއަރ ލީގު

ޕެލަސް ކައިރިން އެއްވަރުވި މެޗަށް ފަހު، ލިވަޕޫލް އިން ލީގު ތަށި އުފުލާލައިފި

މިއީ ލިވަޕޫލް އިން އެ ޓީމުގެ ތާރީޚުގައި ވެސް އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރި 20 ވަނަ ފަހަރެވެ. މިފަހަރުގެ ލީގު ކާމިޔާބުކޮށް ލިވަޕޫލް އިން ވަނީ މެންޗެސްޓަރ ޔުނައިޓެޑާ ހަމަ ކޮށްފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 މެއި 2025 | ހޯމަ 06:26
ލިވަޕޫލް އިން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ތަށި އުފުލާލަނީ

ލިވަޕޫލް އިން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ތަށި އުފުލާލަނީ

އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަންގެ ފަހު މެޗުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުން ޗެމްޕިއަން ލިވަޕޫލް އެއްވަރުވެއްޖެ އެވެ.

ލިވަޕޫލްގެ އަމިއްލަ ދަނޑު، އެންފީލްޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރު ވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ޕެލަސް އިންނެވެ. ނަމަވެސް ލިވަޕޫލް އިން ވަނީ ފަހަތުން އަރައި ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗު ފަށައިގެން ނުވަ ވަނަ މިނެޓުގައި ޕެލަސް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް އެ ލަނޑު ޖަހައިދިނީ އިސްމާއިލާ ސާ އެވެ. އޭނާ އެ ލަނޑު ޖެހީ ޓްރިކް މިޗެލް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ލިވަޕޫލް އަށް އެންމެ ބޮޑު ގެއްލުމެއް ދެއްކީ 68 ވަނަ މިނެޓުގައި އެ ޓީމުގެ ރަޔާން ގްރަވެންބާކް އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. މެޗުގެ ބާކީ ބައި ލިވަޕޫލް އިން ފުރިހަމަ ކުރީ އެއް ކުޅުންތެރިޔަކު މަދު ކޮށެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، ލިވަޕޫލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މި ސީޒަންގެ ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވެސް ހޯދި މިޞްރުގެ ފޯވާޑް މުޙައްމަދު ޞަލާޙު އެވެ. އޭނާ އެ ލަނޑު ޖެހީ ކޯޑީ ގަކްޕޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

ޕެލަސްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗަށް ފަހު ލިވަޕޫލް އަށް ވަނީ ލީގު ޗެމްޕިއަން ތަށި ހަވާލު ކޮށްފަ އެވެ. މިއީ ލިވަޕޫލް އިން އެ ޓީމުގެ ތާރީޚުގައި ވެސް އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރި 20 ވަނަ ފަހަރެވެ. މިފަހަރުގެ ލީގު ކާމިޔާބުކޮށް ލިވަޕޫލް އިން ވަނީ މެންޗެސްޓަރ ޔުނައިޓެޑާ ހަމަ ކޮށްފަ އެވެ.

އަނެއްކޮޅުން މިއީ ލިވަޕޫލްގެ ކޯޗުކަމާ މި ސީޒަންގައި ހަވާލުވި އާން ސްލޮޓްގެ އިރުޝާދުގެ ދަށުން އެ ޓީމުން އުފުލާލި ފުރަތަމަ ތައްޓެވެ.

މިއީ 1990 ވަނަ އަހަރުގެ ފަހުން ލިވަޕޫލް އިން އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރި ދެ ވަނަ ފަހަރެވެ. މީގެ ކުރިން އެ ޓީމުން ވަނީ 2020 ވަނަ އަހަރު ވެސް ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ. އެ ފަހަރު ލިވަޕޫލް އިން ލީގު ކާމިޔާބު ކުރީ 30 އަހަރު ފަހުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު