Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލް

ޒުބިމެންޑީ އާސެނަލަށް ބަދަލުވެއްޖެ

އާސެނަލާ އެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ޖުލައި 2025 | ހޯމަ 06:06
އާސެނަލްގެ އެއްބަސްވުމުގައި ޒުބިމެންޑީ ސޮއި ކުރަނީ

އާސެނަލްގެ އެއްބަސްވުމުގައި ޒުބިމެންޑީ ސޮއި ކުރަނީ

ރެއާލް ސޮސިއެޑާޑަށް ކުޅެމުން އައި ސްޕެއިންގެ ޑިފެންސިވް މިޑްފީލްޑަރު މާޓިން ޒުބިމެންޑީ، އާސެނަލަށް ބަދަލުވެއްޖެ އެވެ.

އުމުރުން 26 އަހަރުގެ ކުޅުންތެރިޔާ އާސެނަލަށް ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން، އާސެނަލާ އެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ޒުބިމެންޑީ ހޯދުމަށް އާސެނަލް އިން ވަނީ 65 މިލިއަން ޔޫރޯގެ އަދަދެއް ސޮސިއެޑާޑަށް ދައްކައިފަ އެވެ. އޭނާ އާސެނަލަށް ބަދަލުވީއިރު، މިއަހަރުގެ މެއި މަހުން ފެށިގެން އާސެނަލް އިން ވަނީ ޒުބިމެންޑީ ހޯދުމުގެ މަސައްކަތް ކޮށްފަ އެވެ.

ޒުބިމެންޑީ އާސެނަލަށް ބަދަލުވީއިރު، އޭނާ ހޯދުމުގެ ބައެއް އެހެން ކުލަބުތަކުން ވެސް މަސައްކަތް ކުރި އެވެ. އެގޮތުން ޖަރުމަނުގެ ބަޔާން މިއުނިކް އަދި އިނގިރޭސި މެންޗެސްޓަރ ޔުނައިޓެޑުން ވެސް ޒުބިމެންޑީ ހޯދުމުގެ މަސައްކަތް ކުރި ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

ސޮސިއެޑާޑް އިން ސީނިއާ ކެރިއަރު ފެށި ޒުބިމެންޑީ ވަނީ، އެ ކުލަބަށް ކުޅެދިން 236 މެޗުގައި 10 ލަނޑު ޖަހައިފަ އެވެ. ސޮސިއެޑާޑާ އެކު އޭނާ ވަނީ ކޮޕާ ޑެލް ރޭ ފުޓުބޯޅަ މުބާރާތް ވެސް ކާމިޔާބު ކޮށްފަ އެވެ. އާސެނަލް އިން ދިގު މުއްދަތެއްގެ އެއްބަސްވުމެއްގެ ދަށުން ޒުބިމެންޑީ ހޯދިއިރު، މިއީ އައު ސީޒަނަށް ތައްޔާރުވުމަށް އާސެނަލް އިން ހޯދި ދެ ވަނަ ކުޅުންތެރިޔާ އެވެ.

މީގެ އިތުރުން، ޒުބިމެންޑީ އަންނަނީ ސްޕެއިންގެ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. އޭނާ ވަނީ މިހާތަނަށް ސްޕެއިންގެ ސީނިއާ ޤައުމީ ޓީމަށް ކުޅެދިން 19 މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ. ސްޕެއިން އާއެކު އޭނާ ވަނީ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ އިތުރުން، ޔުއެފާ ނޭޝަންސް ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

22 އޯގަސްޓު 2017

ސާމިރު ނަސްރީ ތުރުކީގެ އަންޓަލަޔަސްޕޯއަށް ބަދަލުވެއްޖެ

22 އޯގަސްޓު 2017
ސާމިރު ނަސްރީ ތުރުކީގެ އަންޓަލަޔަސްޕޯއަށް ބަދަލުވެއްޖެ
16 އޯގަސްޓު 2017

ކާލޮސް ބެކާ ވިއަރެއާލް އަށް ބަދަލުވެއްޖެ

16 އޯގަސްޓު 2017
ކާލޮސް ބެކާ ވިއަރެއާލް އަށް ބަދަލުވެއްޖެ
14 ޖުލައި 2017

އެންމެން ހައިރާންކޮށްލުމަށްފަހު، ބޮނޫޗީ އޭސީ މިލާނަށް ބަދަލުވެއްޖެ

14 ޖުލައި 2017
އެންމެން ހައިރާންކޮށްލުމަށްފަހު، ބޮނޫޗީ އޭސީ މިލާނަށް ބަދަލުވެއްޖެ
05 ޖުލައި 2017

ރެއާލް ދޫކޮށްލުމަށް ފަހު ޕެޕޭ ބެސިކްޓަސްއަށް ބަދަލުވެއްޖެ

05 ޖުލައި 2017
ރެއާލް ދޫކޮށްލުމަށް ފަހު ޕެޕޭ ބެސިކްޓަސްއަށް ބަދަލުވެއްޖެ
31 މެއި 2017

ޗެލްސީގެ ކީޕަރު ބެގޮވިޗް އޭއެފްސީ ބޯންމައުތްއަށް ބަދަލުވެއްޖެ

31 މެއި 2017
ޗެލްސީގެ ކީޕަރު ބެގޮވިޗް އޭއެފްސީ ބޯންމައުތްއަށް ބަދަލުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު