Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރިމިއަރ ލީގު

ސިޓީ އިން ބޯންމައުތު ބަލިކޮށްފި

ލީގުގައި ދެން ސިޓީ އަށް އޮތީ ރަށުން ބޭރުގައި ފުލަމްއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުން ބަލި ނުވެ ފަރު ޖައްސާލައިގެން ސިޓީ އަށް ޗެމްޕިއަންސް ލީގުގެ ޖާގަ ހޯދުމުގެ ފުރުސަތު އެބަ އޮތެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 މެއި 2025 | ބުދަ 04:10
މެޗުގައި ލަނޑު ޖެހުމަށް ފަހު ސިޓީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ސިޓީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، މެންޗެސްޓަރ ސިޓީ އިން ޔުއެފާ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދުމުގެ އުންމީދު ބޮޑު ކޮށްފި އެވެ.

ސިޓީގެ އަމިއްލަ ދަނޑު، އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ދެ ވަނަ ހާފުގައި އެ ޓީމުން ތިން ވަނަ ލަނޑެއް ޖެހިއިރު، ބޯންމައުތުން ވަނީ ލަނޑެއް ޖަހައިފަ އެވެ.

މެޗު ފަށައިގެން 14 ވަނަ މިނެޓުގައި ސިޓީ އަށް ލީޑު ނަގައިދިނީ އޮމަރު މާމޫޝް އެވެ. އެ ލަނޑު އޭނާ ޖެހީ މަތެއޯ ކޮވަސިޗް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

އޭގެ ފަހުން ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ބެނާޑޯ ސިލްވާ ވަނީ ސިޓީގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ އިލްކާއީ ގުންޑޮގާން އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް، ސިޓީގެ ތިން ވަނަ ލަނޑު ޖެހީ ނިކޮލަސް ގޮންޒާލޭސް އެވެ. އެއީ މަތެއުސް ނޫނެސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ބޯންމައުތުގެ ހަމައެކަނި ލަނޑު ޖެހީ ޑޭން ޖެބިސަން އެވެ.

މޮޅާއެކު ސިޓީ ލީގު ތާވަލްގެ ތިން ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 37 މެޗުން 68 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑާއި، ފަސް ވަނައިގައި އޮތް ޗެލްސީ އަދި ހަ ވަނައިގައި އޮތް އެސްޓަން ވިލާ އަށް ލިބެނީ 66 ޕޮއިންޓެވެ.

ލީގުގައި ދެން ސިޓީ އަށް އޮތީ ރަށުން ބޭރުގައި ފުލަމްއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުން ބަލި ނުވެ ފަރު ޖައްސާލައިގެން ސިޓީ އަށް ޗެމްޕިއަންސް ލީގުގެ ޖާގަ ހޯދުމުގެ ފުރުސަތު އެބަ އޮތެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ޓީރެކްސް އިން ކިންގްސް ބީސީ ބަލިކޮށްފި

13 ފެބުރުއަރީ 2017
ޓީރެކްސް އިން ކިންގްސް ބީސީ ބަލިކޮށްފި
08 ފެބުރުއަރީ 2017

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު