Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރިމިއާ ލީގު

ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔަކަށް ސަލާޙު

މި ސީޒަންގެ މޮޅު ކުޅުންތެރިޔަކަށް ޞަލާޙު ހޮވުމާ އެކު، އޭނާ ވަނީ ދެ ފަހަރު މި އެވޯޑު ހޯދާފައިވާ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ތިއަރީ އޮންރީ، ނެމަންޖާ މަޓިކް އަދި ކެވިން ޑި ބްރޭނާއާ ހަމަކޮށްފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 މެއި 2025 | އާދީއްތަ 04:24
ސީޒަންގެ މޮޅު ކުޅުންތެރިޔާ އަށް ދޭ އެވޯޑާ އެކު ޞަލާޙު

ސީޒަންގެ މޮޅު ކުޅުންތެރިޔާ އަށް ދޭ އެވޯޑާ އެކު ޞަލާޙު

އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔަކަށް، ޗެމްޕިއަން ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ މުޙައްމަދު ޞަލާޙު ހޮވިއްޖެ އެވެ.

މިއީ ޞަލާޙު އަށް ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ލިބުނު ދެ ވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ވަނީ 2017/18 ވަނަ ސީޒަންގައި ވެސް ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހާސިލު ކޮށްފަ އެވެ.

މި ސީޒަންގެ މޮޅު ކުޅުންތެރިޔަކަށް ޞަލާޙު ހޮވުމާ އެކު، އޭނާ ވަނީ ދެ ފަހަރު މި އެވޯޑު ހޯދާފައިވާ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ތިއަރީ އޮންރީ، ނެމަންޖާ މަޓިކް އަދި ކެވިން ޑި ބްރޭނާއާ ހަމަކޮށްފަ އެވެ.

ލިވަޕޫލާ އެކު ސޮއި ކޮށްފައިވާ އެއްބަސްވުން ޞަލާޙު އައު ކޮށްފައިވާއިރު، އަންނަ ސީޒަންގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދައި، ތިން ވަނަ ފަހަރަށް އެ އެވޯޑު ހޯދި ކުޅުންތެރިޔާގެ ޝަރަފު ހޯދުމުގެ ފުރުސަތު އޭނާ އަށް މިހާރު އެބަ އޮތެވެ.

ޞަލާހު ވަނީ މި ސީޒަންގެ ޕްރިމިއާ ލީގުގައި ލިވަޕޫލަށް ކުޅެދިން 37 މެޗުގައި 28 ލަނޑު ޖަހައިފަ އެވެ. ލީގުގެ ފަހު މެޗުގައި އާދީއްތަ ދުވަހުގެ ރޭ ލިވަޕޫލް އިން ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ނިކުންނައިރު، ރަން ބޫޓު ހޯދުމުގެ ފުރުސަތު ވެސް ޞަލާޙު އަށް އެބަ އޮތެވެ.

ލިވަޕޫލް އިން މި ސީޒަންގެ ޕްރިމިއާ ލީގު ކާމިޔާބު ކޮށްފައިވާއިރު، ޞަލާޙު އަކީ އެެ ކާމިޔާބީގައި އެންމެ ބޮޑު ހިއްސާއެއް އަދާ ކޮށްފައިވާ އެއް ކުޅުންތެރިޔާ އެވެ.

މި ސީޒަންގެ ނިޔަލަށް ލިވަޕޫލާ އެކު ޞަލާޙު ސޮއި ކޮށްފައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތްއިރު، އޭނާގެ ކުރިމަގާ ގުޅޭ ގޮތުން ވެސް އޭރު ގިނަ ސުވާލުތަކެއް އެފެދުނެވެ. ނަމަވެސް، ގިނަ މަޝްވަރާތަކަށް ފަހު ޞަލާޙު ވަނީ ލިވަޕޫލްގެ އެއްބަސްވުން އައު ކޮށްފަ އެވެ.

ލިވަޕޫލާ އެކު ޞަލާޙު ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ކޮށްފަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު