Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ފެނާންޑޭޒްގެ ޕެނަލްޓީ ނާކާމިޔާބުވެ، ވެސްޓް ހޭމް ކައިރިން ޗެލްސީ ބަލިވެއްޖެ

ވެސްޓް ހޭމްގެ ލަންޑަން ސްޓޭޑިއަމްގައި ކުޅުނު މެޗުން ޗެލްސީ ބަލިވީ 3-1 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 އޯގަސްޓު 2023 | ހޯމަ 01:56
ވެސްޓް ހޭމާ ދެކޮޅަށް ކުޅުނު މެޗުގައި ފެނާންޑޭޒް ޕެނަލްޓީ ފޮނުވާލަނީ

ވެސްޓް ހޭމާ ދެކޮޅަށް ކުޅުނު މެޗުގައި ފެނާންޑޭޒް ޕެނަލްޓީ ފޮނުވާލަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ ބަލިވެއްޖެ އެވެ.

ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ޗެލްސީ ވަނީ ލިވަޕޫލް ކައިރިން އެއްވަރުވެފަ އެވެ. އާދިއްތަ ދުވަހުގެ ރޭ ވެސްޓް ހޭމްގެ ލަންޑަން ސްޓޭޑިއަމްގައި ކުޅުނު މެޗުން ޗެލްސީ ބަލިވީ 3-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ވެސްޓް ހޭމުންނެވެ. މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ކޯނަރެއްގައި ވާޑް ޕްރައުސް ހުރަސްކޮށްދިން ބޯޅައެއް، ބޮލުން ގޯލަށް ވައްދާލައިގެން ވެސްޓް ހޭމަށް ލީޑު ނަގައިދިނީ ނަޔެފް އަގާޑް އެވެ. ނަމަވެސް މެޗުގެ 28 ވަނަ މިނެޓުގައި ޗެލްސީން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެރިޔާ ތެރެއިން ލިބުނު ބޯޅައެއް ޑިފެންޑަރެއް ކައިރިން ނައްޓައި، ގޯލުގެ އަރިމަތީ ކަނަށްވާ ގޮތަށް ފޮނުވާލައިގެން ޗެލްސީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކާނީ ޗުކުމޭކާ އެވެ. ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ޗެލްސީ އަށް ވަނީ ލީޑު ނަގާނެ ފުރުސަތު ލިބިފަ އެވެ. އެއީ ވެސްޓް ހޭމްގެ އޭރިޔާ ތެރެއިން ރަހީމް ސްޓާލިން އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. ނަމަވެސް ޕެނަލްޓީގައި އެންޒޯ ފެނާންޑޭޒް ފޮނުވާލި ބޯޅަ ވެސްޓް ހޭމްގެ ގޯލް ކީޕަރު އަލްފަންސޯ އަރެއޯލާ މަތަކުރި އެވެ.

ވެސްޓް ހޭމުން އެ ޓީމުގެ އަނެއް ދެ ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. ދެ ވަަ ހާފު ފަށައިގެން އަށް ވަަނަ މިނެޓުގައި ޕްރައުސް ދިން ބޯޅައެއް ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ވެސްޓް ހޭމަށް ދެ ވަނަ ފަހަރަށް ލީޑު ނަގައިދިނީ މިކޭލް އެންޓޯނިއޯ އެވެ. އޭގެ ފަހުން 67 ވަނަ މިނެޓުގައި ވެސްޓް ހޭމްގެ އަގާޑަށް ވަނީ ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައިފަ އެވެ. ބާކީ ބައި ދިހަ ކުޅުންތެރިންނާއެކު ކުޅެން ޖެހުނު ނަމަވެސް، ވެސްޓް ހޭމުން ވަނީ އިތުރު ލަނޑެއް ޖަހައި މެޗުން ތިން ޕޮއިންޓު ޔަގީން ކޮށްފަ އެވެ. އެއީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ލިބުނު ޕެނަަލްޓީއެއް ކާމިޔާބުކޮށްގެން، ލޫކަސް ޕަކޭޓާ ޖެހި ލަނޑުންނެވެ.

މޮޅާއެކު ވެސްޓް ހޭމް އޮތީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓާއެކު ލީގު ތާވަލްގެ ހަ ވަނައިގަ އެވެ. ދެ މެޗުން ލިބުނު އެއް ޕޮއިންޓާއެކު ޗެލްސީ އޮތީ 15 ވަނައިގަ އެވެ. ލީގުގައި ދެން ޗެލްސީ އަށް އޮންނާނީ އޯގަސްޓު މަހުގެ 26 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ލޫޓަން ޓައުނާ ދެކޮޅަށް ކުޅޭ މެޗެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕެނަލްޓީގައި ވީކޭ ބަލިކޮށް ކުޑަ ހެންވޭރު ފައިނަލަށް

ޕެނަލްޓީގައި ވީކޭ ބަލިކޮށް ކުޑަ ހެންވޭރު ފައިނަލަށް

10 މެއި 2017
އިލިއާގެ ޕެނަލްޓީއާއެކު ގްރީން ސްޓްރީޓަށް ތިން ޕޮއިންޓް

އިލިއާގެ ޕެނަލްޓީއާއެކު ގްރީން ސްޓްރީޓަށް ތިން ޕޮއިންޓް

14 އެޕްރީލު 2017
ވެސްޓްއިންޑީޒް ދަތުރަށްފަހު މިސްބާހު ރިޓަޔަރކުރަނީ

ވެސްޓްއިންޑީޒް ދަތުރަށްފަހު މިސްބާހު ރިޓަޔަރކުރަނީ

06 އެޕްރީލު 2017
ޕްރިމިއާ ލީގު: ވެސްޓްބްރޮމް އިން އާސެނަލްގެ އުންމީދުތައް ފުނޑުފުނޑުކޮށްލައިފި

ޕްރިމިއާ ލީގު: ވެސްޓްބްރޮމް އިން އާސެނަލްގެ އުންމީދުތައް ފުނޑުފުނޑުކޮށްލައިފި

18 މާރިޗު 2017
ޕްރިމިއާ ލީގު: ވެސްޓްހަމް ބަލިކޮށް ޗެލްސީއަށް 10 ޕޮއިންޓްގެ ލީޑެއް ނަގައިފި

ޕްރިމިއާ ލީގު: ވެސްޓްހަމް ބަލިކޮށް ޗެލްސީއަށް 10 ޕޮއިންޓްގެ ލީޑެއް ނަގައިފި

07 މާރިޗު 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު