Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމިސްބާހުލް ޙައްޤު

ވެސްޓްއިންޑީޒް ދަތުރަށްފަހު މިސްބާހު ރިޓަޔަރކުރަނީ

ޓެސްޓް ކްރިކެޓްގައި އެންމެ ކާމިޔާބު ކެޕްޓަން

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 6 އެޕްރީލު 2017 | ބުރާސްފަތި 14:38
ޕާކިސްތާނުގެ ޓެސްޓް މެޗެއްގައި މިސްބާހު ކުޅެނީ

ޕާކިސްތާނުގެ ޓެސްޓް މެޗެއްގައި މިސްބާހު ކުޅެނީ

ވެސްޓް އިންޑީޒަށްކުރާ ދަތުރަށްފަހު ޕާކިސްތާނުގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މިސްބާހުލް ޙައްޤު ބައިނަލް އަގުވާމީ މުބާރާތްތަކުން ރިޓަޔަރ ކުރާނެކަން އިޔުލާންކޮށްފިއެވެ.

ޕާކިސްތާނުގެ ޓެސްޓް ކްރިކެޓްޓީމުގެ ކެޕްޓަން މިސްބާހު ބުނެފައިވަނީ، ވެސްޓް އިންޑީޒްއާ އެކު ކުޅޭ ސީރީޒްއަށްފަހު އޭނާ ބައިނަލް އަޤްވާމީ މެޗުތައް ކުޅުން ހުއްޓާލާނެ ކަމަށެވެ.

ދުނިޔޭގެ އެންމެ މަޤްބޫލު ފަސް ކްރިކެޓް ކުޅުންތެރިންގެ ތެރޭގައި މިއަހަރު ހިމެނިފައިވާ އުމުރުން 42 އަހަރުގެ މިސްބާހުވަނީ 2010 ވަނަ ޕާކިސްތާން ޓީމުގެ ކެޕްޓަން ކަމާއި ޙަވާލުވިފަހުން 53 ޓެސްޓް މެޗެއް ކުޅެފައެވެ.

ޕާކިސްތާނުން ވެސްޓް އިންޑީޒަށް ކުރާ ދަތުރުގައި ޓެސްޓް ތިންމެޗެއް ކުޅެން ނިންމާފައިވާއިރު، ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 21 ވަނަ ދުވަހުއެވެ.

"އަހަރެން ކެރިއަރުގައި ބޮޑެތި ގޮންޖެހުންތަކާއިވެސް ކުރިމަތިވި، އެކަމަކު ކްރިކެޓްގެ މި ދަތުރު ވަރަށްވެސް ރަނގަޅު" މިސްބާހު ބުނެފައިވެއެވެ.

މިސްބާހު އެންމެ ފުރަތަމަ ޓެސްޓް ކްރިކެޓް މެޗެއް ކުޅެފައިވަނީ 2001 ވަނަ އަހަރުއެވެ. ނަމަވެސް 19 މެޗަށްފަހު ޕާކިސްތާން ޓީމުގެ ކެޕްޓަންކަން އޭނާއަށް ދިނެވެ.

ދެހާސް ދިހަވަނަ އަހަރު ޕާކިސްތާންގެ ކެޕްޓަންކަން މިސްބާހު އަތުން ނެގުމަށްފަހު ސަލްމާން ބަޓާއި ހަވާލުކުރިއެވެ. އަދި އޭގެ ދުވަސްކޮޅެއް ސަލްމާން މެޗް ފިކްސިންގެ މައްސަލައެއްގައި ޖަލަށްލުމުން އަލުން މިސްބާހަށް ކެޕްޓަންކަން ދެވުނެވެ.

ޓެސްޓް މެޗުގައި ޕާކިސްތާން ޓީމުގެ ކެޕްޓަނުންގެ ތެރެއިން އެންމެ ކާމިޔާބު ކެޕްޓަނަކީ މިސްބާހުއެވެ. އޭނާގެ ކެޕްޓަންކަމުގެ ދަށުން 53 މެޗު ކުޅެ 24 މެޗަކުން ޕާކިސްތާން މޮޅުވެފައިވެއެވެ.

ޓެސްޓް ކްރިކެޓްގެ ހަޔާތުގައި 72 މެޗު ކުޅެ، 4951 ލަނޑު މިސްބާހު ވަނީ ހަދާފައެވެ.

އިތުރަށް ކިޔާލަން

05 ސެޕްޓެމްބަރު 2019

ޕާކިސްތާން ކްރިކެޓް ޓީމުގެ ކޯޗަކަށް ކުރީގެ ކެޕްޓަން މިސްބާހު

05 ސެޕްޓެމްބަރު 2019
ޕާކިސްތާން ކްރިކެޓް ޓީމުގެ ކޯޗަކަށް ކުރީގެ ކެޕްޓަން މިސްބާހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު